ދުނިޔޭގެ އާބާދީގައި 7.442 ބިލިއަން މީހުން އުޅޭއިރު މިއަދަދު އަންނަނީ ދުވަހަކަށް ވުރެއް ދުވަހެއް އިތުރުވަމުންނެވެ.

އެގޮތުން ކޮންމެ ދުވަހަކު ދުނިޔެއަށް 350،000 ކުޑަކުދިން އުފަންވާ ކަމަށް ޔުނިސެފްގެ ތަފާތު ހިސާބުތަކުން ދައްކައެވެ. އަދި ކޮންމެ މިނެޓަކު 225 ކުދިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުނިޔެއަށް އުފަންވާ ކަމުގައިވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ އާބާދީ އިތުރުވަމުން އަންނަ އިރު 2050 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގައި 9 ނުވަތަ 10 ބިލިއަން މީހުން އުޅޭނެ ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.

ކޮންމެ ދުވަހަކު 350،000 ކުދިން ދުނިޔެއަށް އުފަންވާއިރު ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ އަދަދުވެސް ވަރަށް ގިނައެވެ. އާންމުގޮތެއްގައި އެފަދަ ކުދިންގެ އަދަދު ގިނައީ އެފްރިކާ ބައްރުގެ ގައުމުތަކުގައެވެ. އެގޮތުން ކޮންމެ އަހަރަކު އުފަންވުމުގެ ތެރޭގައި ކުރިމަތިވާ އެކި މައްސަލަތަކުގެ ސަބަބުން އަހަރެއްގެ މަށްޗަށް އެއް މިލިއަން ކުޑަކުދިން މަރުވެއެވެ.

އަދި ވިހެއުމުގެ ތެރޭގައި މަރުވާ ކުދިން މަރުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ އެކަށީގެންވާ ސިއްހީ ފަރުވާ ދެވެން ނެތުން ކަމަށްވެސް ކަމާބެހޭ މާހިރުން ބުނެއެވެ. އަދި ދުނިޔެއަށް އުފަންވުމުގެ ކުރިން ކުށްޖާއަށް މެދުވެރިވާ ބައެއް ކަންކަމުގެ ސަބަބުންވެސް އެތަށް ކުދިންނެއް މަރުވާ ކަމަށް ތަފާސް ހިސާބުތަކުން ދަށްކައެވެ.

ދުނިޔޭގައި އެންމެ ގިނަ ކުދިން އުފަންވަނީ ތަރައްގީވަމުން އަންނަ އަދި ފަގީރު ގައުމުތަކުގައެވެ. ނަމަވެސް ތަރައްގީވެފައވާ ބައެއް ގައުމުތަކުގައިވަނީ ކުޑަކުދިން ދުނިޔެއަށް އުފަންވާ މިންވަރު މަދު ކުރުމަށް ބައެއް ކަހަލަގެ ގާނޫނުތަށް ހަދާފައެވެ. އެގޮތުން ވަކިވަރަކަށް ވުރެއް ގިނައިން ކުދިން ހޯދުމަކީ ކުށެއް ކަމަށް ބައެއް ގައުމުތަކުގައި ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު