ވަޒީފާ ދިނުމުގައި ވަރަށް ގިނަ ކަންތައްތަކަށް ބަލައެވެ. ވަޒީފާ އަށް މީހުން ހޮވުމުގައި އިންޓަވިއު އާއި އެހެން އުކުޅުތައްވެސް ބޭނުންކުރާއިރު، އެކަންކަމުގައިވެސް، ވަރަށް ގިނަ ކަންތައްތަކަށް ބަލަންޖެހެއެވެ. އެހެންނަމަވެސް، އެކަންތައްތައް ވާން ޖެހޭނީ، އިންސާފުވެރި އަދި ދެ ފުށް ފެންނަ ގޮތްތަކާއި އުކުޅުތަކަށެވެ. ހަމައެހެންމެ، މީހުންގެ ސިފައާއި ނަސްލަށް ތަފާތުކުރުމަކީވެސް، މި ކަންކަމުގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އެހެންނަމަވެސް، ދާދިފަހުން އަންހެނަކަށްވަނީ، ކުންފުންޏެއްގެ ނާއިންސާފު ކަންތައްތަކާ ކުރިމަތިވެފައެވެ. އެއީ، މީހަކަށް ތަފާތުކޮށްފާނެކަމަށް ޤަބޫލު ކުރެވޭވަރުގެ ކަމެއްވެސް ނޫނެވެ.

އެގޮތުން، އެމެރިކާގެ މިޒޫރީގައި ހުންނަ މެންޓަލިޓީ ހޮސްޕިޓަލް ނަމަކަށް ކިޔާ ހޮސްޕިޓަލެއްގެ، ކަސްޓަމަރ ސަރވިސް އެސިސްޓަންޓެއްގެ ވަޒީފާއަށް ކުރިމަތިލީ މީހެއްގެ ނަން ހުތުރުކަމަށް ބުނެ ވަނީ، ވަޒީފާ ދޭން ދެކޮޅު ހަދާފައެވެ.

ހާމެއިޝާ ރޮބިންސަން ނަމަކަށް ކިޔާ އަންހެނަކަށް ވަޒީފާ ދޭން ދެކޮޅު ހަދާ، ފޮނުވާފައިވަނީ އީމެއިލް އެކެވެ. އީމެއިލްގައި އެކަން ބަޔާންކޮށްފައިވާއިރު، އެއީ ހުތުރު ނަމެއްކަމަށް ބުނެފައިވަނީ، އެއީ އެއަންހެން މީހާގެ، މަރުވެފައިވާ ބައްޕައަށް ނިސްބަތްކޮށް ކިޔާފައިވާ ނަމަކަށްވާތީއެވެ.

އެކަމާ ގުޅިގެން، ހާމެއިޝާ ވަނީ މެންޓަލިޓީ ހޮސްޕިޓަލާ ދެކޮޅަށް ފޭސްބުކުގައި ޚިޔާލު ފާޅުކޮށްފައެވެ. އަދި، މީހަކަށް ކިޔާ ނަމަކާ ގުޅިގެން، މީހަކަށް ތަފާތު ކުރުމަކީ، އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ، އެތައް ބަޔަކުވަނީ، އޭނާއާ އެއްކޮޅަށް ޚިޔާލު ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން، މެންޓަލިޓީ ހޮސްޕިޓަލުންވެސް ފަހުން ވާހަކަ ދައްކާފައިވެއެވެ. އެފަރާތުން ބުނެފައިވަނީ، މި މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގު ކުރާނެ ކަމުގައެވެ. އެފަރާތުން އިތުރަށް ބުނެފައިވަނީ، މިއީ ކުންފުނީގައި ކުރިން މަސައްކަތް ކުރި މުވައްޒަފަކު، ކުންފުނީގެ ސިސްޓަމްތަކަށް ވަދެ، ހެކުކޮށްގެން ކޮށްފައިވާ ކަމެއްކަމަށް، ވަރަށް ބޮޑަށް ބެލެވޭކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމަތެދެއް

    އިބޫ ސިބޫ ކިނބޫ ޕަކަޕަކަ ޕަކަޕަކަ ޕަކަޕަކަ ޕަކަޕަކަ ... އަޅެ ދެން ދޯ