ބޮޑީބިލްޑް ކުރުމަކީ ގިނަ ބަޔަކު އެކަމަކަށް މަރުދޭ ކަމަކެވެ. ހަށިގަނޑު ރީތިކަންމަތީ ބެހެށްޓުމަށް އެތަކެއް މަސައްކަތެއް ކުރަން ޖެހޭއިރު ސައިންސްގެ އަލީގައި ގަބޫލުކުރަން ޖެހޭ ހަޤީގަތަކީ އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަންގަނޑު ރޫޖެހި މަސްތަކުގެ ބާރު ކެނޑޭނެ ކަމެވެ.

ނަމަވެސް ބައެއް ބޮޑީބިލްޑަރުންނަކީ އުމުރަކަށް ބެލުމެއް ނެތި ބޮޑީބިލްޑިންގައި ހަރަކާތްތެރިވަމުން އަންނަ މީހުންނެވެ.

އެގޮތުން 75 އަހަރުގެ ޖެނިސް ލޮރެން އަކީ އަދިވެސް ބޮޑީބިލްޑް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފިސާރި ކަނބަލެކެވެ.

އުމުރުން 75 އަހަރުގައި އަލުން ބޮޑީބިލްޑްކޮށް ނަގާފައިވާ ފޮޓޯތަކެއް މިހާރު މީސްމީޑިއާގައި ވައިރަލްވެފައިވާއިރު ގިނަ ބައެއްގެ ތައުރީފް ދަނީ އެފޮޓޯތަކަށް އޮހެމުންނެވެ،

ޖިނިސް ލޮރެން އަކީ އޭނާގެ ރަންޒަމާނުގައިވެސް ބޮޑީ ބިލްޑިންގްގެ ރަނިކަން ކުރި ފަރާތެކެވެ. އުމުރުގެ މިހާތަނަށް އައި އިރު ބޮޑީބިލްޑިންގްގެ 23 މުބާރާތެއް ޖެނިސް ކާމިޔާބުކޮށްފައިވާއިރު ބޮޑީބިލްޑު ކުރުމަކީ އޭނާ މިހާރުވެސް އެންމެ ކުރާހިތްވާ ކަންތަށް ކަމުގައު ޖެނިސް ވަނީ ބުނެފައެވެ.

" އަހަރެން އެއްގޮތަކަށްވެސް އަހަންނަށް ވުރެއް ކުޑަ މީހުންނަށް ވާދަ ކުރަނީއެއް ނޫން. އުމުރުން މިހާ ދުވަސްވެފައި ހުށްޓާ ބޮޑީބިލްޑު ކުރަން އަލުން މިފެށީ ބޮޑީބިލްޑް ކުރުމަކީ ވަކި އުމުރަކަށް އޮންނަ އެއްޗެއް ނޫންކަން ސާބިތުކޮށްދިނުމުގެ ގޮތުން" ޖެނިސް ބުނެފައިވެއެވެ،

އަދި ބޮޑީބިލްޑް ކުރާއިރު ކެއުމުގެ އާދަތަކަށް ވަރަށް ބޮޑަށް އިސްކަންދޭން ޖެހޭ ކަމަށާއި ބައެއް ކަހަލަގެ ކާނާ ކެއުމާއި ދުރުވާން ޖެހޭ ކަމުގައިވެސް ޖެނިސް ބުނެފައިވެއެވެ. އަދި އާންމުކޮށް ކެއުމުގައި ވިޓަމިންސް އަދި މިނަރަލްސް ލިބޭތަކެތި ހިމަނާ ކަމަށް އޭނާ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު