އެމެރިކާގެ ޓެކްސަސްގެ އެންމެ ބޮޑު އެއް ރަށްކަމުގައިވާ ސެން އެންޓޯނިއޯގެ ފުލުހުންގެ ޑިޕާޓްމެންޓުން ވަނީ ވަރަށް ފަހުން އެ ރަށުގެ އާންމުންނަށް އާދަޔާ ޙިލާފް މެސެޖެއް ދީފައެވެ. ސެން އެންޓޯނިއޯގެ ފުލުހުން ވަނީ މި މެސެޖުގެ ފަހަތުގައި އޮތް ބޭނުންތަކުގެ ތެރެއިން އެއް ބޭނުމަކީ ސެން އެންޓޯނިއޯ ޕޮލިސް ޑިޕާޓްމެންޓް ނުވަތަ އެސް.އޭ.ޕީ.ޑީ ގެ ދިގު ގޮތަކީ ސެން އެންޓޯނިއޯ ޕިއްޒާ ޑެލިވަރީ ނޫންކަން އެ ރަށުގެ އާންމުންނަށް ސާފުކޮށްދިނުންކަމަށް ބުނެފައެވެ.

ފުލުހުންގެ ޑިޕާޓްމެންޓުން އާންމުކޮށްފައިވާ ވިޑިއޯއެއްގައި ވަނީ 911 އިމަޖެންސީ ފޯން ކޯލްތަކެއްގެ ތެރެއިން އެއް ފޯނު ކޯލުން ޕިއްޒާއެއް ޑެލިވާރ ކޮށްދިނުމަށް އެދޭތަން ހާމަކޮށްދީފައެވެ. ފުލުހުން ބުނާގޮތުގައި މިއީ ބައެއް މީހުންނަށް ސަމާސާއަކަށް ވީނަމަވެސް މިއީ ވަރަށް ސީރިއަސް ކަމެކެވެ. މިފަދަ ކަމެއް ކުރުމުން އެ ފޯނު ކޯލަށް ޖަވާބުދޭން ހޭދަވާ ވަގުތުގައި އެހެން އަސްލު އިމަޖެންސީ ހާލަތަކަށް އަންނަ ފޯނު ކޯލަކަށް ޖަވާބު ނުދެވުމުގެ ފުރުސަތު އޮވެއެވެ. މިފަދަ ކަމެއްގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އަދި މިފަދަ ކަންކަން ސަމާސާއަކަށް ކުރާތީވެ މިއީ 911 ހިލޭ ގުޅޭ ނަންބަރުގެ ނާޖާއިޒު ފައިދާ ނަގައި ބޭކާރު ވަގުތު އަދި މަސައްކަތްތަކެއް ކުރުވުންކަމުގައިވެސް ފުލުހުން ވަނީ ސިފަކޮށްފައެވެ.

ފުލުހުން އާންމުކުރި ވިޑިއޯގައި ވަނީ އެހެން ފޯނު ކޯލެއްގައި ގޭގެ ފެން ލީކު ވެގެން ހަދާނެ ގޮތަކާއި މެދުގައިވެސް ސުވާލުކުރާތަން ދައްކުވައިދީފައެވެ. ސެން އެންޓޯނިއޯގެ ފުލުހުން ދަނީ މިފަދަ ކަންކަން ކުރުން ހުއްޓާލުމަށް ގޮވާލައިފައެވެ. ސެން އެންޓޯނިއޯގެ އިތުރުން މިފަދަ މައްސަލަތަކަކީ އެހެން ގައުމުތަކުގައިވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟާމިން

    ތީ އެމްޑީޕީ ފިކުރުގެ ވިސްނުން ހުންނަ މީހުން ކުރާ ފިނޑި އަމަލު ރައީސް ވަހީދު އަކީ ކަޅު މީހަކަށް ވީމަ ކާޅުގެ ކަރުގައި ރައީސް ވަހީދުޖަހާގެން އުސްފަސްގަނޑުގައި ވެސް އުޅުނު މިމީހުންގެ ފަހަތުން އިލްމުވެރިންސް އެބައުޅޭ ރުޅިއައިސްފިނަމަ އެމީހުން ހިތަންއެރި ގޮތަކަށް ކާރޓޫންވެސް ކުރަހަނީ އެއްޝެހިވެސް ކިޔަނީ ރިޕޯރޓުވެސް ނެރަނީ ޖަވާބުދާރީ ވާންޖެހޭ ދުވަސް އަދި އެބައޮތް އިސްލާހުވާން މަސައްކަތްކުރޭ