މިއީ އަހަރެންގެ ރަހުމްތެރިޔެއްގެ ލޯބީގެ ހަގީގީ ހާދިސާއަކަށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައި ވާނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ.

ކޮންމެ ޒުވާނަކަށް އަންނާނެ އެންމެ މަޖާ އަދި އުފާވެރި ދުވަސްތަށް ކަމަށްވާ ސްކޫލް ދައުރުގެ ފަހު އަހަރާއި އަހަރެން ކުރިމަތިލީ ކިޔަވައިގެން ރަނގަޅު ކާމިޔާބީއެއް ހޯދާ އަހަރެންގެ ސަބަބުން އަހަރެންގެ މައިންބަފައިން ފަހުރުވެރިވާ ފަދަ ނަތީޖާއެއް ނެރުމުގެ އުއްމީދުގައެވެ. ރަށުން ކިޔެވެން އަންނަނީ ގްރޭޑް 10 އާއި ހިސާބަށްކަމުން އަހަރެން އަޒުމް ކަޑައަޅައިގެން ހުރީ މި އަހަރު ނިންމާފަ ރަނގަޅު ނަތީޖާ އަކާއެކު މާލެގޮސް މަތީ ތައުލީމް ހާސިލް ކުރާށެވެ.

ކިޔެވުމާއި ކުޅިވަރުތަކާއި ރައްޓެހިންނާއި ސަކަރާތް ޖެހުމުގައި ދުވަސްތަށް ފާއިތުވަމުންގޮސް ފުރަތަމަ ޓާމްގެ ދެބައި ފާއިތުވެ ހިގައްޖެއެވެ. އެއީ 2007 ވަނަ އަހަރެވެ. އެހެން ދުވަސްތަކާ އެއްގޮތަށް އަހަރެން ސްކޫލަށްދިޔައީ ފޮތްބައި ހިފައިގެން މަގުމަތީގައި ދުވަމުން ފުންމަމުން ކަހަލަ ގޮތަކަށެވެ. ވަކި ހިސާބަކުން ކުލާސް ކުދިންނާއި ދިމާވެ މަގުމަތީގައި ކޮންމެވެސް ވަރަކަށް ސަކަރާތްވެސް ގަންނަމުންނެވެ. ރަނގަބީލްޖެހުމާއެކު ގޮސް ކުލާހަށްވަދެ އިށީންދެއްޖީމުއެވެ

"ވާވް. އައްޔާ ބަލާބަ. އަރިމަތީގައި ތިހުރީ ކޮންކުއްޖެއް" ކައިރީގައި އިން އަހަރެންގެ ރައްޓެހި އަހުމަދު ގައިގައި ކޮށްޓާލާފައި ކަންފަތްދޮށަށް ގާތްވެލާފައި މަޑު ރާގަކުން ބުންޏެވެ. އެއް އިރެއްގައިވެސް އަހަންނަކީ އަދި ބިޓުންވެގެން އުޅޭ މީހަކަށް ނުވާތީ އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓަމެވެ. ނަމަވެސް އަހުމަދު ބަލަން އިން ގޮތުން ބަލާލާނަމޭ ހީކޮށް އެދިމާލަށް އެބުރެން އުޅުނު ތަނުން ޓީޗަރު ކުލާހަށް ވަދެއްޖެއެވެ. އެފުރުސަތު ގެއްލުނީއެވެ. އެންމެންގެ ތުންތުން މަތިން ކުދި ވާހަކަ ދައްކާ އެންމެން އެދިމާލަށް ބަލާހެން ހީވާތީ އަހަރެންވެސް ކޮންމެހެންވެސް އެދިމާ ބަލައިލުމަށް ހަށި ހަދާލީމެވެ.

އަހަރެން އޭނާ އަށް ބަލައިލި ވަގުތު އޭނާ އަހަރެންނަށްވެސް ބަލާލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހުރެވުނު ތަންވެސް ނޭންގުނެއެވެ. ނަމަވެސް ކަޅި އެހެން ދިމާލަކަށް ނުގެންދެވުނެއެވެ. ގަސްތަކުއެއް ނޫނެވެ. އޭނާގެ ރީތިކަމާ ފުރިހަމަ ކަމުން ކަޅި އެހެން ދިމާލަކަށް ބެލުމަށް ނޭދެނީއެވެ. ފަން ރީތި ހެޔޮވަރުގެ އިސްތަށި ކޮޅެކެވެ. ދޮންކަމުން ހީވީ ރަށު ބޮޑު ތުނޑި ރޭގަނޑު ހަނދުވަރު އަލިން ދިލިލާފައި އޮތްހެނެވެ. ލޮލުގެ އެހުރި ޖާދުވީ ކަމެކެވެ. ކަޅި ހުރީ މަޑު އަޅި ކުލައެއްގައެވެ. ޔުނީފޯމް ލާފައި އިށީންދެގެން އިން އިރު އެހާ ރީތިކޮށް އިށީންގެލައިގެން އިން ފިލްމީ ތަރިއެއްވެސް އަހަރެންނަކަށް ފެނިފައި ނުވެއެވެ.

ކުއްލިއަކަށް ސިއްސައިގެން ދިޔައީ އަހުމަދު އަހަރެން ގައިގައި ޖެހިގަނެފައި ފަންސޫރު ޖަހާ ދަތި ދޭށޭ ބުނި ހިސާބުންނެވެ. އޭރު ޓީޗަރު ބޯޑުގައި ބޮޑު ސަފްހާއެއްގެ ހާ ލިޔުން ނޯޓްކުރުމަށް ލިޔެފިއެވެ. ނުލިޔެ ތި އިންނަނީ ކީއްވެހޭ ކިޔާފައި އަހުމަދު ދަތި ހޯދައިގެން ފަންސޫރު ޖެހުމަށްފަހު އަނެއްކާވެސް ލިޔަން ފަށާފިއެވެ. އަހަރެންވެސް އަވަހަށް ނޯޓް ފޮތް ނަގައިގެން ލިޔަން ފަށައިފީމެވެ. ނަމަވެސް ވިސްނުމާ ހިޔާލާ ފިކުރު ހުރީ މުޅިން އެހެން ދިމާލެއްގައެވެ. އަހަރެންނަށް އޭނާ އާއި ދިމާލަށް ހަމަ ބެލެނީއެވެ. އޭނާއަށްވެސް އެކަން ފާހަގަ ކުރެވިގެން މަޑު މަޑުން ރަކި ފާޑަކަށް ބަލަން ފަށައިފި އެވެ.

ކުލާސް ނިމިގެން އޭނާ ގެޔަށް ދިޔައިރު ގޮސް ބޮޑުމަގު ކޮޅުން ނިވާވަންދެން މަގު ފާރުތަށް ކައިރިން ކެހެމުން ކެހެމުން މީހަކަށް ފާހަގަ ނުވާނެހެން އަހަރެން ދިޔައީމެވެ. އަސްތާއެވެ. މިއަދަކީ ބުރާސްފަތި ދުވަހެއެވެ. ކުރިޔަށް އޮތީ ހަފްތާ ބަންދު ކަމުން އެމަންޖެ ނުފެންނާނެކަން ހަނދާންމިވީ އެމަންޖެ ދިޔަ ތާކަށް ދިޔަ ފަހުންނެވެ. އެހެން ނޫންނަމަ ގެއެއް ހޯދަން މަސައްކަތް ކުރެވުނީސްތާއެވެ. ކުރާނެ ކަމެއް ނެތެއެވެ. އެމަންޖެ ދެން ނުފެންނާނެތާއެވެ.

ގެއަށް ގޮސް ދަބަސްގަނޑު އެއްލާލާފައި އަވަސް އަރުވާލައިގެން އެއްޗެހި ބަދަލުކޮށްލައިގެން އެމަންޖެ ހޯދަން ގެއިން ނިކުންނަން ހިގައިގަތީމެއެވެ. ބޭރަށް އެއްފިޔަވަޅު ގޭގައި އަނެއްފިޔަވަޅު އިންދައި މަންމަ ކާން ގޮވާލައިފިއެވެ. އެދުވަހު ހެދުނު ކޭ ގޮތަށް އިތުރަށް ނުކައި ހުއްޓަސް ބަޑުހައި ކަމުގެ އެއްވެސް އަސަރެއް ނުކުރެއެވެ. އެޔަށްވުރެ އެހެން ހިތެއް މާބޮޑަށް ޖެހިފައިވާތީއެވެ. އިރުކޮޅަކުން އެބަ އަންނަމޭ ކިޔާފައި ނައްޓާލައިފީމެވެ. އެމަންޖެ ލަނބާލި މަގާ ދިމާލަށެވެ. އެމަގުން ދަނިކޮށް ފެނިދާނެކަމުގެ އުއްމީދުގައެވެ.

އުންމީދު ކުރިގޮތާ ހިލާފަށް އެއްގޮތަކަށްވެސް އެމަންޖެ ފެންނާނެ ގޮތެއް ނުވިއެވެ. މީހެއްކައިރީ އަހާލަން ކެރުނީކީވެސް ނޫނެވެ. ރާވަޅި އެލުވާލާފައި މަޑުމަޑުން އައިސް ގެޔަށްވަނީމެވެ. ވަންނަ އިރަށް މަންމަ ހާސަރުތަށް ދަމަން ފަށައިފިއެވެ. ބަޑުހައިވެފާ ހުރިކަން ހަނދާންވެސް ވީ މަންމަ ހަޅޭލަވައިގަތީމައެވެ. ކައިގެން ފިލާވަޅު ހަދަން ގަސްތުކޮށްގެން ކޮޓަރިއަށް ވަނީމެއެވެ. އެއްވެސް ގޮތަކަށް ކިޔަވާ ހިތެއް ނުވިއެވެ. ލޯމަރާލިޔަސް ފެންނަނީ އެމަންޖެގެ ޖާދުވީ ހިނިތުންވުމެއެވެ. ފޮތަށް ބަލަހައްޓައިގެން ހުއްޓަސް އިވެނީ އެމަންޖެ ހީލާ އަޑެއެވެ.

ކެތެއް ނުވިއެވެ. އޭނާ ކައިރީގައި ކްލާހުގައި ހުންނަ ކުއްޖާއަށް ގުޅައި ނަންބަރު ހޯދައިފީމެއެވެ. ކިތަންމެ ލަދެއްގަތަށް ގުޅާނަމޭ ހިތައެވެ. ގުޅާލާފަ އިރުކޮޅެއްވެސް ނުވެ ފޯން ނަގައި ކާކު ތޯ އަހާލިއެވެ. މަޑުމޮޅި ރާގަކަށް މީ އަލީ އޭ ބުނީމެވެ. ކޮން އަލީއެއްތޯ އެމަންޖެ ރުންކުރު ގޮތަކަށް އަހާލިއެވެ. މިއީ ކުލާހުގައި އިންނަ އަލީ ކަމާއި އަހަރެންނަށް އެނަ ވަރަށް ކަމުދާކަމަށް އެއްޖުމްލައެއްގައި ބުނެލީމެވެ. އިރުކޮޅަކު އެއްޗެކޭ ނުބުނެހުރުމުން ރުޅިއައީތޯ އަހަރެން ސުވާލުކޮށްލީމެވެ. ލަދުރަކި ގޮތަކަށް ނޫނެކޭ ބުނެ ވާހަކަދައްކަން ފެށިއެވެ. އިރުއަރައިގެން އައީ ކޮން އިރަކު ކަމެއްވެސް ނޭންގި ދެމީހުނަށް ތިބެވުނީ ވާހަކަ ދައްކާށެވެ. އޭނާއަށްވެސް އަހަރެން ކަމުގޮސްފައިވާތީވެ ވާހަކައިގައި އެހާ ގިނައިރު ވީއެވެ. ދެމީހުނަށްވެސް ދެމީހުންދެކެ ލޯބިވެވިފާވާކަން އެގުނީ އެރޭގައެވެ.

ކިޔެވުމުގެ މަތިން އެއްވެސް ގޮތަކަށް ނޫޅެވި އޭގެ ފަހުން އުޅުވުނީ އެކި އެކި ގޮތް ގޮތަށް މާފޮޅުވުމުގައެވެ. މީހުނަށް ނުފެންނަ ހިސާބުތަކުގައި ދެމީހުން ބައްދަލު ކުރަނީއެވެ. ވަކި ގަޑިއެއް ވަކި ތަނެއް ބެލުމެއްނެތެއެވެ. ކިޔެވުން އެއީ މިހާރު ކުރަން ޖެހޭ ކަމެއްކަންވެސް ނުވެސް އެގެނީއެވެ. ސްކޫލަށްވެސް ދަނީ އެމަންޖެ ފެންނަން ހުންނާތީއެވެ. އޭނައާއި އެކުގައި ވަގުތު ހޭދަކުރެވޭތީއެވެ.

ދުވަސްތަށް އެކުގައި މިހެން އުޅެމުން ދަނިކޮށް އެއްރެއެއްގައި އަހަރެން އޭނާ އަށް ގުޅައި ބައްދަލުކުރުމަށް އެދުނީމެއެވެ. ނަމަވެސް ބޮލުގައި ރިއްސާތީވެ އެރޭ އޭނާ އަހަންނާ ބައްދަލުކުރަން އިންކާރު ކުރިއެވެ. ނަމަވެސް އަހަރެން ދެވިހިފާވައިވާލެއް ބޮޑުކަމުން ސަޕްރައިޒް އެއް ދޭންށާއި އެކުގައި މާބޮޑިއެއް ގަނެގެން އެގަޔަށް ދިޔައީމެވެ. ގޮސް ކޮޓަރި ދޮރުހުޅުވާލި އިރު ކަމަކުދާކަށް ނެތެވެ. އަހަރެންގެ ލޯކުރިމަތިން ފެންނަންހުރީ ދުވަހަކުވެސް އަހަރެންގެ ހިތަށް ނާރާ މަންޒަރުތަކެކެވެ.

އަހަރެން އެކުއްޖަކަށްޓަކައި ދުނިޔޭގެ އެހެން ހުރިހާ ކަމެއް ދޫކޮށްލި، އިންތިހާ އަށް ލޯބިވާ މަންޖެ އެހެން ފިރިހެނެއް ކޮޓަރިއަށް ވައްދައިގެން އަރާމު ލިބިގަންނަނީއެވެ. އަހަރެންގެ ހުރިހާ އުއްމީދެއް އެހިސާބުން ފަނޑުވިއެވެ. ދުނިޔެ މަތިން ފޫހިވެ ކުއްލިއަކަށް މީހާ ވަރުބަލިވާހެން ވެސް ހީވިއެވެ. ވީ ދެރައާއި އައި ރުޅީގައި މާބޮޑި ބިންމައްޗަށް ޖެހުމަށްފަހު ބާރަށް ދޮރުލައްޕައި އަހަރެން ދުވެފައި ގެޔަށް ހިގައިއްޖީމެވެ. ހިތާ ހިތާ ސްވާލު ކުރެވުނެއެވެ. އޭނަ އަހަރެންނަށް ބޭވަފާތެރިވާންވީ ކީއްވެބާއެވެ. އަހަރެން ދުވަހަކުވެސް އެއްވެސް ކަމެއް އޭނާއަށް އޮޅުވާނުލަމެއެވެ.

ޖެހިގެން އައި ދުވަހު ކުލާހަށް އަހަރެން ދިޔައީ އޭނާ އަހަރެންނާ ކޮންމެވެސް ގޮތަކުން އެވާހަކަ ހިއްސާ ކުރާނެކަމުގެ އުންމީދުގައެވެ. ނަމަވެސް އޭނާގެ އެކަހަލަގެ އެއްވެސް ކަމެއް ވީކަމެއްވެސް ނޭންގެއެވެ. ހެވިލާފައި އޭނާގެ ރައްޓެހިންނާއެކު މަޖާ ކުރަމުން ގެންދިޔައެވެ. އެހިސާބުން އަހަރެން އޭނާދެކެ ނަފްރަތް ކުރީމެއެވެ. އަދި އެއީ ކޮންކަހަލަ ކުއްޖެއްތޯ ބެލުމުގެ މަސައްކަތް ކުރީމެވެ. ސުބްހާނަﷲ އެވެ. ވީ ލޯތްބެއްގެ ބޮޑުކަމުން ކޮންކަހަލަ ކުއްޖެއްތޯ ބެލުމެއް ނެތި ލޯބީގެ ގޮތުން މި ގުޅެވުނީ ބޮޑު "ބަ*" އަކާއެވެ. އަހަރެންގެ ހުރިހާ އުންމީދެއް ފެނަށް ދިޔައީއެވެ. އެކުއްޖާގެ އަވައިގައި ޖެހި ކިޔެވުން ބޭކާރުވީއެވެ. ފަހު އިމްތިހާން އަންނަން ނުހަނު ގައިވެފައިވާއިރު ފޮތެއް ބަލާލި ދުވަހެއް ހަނދާނެއް ނެތެވެ. ފިލާވަޅެއް ހެދިފައި ނުވާއިރު އެއްވެސް އެއްޗެއް ދަސްވެފައި ނެތެވެ. ކުރެވޭ ހިތާމައެއްގެ ބޮޑުކަމުން ކިޔަވާނެ ހިތްވަރެއްވެސް ގައިގައި ނެތެއެވެ.

އަހަރެން ދޭން އޮތް ނަސޭހަތަކީ އަންހެނަކާއިހުރެ މީހާގެ އެހެނިހެން ހުރިހާ ކަމެއް ދޫކޮށްނުލާށެއެވެ. ބައެއް އަންހެނުންނަކީ ކެހިވެރި ބައެކެވެ. އެމީހުންގެ އަވާގައި ޖެހިއްޖެ ނަމަ ދެދުނިޔެއިން މީހާ ބާކީ ކޮށްލައެވެ. ހުރިހާ އުފާތަކުން މީހާ މިންޖުކޮށްލައެވެ.

ފަހު އިމްތިހާން ނިމުނީ ހުރިހާ މާއްދާއަކުން އަހަރެން ފެއިލް ވެގެންނެވެ. އެހިސާބުން އަހަރެން ކިޔެވުން ހުއްޓާލައިފީމެވެ. އަހަރެން ކުރި ހިތާމަ އެކަކަށްވެސް ނޭންގޭތީ އަހަރެން އުޅުނު ހާލު ނޭންގެނީއެވެ. އުމުރުން މިހާރު 30 އަހަރު ވީއިރުވެސް އޭގެ ފަހުން އަހަރެން އަދި އެއްވެސް ކުއްޖަކާ ރައްޓެހިނުވަމެއެވެ. އަންހެނަކަށް ދެން އަހަރެންނަށް އިތުބާރު ނުކުރެވޭނެތީވެއެވެ. އަންހެނުން މަތިން ފޫހިވީއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ދެރަ

  އަންހެނުން ނަކީ ހަމަ ކެހުވެރިކަމައް އަރާ ތިބި ބައެއް!

 2. މާނު

  ތީ އަަހަރެންނަށް ދިމާވި ކަހަލަ ކަމެއް. އެކަމަކު ތަފާތީ އެ އަންހެންކުއްޖާ ގޯސްކޮށް ނޫޅޭކަން. އެކަމަކު އޭނަގެ ލޯބީގައި ޖެހި އަހަރެންގެ ކިޔެވުމާ ދިރިއުޅުން ބަރުބާދުވިކަން.

 3. އަހަރެން

  ފިރިހެނުންގެ ތެރޭގަވެސް މިޒާތުގެ މީހުން އުޅޭ......އެކަމަކު މިމުޖުތަމަޢުގަ ބޮޑަށް ލޭބަލް ކުރެވި ތަފާތު ލަޤަބުތަކުން ނަންދެވެނީ އަންހެނުންނަށް....އަހަރެން ބުނިން މިހެން އުޅޭ ފިރިހެނަކާ ދިމާލަށް ތީ ނާސިފިރިހެނެކޭ.ވ.ރުޅިއައިސްފަ ހުރީ..އަދި ބުނިން އަހަރެން ދެކޭ ގޮތުގަ މިކަހަލަ ލަޤަބު ދޭންޖެހެނީ އަންހެނުންނަށް އެކަންޏެއްނޫނޭ ފިރިހެނުންވެސް ތިހެން އުޅެންޏާ އަހަރެން ކިޔާނީ ހަމަ މިހެންނޭ.

 4. މަސޮރު

  ތި ވާހަކަ އަހަރެންގެ ދިރިއުޅުމާވެސް ގުޅޭ... އަހަންނަކީވެސް ތިކަހަލަ ކެއްސެއް ލިބުނު މީހެއް

 5. ?

  .ފިރިހެނުންގެ ތެރޭގަވެސް ތިފަދަ މީހުން އުޅެ?

 6. ކޮޅުކެހި

  ތީ އަދި ކުޑަ މިންވަރެއް. އަހަރެންގެ 28އަހަރުވީ ކައިވެނި މިހާރު މިވަނީ ރޫޅުމުގެ މަގުމަތީގައި. އަހަރެންގެ ޙަޔާތުގައިވެސް އެޅުނު އެންމެ ބޮޑު ޅައެއްޗަކީ އަންހެނުން ލަންކާގަ ބޭންދުން. އެކަމަކު އެއީ މަޖުބޫރީ ޙާލަތު. ކުއްޖަކުގެ އޯޓިސްޓިކް މައްސަލައަކަށް ފަރުވާދޭން. އެކޮޅުން އަންހެނުން ބުދިސްޓް ޑްރައިވަރަކަށް ފިރިޔެއްގެ މަޤާމު ދިނީ. އެނގި ޕްރޫފާއިއެކު ހިފުނު ހިސާބުން މަ ކުދިން ގޮވައިގެން އައީ. އަންހެނުން ނައި. ދެންވެސް އޭނާ ބޭނުންވީ އެތާނގަ ކުދިން ގޮވައިގެން އުޅެން. މަ ބުނީ ދެން ލަންކާއަކަށް ނުފޮނުވޭނެއޭ. ކުދިން ގޮވައިގެން ރާއްޖޭގަ އުޅޭށޭ. އޭނާ ރާއްޖެ އައިސް ކުދިން ގެންދަން އުޅެ ކާމިޔާބު ނުވުމުން އެނބުރި ލަންކާޔަށް ދިޔައީ. މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން. ޑްރައިވަރަށް ކިޔަނީ ޕްރަދީޕް. ލަންކާގައުޅޭ ވަރަށްގިނަ ދިވެހިން ދަންނާނެ. ދިވެހިބަހުން ރަނގަޅަށް ވާހަކަ ދައްކާނެ. 0094776522621

 7. ހަޖަމް

  ފިރިހެނުން ވެސް ކެހިދޭ އަންހެނުންނަށް މުޅި ދިރިއުޅުން ބަރުބާދު ކޮށްލާޙަމަ އަންހެން ކުދިންގެ

 8. ޢެންޒި

  އަހަރެން އެންމެ ލޯބި ވި ކުއްޖާ ފަހުން ޑުރަގް އެޑިކް ޓަކައްވެ އޯވާރ ޑޯޒުވެގެން މިދުނިޔެ ވަކިވެގޮއްސި، މިހާރު އަހަރެން މީހަކާ އިނދެގެން ކުއްޖެއްވެސް ލިބިފަ، އެކަމަކަކު ދުވަހަކުވެސް އަހަރެން އޭނާ މަތިން ހަނދާނެއް ނުނެތޭ، އަދިވެސް ވ ވ ލޯބިވޭ، ހާދަ އެހެން ކަހަލަ އިހުސާސެކޭ އެލޯތް ބަކީ، ދުނިޔޭގެ އެހެން ކަމަކާ އުޅޭ ހިތެއް ނުވޭ އޭރަކު، އެއްވެސް އަންހެން ކުޖަކުދެ އެހާ ލޯތްބެއް ނުވޭ އިވެން ވައިފް ދެޖެވެސް،

 9. ގިއާފް

  ފިރިހެނުންނަކީވެސް ހަމަ އެކަހަލަ ބައެއް، ފަހަރަކު އަންހެނެއް ބޭނުންވާނީ، ފަހަރަކު މަލަކުން ފޮނިބޯން ދުވާނީ.
  އަހަރެންވެސް ވ ލޯބިވިން ސޮރެއް ދެކެ. އެކަމް އޭނަ އަހަރެންނަށް 2 ފަހަރު މަތިންވެސް ދޯކާ ދިނީ. ކޮންމެ ރެޔަކު ފަހަރަކު އަންހެނެއް ކައިރިއަށް ވަދޭ..