އެމެރިކާގެ ސޭން ފްރާންސިސްކޯގެ އެކި ހިސާބުތަކުގައި ކޮތަޅަށް އަޅާގައި ހުންނަ އިންސާނުންގެ ނަޖިސް ގިނަ ވެފައިވާތީ އެކަން ޙައްލު ކުރުމަށްޓަކައި އެޤައުމުގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް ވޯކްސްއިން ނިކުމެއްޖެއެވެ.

އެމެރިކާގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސޭން ފްރާންސިސްކޯގެ ސިޓީ ހޮޓްލައިން އަށް ދުވާލެއްގެ މައްޗަށް 65 މީހުން މަގުމަތީގައި ނަޖިސް ކޮތަޅު ތަކެއް ހުރެގެން މައްސަލަ ޖައްސާ ކަމަށާއި މިއަހަރުގެ މިހާތަނަށް 14,597 ފަހަރު މައްސަލަ ޖައްސާފައިވާ ކަމަށެވެ.

ސޭން ފްރާންސިސްކޯގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް ވޯކްސްއިން ބުނެފައިވަނީ އެޑިޕާޑްޓްމެްންޓްއިން ވަކި މުވައްޒިފުންތަކެއް އިންސާނުންގެ ނަޖިސް ހުންނަ ކޮތަޅުތައް ނެގުމަށް ޚާއްސަ ކުރެވިފައިވާ ކަމަށެވެ. އަދި މިމަސައްކަތުގައި އުޅޭ މީހުންނަށް ޚާއްސަ އިކުއިޕްމެންޓްތަކެއް ދީފައިވާ ކަމަށާއި ވަސް ކެޑުވުމަށްޓަކައި ސްޓީމް މެޝިންތަކެއް މިމުވައްޒިފުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ސޭން ފްރާންސިސްކޯގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް ވޯކްސްއިން ބުނެފައިވަނީ އެއިދާރާގެ މަސައްކަތަކީ މި ނަޖިސްކޮަތަޅުތައް މީހުން ރިޕޯޓް ކުރުމުގެ ކުރިން ނެގުން ކަމަށާއި މިކަންތައް ހުއްޓުމަށް އެޤައުމުގެ އެހެން އިދާރާތަކުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ސޭން ފްރާންސިސްކޯގައި އިންސާނުންގެ ނަޖިސް މަގުމަތީގައި ހުންނަ މައްސަލަ ބޮޑު ވެފައިވާއިރު، މިއީ ވަރަށް ސީރިޔަސް މައްސަލައެއް ކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި ބަލިމަޑު ކަމެއް ފެތުރުމުގެ ކުރިން އެޤައުމުން މިގޮތަށް ހުންނަ ނަޖިސް ނައްތާލުމަށް މަސައްކަތް ކުރުމަށް ސިއްޙީ މާހިރުންވަނީ ލަފާ ދީފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު