އިންޑިއާގެ މުމްބާއީގައި ޓީވީ ޕްރެޒެންޓަރަކު 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްފިއެވެ.

ރިއަލިޓީ ޝޯތަށް ޕްރެސެންޓް ކުރާ އުމުރުން 20 އަހަރުގެ އެ ޕްރެސެންޓަރު އެ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ ކުލީ ކޮޓަރިއަކަށް ގެންދިޔުމަށް ފަހުގައެވެ.

20 އަހަރުގެ ފިރިހެން މީހާއާއި ހަވާލާދީ މުމްބާއީގެ ފުލުހުން ބުނީ 17 އަހަރުގެ އަންހެން ކުއްޖާ އާއި ފުރަތަމަ ވާހަކަދެއްކީ އާދިއްތަ ދުވަހު ފޭސްބުކް އިން ކަމަށެވެ. އަދި ފޭސްބުކް އިން ވާހަކަ ދެއްކުމަށް ފަހު މުމްބާއީގެ ހުޅަނގުގައި އޮންނަ އަންދޭރީއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެތަނުން ކުލީ ކޮޓަރިއަކަށް އަންހެން ކުއްޖާ ގެންދިޔުމަށް ފަހު ހޭވެރިކަން ގެއްލޭފަދަ ކެމިކަލްއެއް އަޅާފައިވާ ކާނާ އަންހެން ކުއްޖާއަށް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަންހެން ކުއްޖާ ރޭޕްކުރީ ކާނާ ކެއުމަށް ފަހު ހޭވެރިކަން ގެއްލުމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

އަންހެން ކުއްޖާ ހޭވެރިކަން ވެފައިވަނީ ހޯމަ ދުވަހުގައިކަމަށް އަންހެން ކުއްޖާއާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. އަދި ރޭޕް ކުރުމަށް ގެންދެވުނު ކޮޓަރި އިންނަ ހޮޓަލުގައި މަސައްކަތް ކުރާ މީހެއްގެ އެހީގައި އާއިލާއަށް އެކަން އަންގާފައިވާއިރު އަންހެން ކުއްޖާގެ ބައްޕަ ވަނީ ދަރިފުޅު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައެެވެ.

އަންހެން ކުއްޖާ އަށް ހޭވެރިކަން ވުމުން އަންހެން ކުއްޖާ އަވަސްވެގަތީ ކައިރީގައި ހުރި ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދުމަށް ކަމަށާއި ޑަކްޓަރީ ރިޕޯޓުތަކުން އަންހެން ކުއްޖާ ރޭޕްކޮށްފައިވާ ކަން ކަށަވަރުވާ ކަމަށްވެސް ފުލުހުން ބުނެއިވެއެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯޖޯ

    ރޭޕްކުރުމަކީ ވަރަށް ބޮޑު މަސްއަލައެއް! އެކަމަކު 17 އަހަރުގެ ކުޑަަންހެން ކުއްޖެކޭ ބުނާތީ ސަކަރާތްވަނީ! ކޮން ކުޑައެއް!

    • ކޮޓަރި

      17 އަހަރުގެ ކުޑައެއް! ކުލީ ކޮޓަރިއަކަށް އަންހެން ކުއްޖާ

  2. ނަހުށަލް

    އެމީހާ އަވަހައް ހައްޔަރު ކުރޭ