އެކްޝަން ފިލްމެއްގައި ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު ނުހިމެނޭ ކަމުގައިވާ ނަމަ، އެފަދަ ފިލްމުތައް ފުރިހަމަ ނުވާނެ ކަމަށް ޑައިރެކްޓަރުންނާއި ބެލުންތެރިން ވެސް ގަބޫލު ކުރާނެއެވެ. ނަމަވެސް އަބަދު މުޅިން އެކްޝަން ފިލްމުތަކުން ފެންނަ އަކްޝޭ މިފަހަރު މިއޮތީ ބޮލީވުޑް ފިލްމު "ގޯލްޑް"ގައި ތަފާތު ރޯލެއް އަދާކޮށްފައެވެ. އެއީ ޓަޕަން ނަމަކަށް ކިޔާ ހޮކީ ކޯޗްއެއްގެ ރޯލެވެ.

މި ފިލްމުގައި އަކްޝޭ ތަފަތު ރޯލަކުން ފެނުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ މިއީ މުޅި ކެރިއާގައިވެސް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ދެކޭ ކަމަށާއި ތަފާތު ރޯލެއް ކުޅެން ލިބުމުން ވަރަށް އުފާވާ ކަމުގައެވެ.

"އެންމެ ފުރަތަމަ އަހަރެން މި ދާއިރާއަށް އައިއިރު (އެކްޝަން ޓެގް) ދިން ގޮތަށް މިއީ ހަމައެކަނި އެކްޝަން ފިލްމު ކުޅެން ޚާއްސަ މީހެއްގެ ގޮތުގައި ހުރީ. އެއްވެސް މީހަކު އޮފާއެއް ނުކުރޭ ރޮމޭންޓިކް ނޫނީ ކެމޮޑީ ފިލްމެއްވެސް. އެހެންވެ، މިހާރު އިތުރު އެހެން ރޯލެއް ކުޅުމަށް ލިބުމުން ވަރަށް އުފާވޭ. އަދި މިއީ މި ކެރިއާގައި ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރަނީ" އަކްޝޭ ބުނެފައިވެއެވެ.

"އެކްޝަން ހީރޯ"ގެ ގޮތުގައި ލޭބަލް ވެފައިވާ އަކްޝޭ ބުނީ އޭނާގެ 14 އަހަރުވީ މި ކެރިއާގައިވެސް އަބަދު އެކްޝަން ފިލްމުތައް ކުޅޭތީ ކެރިއާއަށް ކުރިއެރުމެއް ނާންނަ ކަމަށެވެ.

ތަފާތު ފިލްމުތަކުން ފުރުސަތު ދިން ހުރިހާ ޑައިރެކްޓަރުންނަށާއި ޕްރޮޑިއުސަރުންނަށް އަކްޝޭ ވަނީ ޝުކުރުއަދާކޮށްފައެވެ.

އުމުރުން 56 އަހަރުގެ އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ ބޮލީވުޑް ފިލްމު "ކެސާރި" އާއި "2.0" ނަމަކަށް ކިޔާ ފިލްމަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު