މޭގަން މާކެލް އޭނާގެ ބައްޕަ އާއި ވާހަކަ ދައްކާނީ ބައްޕަ ވެސް އޭނާ ބުނާ ކަމެއް ކޮށްގެން ކަން ބައްޕަ އަށް އަންގައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މޭގަންގެ ގާތް މީހަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މޭގަން ވަނީ އޭނާގެ ބައްޕަ ތޯމަސް މާކެލް އާއި ވާހަކަ ދައްކާނީ ބައްޕަ މޭގަން އަށް އިހްތިރާމްކޮށް އަދި އޭނާ އާއި ޕްރިންސް ހެރީ އާއި ޝާހީ އާއިލާ އާއި ދެކޮޅު އެއްވެސް ވާހަކައެއް މީޑިއާގައި ނުދައްކަން އެއްބަސްވުމުންނެވެ.

މޭގަންގެ ޝަރުތާއި ބެހޭ ގޮތުން ތޯމަސް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ކުރި ފަހުން އޭނާގެ ބައްޕަ އާއި ވާހަކަ ނުދައްކާ ކަމަށް ބުނެ މޭގަންގެ ބައްޕަގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް މޭގަން އަށް އަމާޒުވެފައެވެ. ޝާހީ އާއިލާ އަށް ފާޑުކިޔާ ތޯމަސް ދޭތެރެ ދޭތެރެއިން ދެމުން ގެންދާ އިންޓަވިތަކުގެ ސަބަބުން މަސްރަހު ދަނީ އިތުރަށް ހޫނުވަމުންނެވެ. ޝާހީ އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި ތޯމަސް ތަފާތު ވާހަކަތައް ދައްކައިގެން މީޑިއާ އަށް އިންޓަވިއު ދެމުން ގެންދަނީ ފައިސާ ހޯދުމުގެ ބޭނުމުގައެވެ.

ތޯމަސްގެ މައްސަލައިގައި ޝާހީ އާއިލާ އިން ރަސްމީކޮށް އެއްވެސް ވާހަކަައެއް ނުދައްކައެވެ. ނަމަވެސް ޝާހީ އާއިލާގެ އިސް މެންބަރުންނާއި އޮފިޝަލުން ވަނީ ތޯމަސް މައިތިރި ކުރެވެން އޮތީ ކިހިނެއްތޯ ބަލަން މަޝްވަރާތައް ކޮށްފައެވެ.

މޭގަންގެ މަންމަ އާއި ބައްޕަ ވަނީ މޭގަންގެ އުމުރުން ހައަހަރުގައި ވަރިވެފައެވެ. އޭގެ ފަހުން މޭގަން އަށް އޭނާގެ ބައްޕަ އާއި ބައްދަލު ވެފައި ވަނީ ވަރަށް މަދު ފަހަރެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދދ

    ކިހާ ދެރަކަމެއް.. މޭގަން ކޮއްމެ ކަމެއް ވިޔަސް އަހަރެމެނާ ކޮން ކަމެއް.. އޭނަ ފޮޑިޔެއް ޖެހިޔަސް އެވާހަކަ ވަގުތުގަ ލިޔާނެ