ޗިކަން ޗީޒް ސެލެޑް ތައްޔާރު ކުރާނެ ގޮތް:

  • - ބޯންލެސް ކުކުޅު
  • -50 ގްރާމް ޕްލޭން ގްރީކް ޔޯގަޓް
  • - 2 ގްރީން އޮލިވްސް
  • - 1 ބޮޑު ފިޔާ ތުނިކޮށް ކޮށާފައި (ލީކްސް)
  • -1/4 ތަށި ބެބީ ލެޓިއުސް ކޮށާފައި
  • - ރަހަ ހެޔޮވާ ވަރަށް އަސޭ މިރުސް
  • - ރަހަ ހެޔޮވާ ވަރަށް މުގުރާފަ ހުންނަ މިރުސް
  • - 1/4 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް
  • - 1/4 ގާނާފަ ޕާމްސަން ޗީސް
  • - 3 ބްލެކް އޮލިވްސް
  • - 3 ފޮތި ޗެރީ ޓްމާޓޯ (ރޯ ޓޮމާޓޯ)
  • - 1/4 ތަށި ފިޔާ ކޮށާފައި
  • - ރަހަ ޔެޔޮވާ ވަރަށް ލޮނު
  • - ރަހަ ހެޔޮވާ ވަރަށް އޮރިގާނޯ
  • - 2 މޭޒުމަތި ސަމްސާ އޮލިވް އޮއިލް

ތައްޔާރު ކުރާނެ ގޮތް:

ސްޓެޕް 1

ކުކުޅު ހެދުން

އެންމެ ފުރަތަމަ ބޯންލެސް ކުކުޅު ފިހެލާނީއެވެ. އެއަށް ފަހު ގްރިލިން ތަވައެއްގައި ތެޔޮ ހޫނުކޮށްލުމަށްފަހު އޭގެ ތެރެއަށް ކައްކާފައި ހުންނަ ކުކުޅު ކުދި ކޮށް ކޮށާފައި އަޅާށެވެ. ކޮށާފައި ހުރި ކުކުޅު ގެ ދެ ފަޅި ރަނގަޅަށް ކައްކާލާށެވެ. ކޮންމެ އެތިކޮޅެއް ވެސް ކޮޅެއްވެސް މަޑު ރަން ޗޮކްލެޓް ކުލަ އަށް ވަންދެން ކައްކާނީއެވެ. އެއަށް ފަހު ތައްޓަކަށް ކުދި ކޮށް ކޮށި ކުކުޅުތައް އަޅާލާށެވެ.

ސްޓެޕް 2

ސެލެޑް ހެދުން

ތައްޓަކަށް ގްރީން އޮލިވްސް، ބްލެކް އޮލިވްސް، ޗެރީ ޓޮމާޓޯ، ލެޓިއުސް، ފިޔާ، އަދި ޔޯގަޓް އަޅާލާށެވެ. އެއަށްފަހު މި ހުރިހާ ތަކެއްޗެއް މެދު ނުކެނޑި ރަނގަޅަށް މިކްސް ކުރަމުން ގެންދާނީއެވެ. ދެން 1/4 ސަމުސާ އޮލިވް އޮއިލް އާއި ލުނބޯ ޖޫސް އަޅާލާށެވެ. އެއަށްފަހު އަނެއްކާވެސް މިކްސް ކޮށްލާށެވެ.

ސްޓެޕް 3

ސެލެޑް ތައްޔާރުކޮށް ތައްޓަށް ކުކުޅު އެއްކުރުން

މިހާރު ދެން ސެލެޑް ތައްޔާރު ކުރި ތައްޓަށް، ފިހުނު ކުކުޅު ކޮޅުތައް އެއްކޮށްލާށެވެ. އެއަށް ފަހު ލޮނު އަދި އަސޭމިރުސް ރަހައަށް ބަލާފައި އަޅާލާށެވެ. ދެން ސެލެޑްގެ މައްޗައް ކުކުޅު ކޮޅުތައް ބައިންދާލާށެވެ. އެއަށްފަހު ބައެއް ލީކްސް ތައް މައްޗައް ލުމަށްފަހު ތަށި އެއްފަރާތެއް ގައި ބައިންދާލާށެވެ.

ސްޓެޕް 4

ޗީސް މެލްޓް ކުރުން ސެލަޑަށް

ތައްޓަކަށް ގާނާފައި ހުރި ޕާމިސަން ޗީޒް އެޅުމަށް ފަހު އަވަނަށް ލާށެވެ. ނިމުމުން ކުކުޅު ސެލެޑްގެ މައްޗަށް ޗީޒް އަޅާލާށެވެ.

ސްޓްޕް 5

މިހާރު ތިހުރީ ގާތްގަނޑަކަށް ސެލެޑް ތައްޔާރުކޮށް ނިމިފައެވެ. ދެން އެންމެ ފަހުން ކުކުޅު ސެލެޑްގެ މައްޗައް ޗިލީ ފްލޭކްސް އާއި އޮރެގަނޯ އަޅާލާށެވެ. އެއަށްފަހު ޗީޒީ ޗިކަން ސެލެޑް ތައްޔާރުކޮށް ނިމުނީއެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭ މިފަސޭހަ ސެލެޑަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ.