އުމުރުން ހަތަރު އަހަރުގެ އިންޑިއާއަށް ނިސްބަތްވާ ކުއްޖަކު ކަށިގަނޑު ފުމޭ ގޮތަށް ކެއްސާތީ ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހަށިގަނޑުގެ ތެރެއިން ފުމެން ގެންގުޅޭ ކަހަލަ ކަށިގަނޑެއް ފެނިއްޖެެއެވެ.

ތަފާތު ގޮތަކަށް ކެއްސާ މި ކުއްޖާ ޑޮކްޓަރަށް ދައްކާ އެ ކަށިގަނޑު އޭނާގެ ހަށިގަނޑުން މިހާރު ވަނީ ނަގާފައެވެ.

އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ކްލިނިކަކަށް އެ ކުއްޖާ ދައްކާފައި ވަނީ މާބޮޑަށް ކެއްސާތީ އާއި ބައެއް ފަހަރު ކެއްސާއިރު، ކަށިގަނޑު ފުމޭ އަޑު އިވޭތީއެވެ.

އެގޮތަށް އޭނާ ކެއްސަނީ ކީއްވެތޯ ބެލުމަށް ޑޮކްޓަރުން ނެގީ އެކްސްރޭއެކެވެ. އޭގެއިން އެނގުނު ގޮތުގައި، އޭނާގެ ފުއްޕާމޭ ވައަތު ފަޅި އޮތީ ވަރަށް ބޮޑަށް ފުއްޕާފައެވެ. މިގޮތަށް ފުއްޕާމޭ ފުއްޕާނީ ފުރަމޭގެ ވައި ބޭރުވާ ބައި ބެދިފައިވުމުންނެވެ.

އެ އެކްސްރޭގައި އެ ކުއްޖާގެ ހަށިގަނޑުގައި އެއްޗެއް އޮތްކަން ޑޮކްޓަރުންނަށް އެނގުނުއިރު، ޑޮކްޓަރުން ވަނީ ބްރޮންޗޮސްކޯޕީއަށް ހަދައި އެ ކުއްޖާގެ ހަށިގަނޑުން އެ އެއްޗެއް ނަގާފައެވެ. ފުރަތަމަ ޑޮކްޓަރުންނަށް އޭނާގެ ހަށިގަނޑުގައި އޮތީ ކޮން އެއްޗެއްކަން ކަށަވަރެއް ނުވެއެވެ.

ނަމަވެސް އޭނާގެ ހަށިގަނޑުގައި އެ އޮތް އެއްޗެއް ނަގާ ބެލިއިރު، އެނގުނީ އެއީ ކުޅޭ ކުޅޭ ކަށިގަނޑެއްކަމެވެ.

އާއްމުކޮށް މިގޮތަށް ފުރަމޭގައި ތާށިވާ އެއްޗެހީގެ ސަބަބުން ނޭވާ ލާން އުނދަގޫވެ، ބައެއް ފަހަރު ނޭވާ ލުމުގައި އަޑު ގޮވާ ގޮތްވެއެވެ.

ކިޔުންތެރިންގެ ހިޔާލު