އިންޑިއާގެ އަވަށަކަށް ނިސްބަތްވާ 58 އަހަރުގެ ފިރިހެނަކު، އަންހެނުންތަކާއި ކައިވެނި ކުރާނެކަމަށް ބުނެ އެ މީހުން އަތުން ވައްކަން ކުރަމުންދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާ އެކި އަންހެނުން ކައިރިން ވައްކަން ކުރަމުންދާތާ 10 އަހަރު ވެއްޖެއެވެ. އަދި އޭނާ 30 އަންހެނަކާއި މިގޮތަށް ގުޅުން ބާއްވާ އެ މީހުން އަތުން ރަނާއި ޖަވާހިރު ވަގަށް ނެގި ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ އެ މީހުން އަތުން ވައްކަން ކުރަނީ އެ މީހުންނާއި އިންނާނެކަމަށްވެސް ބުނެއެވެ.

ފުލުހުން ވަނީ މިހާރު އޭނާ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ އަތުން ރަނާއި، 30000 ރުޕީސް އާއި ސައިކަލެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ބުރުމާ ކޮލޮނީއަށް ނިސްބަތްވާ އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ 47 އަހަރުގެ އަންހެނަކު ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

އެމް. މުރުގާން ނަމަކަށް ކިޔާ އެ ފިރިހެން މީހާއަކީ އެ އަންހެން މީހާގެ ގެއިންވެސް ވައްކަން ކުރި މީހެކެވެ. އެ އަންހެން މީހާގެ ގެއިން އޭނާ ވައްކަންކޮށްގެން ނަގާފައި ވަނީ ރަނެވެ.

އޭނާ މިގޮތަށް އަންހެނުންނަށް ލަނޑުދޭން ފަށާފައި ވަނީ 2008 ވަނަ އަހަރުން ފެށިއެވެ. ކައިވެނި ކުރާނެ މީހެއް ހޯދަން ބޭނުންވާކަމަށް ބުނެ އިޝްތިހާރުކޮށްގެން އޭނާ އަންހެނުން ހޯދާއިރު، އޭނާއަށް ވަރަށް ގިނަ އަންހެނުން ގުޅާ ކަމަށް ވެއެވެ. އަދި މިގޮތަށް ގުޅާ މީހުންނާއި ފޯނުން ވާހަކަދައްކާ އޭނާއަށް އިތުބާރު ކުރެވޭ ހިސާބަށް ދިޔުމުން އެ މީހުން ގޮވައިގެން އޭނާ ރެސްޓޯރެންޓްތަކަށްދާ ކަމަށް ވެއެވެ.

މުރުގާން ދަނީ ކެމެރާ ނުހުންނަ ރެސްޓޯރެންޓްތަކަށެވެ. އޭނާ އެތަނަށް ގޮސް އެ މީހުންގެ ގާތުގައި މޮޅެތި ވާހަކަތައް ދައްކާކަމަށް ވެއެވެ. އަދި ބައެއް މީހުންގެ އަތުން އޭނާ ގަހަނާ ނަގާކަމަށް ވެއެވެ.

"ވަގަށް ގެންގޮސްފާނެތީ ބައެއް އަންހެނުން ކައިރީ އޭނާ ބުނާނެ ގަހަނާތައް ރައްކާކޮށް ބަހައްޓަން. ބައެއް އަންހެނުން އެ ގަހަނާތައް އޭނާގެ އަތައްވެސް ދޭ. މިގޮތަށް ގަހަނާ ފަދަ ތަކެތި ހޯދުމަށްފަހު ފޯނުވެސް ނިއްވާލާ. އަދި ސިމްވެސް ނަގާ ނުގުޅޭ ގޮތް ހަދާ". ފުލުހުން ބުންޏެވެ.

ފުލުހުން އޭނާގެ އަތުން 50 ސިމް ހޯދިކަމަށް ވެއެވެ. އޭނާ އެކި ސަރަހައްދުން އަންހެނުންނާއި ކައިވެނިކޮށް ވަރިކުރިކަމަށްވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޖްވާ

    ކީކޭ ދެން އަޅެ ފަހެ ބުނާނީ؟ ކޮންވައްތަރަކަށް އުޅޭ ނަމޭ ހިތާ އުޅޭ ބަޔެއްތަ މީ؟ ކިހިނެތް ބޮޑު ކޮށްފަ ހުރި މީހެއް ބާވެއޭ ހިތަށް އަރާ އިނގޭ!