މިދިޔަ ބުދަ ދުވަހު އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ރަނިކަން ކުރަމުން ދިޔަ ސްރީ ދޭވީގެ ޖަނާޒާ ކަންތައް ކުރިއަށްދިޔައެވެ. ސްރީ ދޭވީއަށް އެންމެ ފަހުގެ އިހުތިރާމް ކުރުމަށް ގިނަ ތަރިންތަކެއް ދިޔައިރު، އެންމެން ކަހަލަ ގޮތަކަށް ތިބީ ހިތާމައިން ރޮވޭ ހާލުގައެވެ.

އެހެން ނަަމަވެސް އެ އެންމެންގެ ތެރޭގައި ފިލްމީ ތަރިއަކު ހީލާފައި ހުރި ފޮޓޯއެއް ފެނިގެން ޓްވިޓާގައި ގިނަ ބަޔަކު މިހާރު ދަނީ ރުޅިގަދަވެ ފާޑުކިޔަމުންނެވެ. އެއީ ބޮލީވުޑްގެ އެކްޓަރ ޖެކޮލިން ފާނާންޑޭޒް އެވެ.

ޖެކޮލިންގެ ފޮޓޯ ނަގާފައި ވަނީ ލޮޚަންދްވަލާގެ ސެލެބްރޭޝަން ސްޕޯޓްސް ކްލަބްގައެވެ. އެއީ ސްރީ ދޭވީއަށް އެންމެ ފަހުގެ އިހްތިރާމް އަދާ ކުރުމަށް އާއްމުންނަށްވެސް ވަދެވޭނެހެން ބާއްވާފައި އޮތް ތަނެވެ.

އެ ފޮޓޯ ނެގި ވަގުތުކޮޅަކީ ޖެކޮލިން ހެވިފައި ހުރި ވަގުތެވެ، އެއިރު އޭނާ ހުރީ އެތަނަށް އަންނަ އެހެން އެކްޓަރުންނަށް ސަލާމް ކުރާށެވެ.

އެކަމާއި ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، އެކަމުން ދޭހަވަނީ ޖެކޮލިން އެ ހަރަކާތައް އެއްވެސް އިހުތިރާމެއް ނުކުރާކަން ކަމަށް ގިނަ ބަޔަަކު ދަނީ ބުނަމުންނެވެ. އަދި ޖެކޮލިން ހުރީ މީހެއްގެ ޖަނާޒާއެއްގަތޯ އޭނާއަށް ނޭގުނީތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. މީގެ އިތުރުންވެސް، އޭނާ އެހާ ހެވިފައި ހުރީ، އެވޯޑެއް ލިބިގެންތޯވެސް ބައެއް މީހުން ވަނީ ސުވާލުއުފައްދާފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ސްރީ ދޭވީ ބިލިގާއެއްގެ ތެރޭގައި ގެނބިގެން މަރުވިއިރު، އޭނާގެ ހަށިގަނޑު އަންދާލާފައި ވަނީ ބުދަ ދުވަހުގެ ހަވީރުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޜަތްލާޖެހި ބޮޑެތި ކާފަރުންގެ މިކަހަލަ ވާހަކަ ނުގެނޭ

  2. މަޖުބޫރެއް ނޫން ދެފައިތަޅާފަ ރޯކަށް.. ސްރީދޭވީ އެއީ ވަކި ކާކުތަ؟

  3. ހިނި އަންނާނެ ދޯ.. ސީރިޔާގަ ނިކަމެތި ކުޑަކުދިން ނުހައްގިން މަރާއިރު އެކަކުވެސް އެއްޗެކޭ ނުބުނެ..ހަމަ ސްރީދޭވީ މަރުވާއިރަށް އެތަނަށް އައިއްސި... އަދި އެންމެ ހިނި އައީ މަށަށްވެސް އެތަނަށް އާދެވުނީމަ... އަޅެ ކަލޭމެންނަމަ ހިނި ނާންނާނެތަ؟؟؟