މި މަހުގެ 13 ވަނަ ދުވަހު ބޮލީވުޑް ފިލްމު "ސުއި ދާގާ" ގެ އޮފިޝަލް ޓްރެއިލާ އާންމުކޮށްފައިވާއިރު، މި ފިލްމު ވެގެންދަނީ ބެލުންތެރިންނަށް ހުރިހާ ގޮތަކުންވެސް ހާއްސަ ފިލްމަކަށެވެ. އެއީ ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ހަރަކާތްތެރިވާ އެކްޓްރެސް އަނުޝްކާ ޝަރުމާއާއި އެކްޓަރު ވަރުން ދަވަން އެކުގައި ފިލްމަކުން ފެނިގެންދާ މިއީ ފުރަތަމަ ފަހަރު ކަމުގައިވާތީއެވެ.

ފިލްމުގެ ޕްރޮމޯޓިންގެ މަސައްކަތްތަކުގައި އަނުޝްކާއާއި ވަރުން އަވަދިނެތި އުޅެމުންދާއިރު، އެ ދެމީހުން ދަނީ ފިލްމާއި ގުޅޭ ގޮތުންނާއި އެނޫންވެސް އަމާޒުވާ ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

 

މީޑިއާތާކާ ވާހަކަ ދައްކަމުން އަނުޝްކާއާއި ވަރުން ބުނެފައިވަނީ އެދެމީހުންނަކީ ބެސްޓް ފްރެންޑުންނަށް ވާނެ ކަމަށާއި ނަމަވެސް އެދެމީހުންގެ ގުޅުން "ފަނި" ކޮށްލީ ބޮލީވުޑްގެ ދެ އެކްޓަރަކު ކަމަށެވެ.

"މުޅި ބޮލީވުޑް ހިސްޓްރީ ގައިވެސް ލިޔެވޭ ފަދަ ގާތް ބެސްޓް ފްރެންޑުންނަށް އަހަރެމެން ދެމީހުން ހަޤީޤަތުގައި ވާނެ. އެކަމަކު ބޮލީވުޑްގެ ދެ އެކްޓަރަކު މި ގުޅުން ނައްތާލުމަށް ނުބައި ހެދީ. އެއީ އެކްޓަރު ރަންބީރް ކަޕޫރާ އަރުޖުން ސިންގް، އެ ދެމީހުން އަހަރެމެންނޭ ކިޔައިގެން ނުބައި ދޮގު ވާހަކަތައް ކިޔަން ފެށީ. ދޮގު ހަދައިގެން އަހަރެމެން އެކަކު އަނެއްކަކު ދެކެ ރުޅި އާދެޔޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަތައް ދެއްކީ. އެހެންވެ، އަހަރެންނާ އަނުޝްކާ އާއި ދެމެދު އޮތް ގާތް ގުޅުން ހީނަރުވީ" ވަރުން ބުނެފައިވެއެވެ.

"ސުއި ދާގާ" ގައި ވަރުން ޓެއިލަރެއްގެ ރޯލުން ފެނިގެންދާއިރު، އަނުޝްކާ ފެނިގެންދަނީ ޑެކެރޭޓަރެއްގެ ރޯލުންނެވެ. އަދި މި ދެމީހުން އެކުގައި މި ފިލްމުގައި ފެނިގެންދާނީ ރަށްފުށު ހިސާބެއްގެ ކުޑަ ކަޕްލްއެއްގެ ގޮތުގައިއެވެ.

ވަރުން އާއި އަނުޝްކާގެ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 28 ގައެވެ.

ކިޔުންތެރިންގެ ހިޔާލު