އިންޑިޔާގެ ބެންގަލޫރްގެ އަންހެނެއްގެ ބްލެޑާގެ ތެރެއިން 99 ހިލަކޮޅު ނަަގައިފިއެވެ.

އިންޑިޔާގެ ރިޕޯޓުތައް ބުނާގޮތުގައި 45 އަހަރުގެ މި އަންހެންމީހާ ހޮސްފިޓަލަށް ދައްކާފައި ވަނީ އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާތީ ކަމަށެވެ. އަދި ގިނަ ޓެސްޓުތަކެއް ހެދުމަށްފަހު ގޯލްބުލެޑާގައި ހިލަ ހުރިކަން އެނގިފައިވާ ކަމަށާއި އޮޕަރޭޝަން ކޮށްގެން ހުރިހާ ހިލަތައް ނަގައިފައި ވަނީ ތުމާކުރު ހޮސްޕިޓަލްއިން އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ހޮސްޕިޓަލުގެ ސީނިޔާ ސާޖަރިޔަން ޑރ ވާސިމް އިމްރާން ބުނިގޮތުގައި އަންހެން މީހާގެ އިތުރު ގިނަ މައްސަލަތަކެއް ވެސް ހުރި ކަމަށެވެ. އެގޮތުން ހަކުރުބަލި، އޮބެސިޓީ، ހައިޕާޓެންޝަންގެ އިތުރުން ކާޑިއެކް މައްސަލަތައް ހުރި ނަމަވެސް ދެމަފިރީންގެ އަތްމަތި ދަތިވުމުގެ ސަބަބުން އޮޕަރޭޝަންތައް ލަސްވެފައިވާ ކަމަށް ޑޮކްޓަރ ބުނެފައި ވެއެވެ.

އޭގެ އިތުރުން 2 ދުވަހުގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާއިރު ބުދަ ދުވަހު ވަނީ ދެ ގަޑިއިރާއި ބައިގެ އޮޕަރޭޝަނެއްކޮށް އެއްބައި ހިލަތަށް ނަގާފައި އެވެ. އަދި އެ އޮޕަރޭޝަންގައި ވަނީ ގޯލްބުލެޑާގެ ހިލަ ނެގުމަށް އެބްޑޮމެންގެ ހިސާބެއްވެސް ކަފާލާފައެވެ.

ޑޮކްޓަރުން ބުނިގޮތުގައި އަންހެންމީހާގެ ގައިން ވަނީ 12 މިިލިމީޓަރގެ ތިން ހިލަކޮޅު ނަގާފައި ކަމަށާއި ބާކީ ހުރި ހިލަތައް ވަނީ 4 ނުވަތަ 5 މިލިމީޓަރ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު