މޯލްޑިވިއަން އައިޑޮލް އިން އެތައް ބައެއްގެ ސަމާލުކަން ހޯދި ސައިނަ މުހައްމަދު ރަޝީދުއަށް ޗައިނާގައި އޮތް ލަވަ މުބާރާތަކުން ދެވަނަ ލިބިއްޖެއެވެ.

އެ މުބާރާތަކީ ޗައިނާގައި ބޭއްވި "ސިލްކް ރޯޑް، ޔަންގް ޑްރީމްސް" ޕްރޮގްރާމްގެ ލަވަ ކިޔުމާއި މިއުޒިކްގެ ފަންނުވެރިކަމުގެ މުބާރާތެކެވެ. އެ މުބާރާތުގައި ސައިނާ ވާދަކުރީ ރާއްޖޭގެ ފަރާތުންނެވެ.

ސައިނާއަށް އެ މުބާރާތުން ދެވަނަ ހޯދީ 26 ފަރާތަކާއި ވާދަކޮށްގެންނެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ވާހަކަދައްކަމުން ސައިނާ ވަނީ ބޭރު ގައުމުތަކުގެ، މޮޅެތި އާޓިސްޓުންނާއި ވާދަކޮށް މިފަދަ ވަނައެއް ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށް ބުނެފައެވެ.

އެ މުބާރާތުގައި ސައިނާ ލަވަ ހުށަހަޅައިދިން ރީތިކަމުން ނަތީޖާ ފާޅު ކުރުމަށް ބޭއްވި ހަފްލާގައި ޕާފޯމް ކުރުމަށް ފުރުސަތު ލިބުނެވެ. އަދި އެ ހުށަހަޅައިދިނުން ވެސް ވަރަށް ގިނަ ބަޔަަކަށް ކަމުދިޔަކަމަށް ވެއެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއްގައި ބައިވެރިވެގެން ސައިނާއަށް ދެވަނަ ލިބުނުއިރު، ސައިނާއަކީ ސްކޫލް ކުދިންގެ ލަވަ މުބާރާތްތަކުގައިވެސް ވިދާލި ތަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ލޮލް

  ޗައިނާ އިން ސައިނާ އަށް އެދިނީ އަހަރުންގެ ރައިސް ބުނެގެން
  #ރައީސްޔާމީން 2018

 2. Anonymous

  ޗައިނާ ސައިނާ ޗައިނާ ސައިނާ ޗައިނާ ސައިނާ

 3. ހުސޭނުބޭ

  ހަހަހަހަހަހަ... ނަން އެއްގޮތްކަމުން އޮޅެގެން ދެވިފައި އޮތް ވަނައެއް ތީ!