އެމެރިކާގެ ފިރިހެނަކު އޭނާގެ އަނބިމީހާ ދެކެ ރުޅިއައިސްގެން އަނބިމީހާ އާއި ދަރިން ދިރިއުޅެމުން އައި އޭނާގެ އަމިއްލަ ގޭގެ މައްޗަށް ފްލައިޓެއް ވައްޓާލައިފިއެވެ. ފްލައިޓް ގެ މައްޗަށް ވައްޓާލީ ޑުއާން ޔޯޑް ނަމަކަށް ކިޔާ ފިރިހެނެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ ހޯމަ ދުވަހު ޑުއާން އޭނާގެ ގޭގެ މައްޗަށް ފްލައިޓް ވައްޓާލީ އަނބިމީހާ އާއި ޒުވާބު ކުރުމަށް ފަހު ގެއިން ނިކުމެގެން ދިޔަތާ އިރުކޮޅެއް ފަހުންނެވެ. ޑުއާން އަކީ ޕައިލެކެޓެކެވެ. ގެ މައްޗަށް ފްލައިޓް ވައްޓާލިއިރު ފްލައިޓްގައި އިނީ އޭނާ އެކަންޏެވެ. އެހާދިސާގައި ޑުއާން ވަނީ މަރުވެފައެވެ.

ޑުއާންގެ ދެބުރި ގޭގެ މައްޗަށް ފްލައިޓް ވައްޓާލިއިރު އޭނާގެ އަނބިމީހާ އާއި ދަރިފުޅު ވެސް ގޭގައި އުޅެއެވެ. ނަމަވެސް އެދެމައިންނަށް ގެއްލުމެއް ނުލިބި ވަނީ ސަލާމަތް ވެފައެވެ.

އުމުރުން 47 އަހަރުގެ ޑުއާން އަކީ ތަޖުރިބާކާރުން ޕައިލެޓެކެވެ. އޭނާ ދުއްވީ ކޮންތަނަކުން ހޯދި ފްލައިޓެއް ކަމަށް އަދި ކަށަވަރެއް ނުވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް ޑުއާން ވަނީ އަނބިމީހާ އަށް އަނިޔާ ކުރި މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އެދުވަހު ހައްޔަރު ކުރުމަށް ފަހު އޭނާ ދޫކޮށްލާފައި ހުރީ ކަފާލާތުގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާންމުކޮށް އެކި ކަންކަމާއި އަނބިމީހާ އާއި ޒުވާބުކޮށް އަނބިމީހާ އަށް އަނިޔާ ކުރާ ޑުއާން މިދިޔަ މަހު ވަނީ ކައިވެނީގެ މައްސަލަތައް ހައްލު ކުރަން ކައުންސިލުން ވެސް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު