ސިއްހީގޮތުން އެންމެ ފަސޭހައިން ކުރިމަތިވާ އެއް މައްސަލައަކީ ހުން އައުން އަދި ރޯގާ ޖެހުމެވެ. މި ފަދަ ސިއްހީ މައްސަލަތަކާއި ދެކޮޅަށް ރާއްޖޭގައި އެންމެ އާންމުކޮށް ކުރެވޭ ކަންކަމަކީ ޕެރަސެޓަމޯލް، އަފަމޯލް އަދި ސިޓްރިޒެން ފަދަ ޑޮކްޓަރީ ބޭހެއް ބޭނުންކުރުމެވެ. އެހެންނަމަވެސް މިފަދަ ސިއްހީ މައްސަލަތަކާއި ދެކޮޅަށް ކުރެވިދާނެ އެހެން ކަންކަންވެސް އެބަ ހުއްޓެވެ.

ޗައިނީޒް ހާބަލް މެޑިސިން ނުވަތަ ސީނު ކަރައިގެ ބޭސްވެރިކަމަކީ މުޅި ދުނިޔެއިން ވެސް ފެނިގެންދާނޭ އެންމެ އާދަޔާޙިލާފް އެއް ބޭސްވެރިކަމުގެ ބާވަތެވެ. މިހެން ބުނެވޭ ސަބަބަކީ ޗައިނީޒް ހާބަލް މެޑިސިން އަކީ އެކިއުޕަންކްޗާރ ފަދަ އާދަޔާޙިލާފް ސިއްހީ ފަރުވާތަކެއް އީޖާދުކުރުމުގެ ފަހަތުގައި އޮތް ބޭސްވެރިކަމަށް ވާތީއެވެ.

ޗައިނީޒް ހާބަލް މެޑިސިންއިން ހުން އައުން އަދި ރޯގާ ޖެހުން ފަދަ އާދައިގެ ސިއްހީ މައްސަލަތަކަށް ވެސް އާދަޔާޙިލާފް ފަރުވާއެއް އޮވެއެވެ. ހޮންގް ކޮންގް ފަދަ ރަށްތަކުގައި ހުން އައުމުން އެންމެ ފުރަތަމަވެސް ކުރެވޭ އެއް ކަމަކީ ބޮނޑު ނުވަތަ ލިޒާޑް ސޫޕް ބުއިމެވެ. މިއީ އެ ސަރަހައްދުތަކުގެ އާދަކާދައިގެ ތެރެއިންވެސް ހިމެނޭ ކަމަކަށް ވަނީ މިހާރު ވެފައެވެ. މިގޮތުން ހިއްކައި ވަޅޯ ކުރެވިފައިވާ ބޮނޑު ނުވަތަ ލިޒާޑް އަދި ޗައިނާގެ ކަދުރުގެ ބާވަތްތަކެއް ހިމަނައިގެން އުފައްދޭ މި ސޫޕް އަކީ ހުޅަނގުގެ ގައުމުތަކުގައި ކުކުޅު ސޫޕް ބުއިން ފަދަ އާންމު ކަމެކެވެ.

މި ސޫޕް އުފެއްދުމަށް ބޭނުންވާ ގޮތަށް ހިއްކާފައި އޮންނަ ބޮނޑުތަކަކީ އާދައިގެ ފިހާރަތަކުން ލިބެން ހުންނަ އެއްޗެއް ނޫނެވެ. މި ސޫޕް އާއި ކުކުޅު ސޫޕްއާއި ތެރެއިން ބޮޑަށް ހަށިގަނޑަށް ފައިދާހުރީ ކޮން އެއްޗެއްކަން ހޯދިފައި ނުވިނަމަވެސް ޗައިނާގައި މިގޮތަށް އެތައް އަހަރުތަކެއް ވަންދެން ހުން އައުމުން ބޮނޑު ސޫޕް ބުއިން އާދަޔަކަށްވެފައި އޮންނާނީ އެކަމުން ކޮންމެވެސް ވަރެއްގެ ފަސޭހައެއް ލިއްބައިދޭތީ ކަމަށް ގަބޫލު ކުރެވެއެވެ.