ޗައިނާގެ ގޯބީ ހަނަފަސް ސަހަރާގައި ހަޤީޤަތް ނޭނގޭ ބޮޑު ސަރަހައްދެއް އެބައޮތް ކަމަށާއި އެއީ ސިއްރު އެތައް ކަމެއް ހިންގަމުން ގެންދާ އަސްކަރީ ބޭސްއެއް ކަމަށް ކޮންސްޕިރަސީ ތިއަރިސްޓަކު ބުނެފިއެވެ. މިއީ "ޗައިނާ އޭރިއާ 51" ކަމަށް ކޮންސްޕިރަސީ ތިއަރިސްޓުން ބުނެއެވެ.

އޭރިއާ 51 ގެ ނަމުން ނަން ދީފައި އޮންނަ އަސްކަރީ ބޭހެއް އެމެރިކާގައި ވެސް އޮވެއެވެ. އެއީ އެމެރިކާ އިން ވަރަށް ބޮޑަށް މައުލޫމާތު ސިއްރު ކޮށްފައި އޮންނަ އެއާ ބޭހެކެވެ.

ގޫގްލް މެޕްސް އިން ފެންނަ ގޮތުގައި ޗައިނާ "އޭރިއާ 51" ގެ އިމާރާތްތައް ހުންނަނީ ވަށްކޮށް ރާނާފައެވެ. އެއީ ވަރަށް ސިއްރު އަސްކަރީ ބޭހެއް ކަމަށް ތުހުމަތު ކުރެވެއެވެ. އެތަނުގެ އެއްވެސް މައުލޫމާތެއް ޗައިނާގެ އެއްވެސް އިދާރާ އަކުން ހާމަކޮށްފައެއް ނުވެއެވެ.

މިސަރަައްދު އޮންނަނީ ޗައިނާގެ ޖައްވީ ކަންތައްތަކާއި ބެހޭ މައި މަރުކަޒު ހުންނަ ޖިއުގުއަން އާއި 100 ވަރަކަށް މޭލު ދުރުގައެވެ.

ގޫގްލް މެޕް އިން ފެންނަ ފޮޓޯތައް ދިރާސާ ކުރުމަށް ފަހު އަސްކަރީ ތަޖުރިބާކާރުން ވެސް ވިދާޅުވަނީ މިއީ އަސްކަރީ ބޭހަކަށް ވުން ވަރަށް ގާތެވެ. މިހާރު ބައެއް ތަޖުރިބާކާރުން އުފައްދާ ސުވާލަކީ މިފަދަ ސިއްރު އަސްކަރީ ބޭހެއްގައި ޗައިނާ އިން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މިއީ ސިއްރުން ވަރުގަދަ ހަތިޔާރުތައް އުފައްދަން ޗައިނާ އިން ބޭނުން ކުރާ މަރުކަޒަކަށް ވެދާނެއެވެ.

އެހެން ބައެއް ތިއަރީތައް ބުނާ ގޮތުގައި ޗައިނާގެ ޖައްވީ ކަންތައްތަކާއި ބެހޭ މައި މަރުކަޒާއި މާދުރުނޫން ހިސާބެއްގައި މިތަން ހުރުމުން މިއީ ޗައިނާ އިން އޭލިއަރުން ހޯދުމުގެ މަސައްކަތް ކުރުމަށް ބޭނުން ކުރާ ތަނަކަށް ވެސް ވެދާނެއެވެ. އޭލިއަނުން ފެނޭތޯ ބަލަން ބޭނުން ވާނެ އެކި މެޝިނަރީތައް މިތާންގައި ހުރެ ދާނެ ކަމަށް އެއް ބަޔަކު ލަފާކުރެއެވެ.

މިތަނާއި ބެހޭ ގޮތުން މީޑިއާތަކުން ވާހަކަ ދައްކަން ފެށުމުން ވެސް ޗައިނާ ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. meesh

    އަހަރުމެން ދިރިތިބި މީހުންނަށް އިބްރަތެއް. ބޮޑާކަމާ ކިބުރުވެރިކަމުން ދުރުހެލިވުމަށް އަޅުގެ އަމިއްލަ ނަފްސަށާއި އަޅުގަނޑުގެގެ އަހުންނާ އުހުތުންނަށް ވަސިއްޔަތްކުރަން. ޖާހާއި މުދަލަކުން ކުރާނެ އެއްވެސްފައިދާ އެއްނެތް. ﷲއަށްޓަކާ ކުރެވޭ ހެޔޮއަމަލަކުން ފިޔަވާ. ﷲގެ ކޯފާއާއި މުސީބާތް ހައްގުވެގެންވާ ބައެއްކަމުގައި އަޅަމެން ނުލައްވާނދޭވެ.

    • އޭނަ

      ހާދަ ގުޅޭ ކޮމެންޓެއް. މިކަހަލަ ކޮމެންޓު ޖަހާތި.

  2. ރާއްޖެތެރޭ ކަސްޓަމަރ

    ތިޔައީ މިރާއްޖޭގެ ކަމެއްނަމަ މިހާރު ތިޔަވެފައި އޮންނާނީ އެއްމެން ދަންނަ ބޮޑު ސިްރުގެ ގޮތުގައި. އެކީއްވެ އެމެރިކާ އިންވެސް އަދި ޗައިނާއިންވެސް އެފަދަ ސިއްރު ހިފައްޓަނީ؟ އެއީ ގައުމުގެ ޙައްގުގައި ހިފައްޓަންޖެހޭ ސިއްރެއް ވީމަ. ގައުމީ ސަލާމަތާ ބެހޭ ސިއްރެއްވީމަ

  3. މާފަތިނެށުން

    ތިވާނީ ޗައިނާއިން ރާއްޖޭގަހަދާބުރިޖާބެހޭ އެންމެހާކަންކަންބެލެހެއްޓުމާއި އިންޑިއާއިންް ރާއްޖެއެތެކުރާ ހިލައާއި ހިލަވެއްޔާއި އަދި ބިސް ފިޔާ އަލުވީގެ އަގުބަލަހައްޓާމަރުކަޒުކަމަށް