ބޭނުންވާ ތަކެތި (ރިހާކުރު ސޯސް ތައްޔާރު ކުރުމަށް)

1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)،

1 ރާނބާފަތް (2 އިންޗި ދިގުމިނަށް ބުރިކޮށްފައި)،

1 ގިތެޔޮމިރުސް (ކުދިކޮށް ކޮށާފައި)،

½ ސައިސަމުސާ ދިރި،

8 ހިކަނދިފަތް،

½ ސައިސަމުސާ ލޮނުމިރުސް ހަވާދު،

2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓު،

½ ސައިސަމުސާ އަސޭމިރުސް،

4 މޭޒުމަތީ ސަމުސާ ރިހާކުރު،

2 މޭޒުމަތީ ސަމުސާ ތެޔޮ

ތައްޔާރު ކުރާނެގޮތް

އެންމެ ފުރަތަމަ ބޯތައްޓެއްގައި މަސްގަނޑު ތައްޔާރުކުރުމަށް ހުރި ފިޔާ، ލުނބޯ ހުތް، ގިތެޔޮމިރުސް، ހިކަނދިފަތް، އިނގުރު، ލޮނު، އަސޭމިރުސް އެއްކޮށްލުމަށް މޮޑެލާށެވެ. އެއަށްފަހު ދަޅުމަހާއި ވަޅޯމަސް އަޅާ ރަނގަޅަށް މޮޑެލާށެވެ. ދެން ހުނިކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލުމަށް ފަހު ކުދިކޮށް ގުޅަ ވަށާށެވެ.

ބޯތައްޓެއްގައި ފުށާއި ލޮނު އެއްކޮލުމަށް ފަހު، ތެޔޮ އަޅާށެވެ. އެއަށްފަހު، ހޫނުފެން މަޑުމަޑުން އެއްކުރަމުން ގޮސް ފުށްގަޑުން ގުޅަވެށޭވަރަށް މޮޑެލާށެވެ. ދެން ކުދިކޮށް ގުޅަވެށުމަށްފަހު ފުއްކޮޅު ތެރެއަށް މަސްގުޅަލައި ރަނގަޅަށް ވައިބޭރުވަންދެން ބައްދާލާށެވެ.

ތެއްޔެއްގައި ފެން އުދުމަށް ފަހު ތެޔޮ އަޅާށެވެ. ފެންގަނޑު ކެކެންފެށީމައި ބައްދާފައިހުރި ބިސްތައް އެޅުމަށްފަހު ކައްކާލާށެވެ. ބިސްތައް ކެކުމުން ފެންކޮޅު އުކާލާށެވެ.

ތެލީގައި ތެޔޮ ފޮދު ހޫނުކޮށްލުމަށް ފަހު ރިހާކުރު ސޯސް ތައްޔާރުކުރުމަށް ހުރި ފިޔާ, މިރުސް، ހިކަނދިފަތް، ރާނބާފަތް އެއްކޮށްލާށެވެ. އެއަށްފަހު ދިރި، ލޮނުމިރުސް ހަވާދު، އަސޭމިރުސް އެޅުމަށްފަހު މީރުކޮށްލާށެވެ. ދެން ޓޮމާޓޯ ޕޭސްޓާއި ރިހާކުރު އެޅުމަށް ފަހު ސޯސްގަނޑު ކައްކާލާށެވެ. ސޯސްގަނޑު ކެކުމުން އުނދުން ނިވާލުމަށް ފަހު ފެނުކެއްކިބިސްތަށް ސޯހާއި އެއްކޮށްލާށެވެ. އަދި ތެލީގެ މަތިޖަހާފައި ރަހަތައް ހަރުލައްވަން 10 މިނެޓު ބަހައްޓާށެވެ.