އިގިރޭސިވިލާތުގައި އުމުރުން 11 އަހަރުގެ ކުޑަ ކުއްޖަކު މަގުމަތިން ފެނުނު ދެވަނަ ބޮޑު ހަގުރާމައިގެ އަތު ބޮމެއް ގެއަށް ގެންދިޔުމުން މުޅި ސަރަޙައްދު ބަންދުކޮށް، "އެންމެން" ރައްކާތެރި ހިސާބުތަކަށް ގެންގޮސްފިއެވެ.

މި ކުޑަ ކުއްޖާގެ ގެޔަށް ފުލުހުންގެ ބޮމް ސްކުއަޑް ގެންގޮސްފައިވާއިރު އެ ކުއްޖާއަށް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ އަތު ބޮމެއް ފެނުނީ އޭނާގެ ކުއްތާ ގޮވައިގެން ހިނގާލަން ނިކުމެ އުޅެނިކޮށެވެ.

ގެއަށް ދިއުމަށްފަހު އެކުއްޖާ ވަނީ އޭނާގެ ފޭސްބުކްގައި އެ އަތުބޮމުގެ ފޮޓޯއެއް ޢާންމުކޮށް، އެއީ އަސްލު ބޮމެއްތޯ ސުވާލުކޮށްފައެވެ. އޭނާގެ ފޮޓޯއަށް މީހުން ކޮށްފައި ހުރި ކޮމެންޓުތަކަށް ބެލުމަށްފަހު އޭނާގެ އަތުގައި އޮތް އަތުބޮމަކީ ޑިފިއުޒްނުވެ އޮތް ބޮމަކަށް ވެދާނެ ކަމަށް ބެލެވިގެން އޭނާ ވަނީ ފަހުން ފުލުހުންނަށް ގުޅާފައެވެ.

އެ ބޮން ނައްތާލުމަށް ބޮމް ޑިސްޕޯސަލް ޓީމުން އައުމުގެ ކުރިން އެގެއާއި އެގެ ކައިރީގައި ހުރި އެހެން ގެތަކުގައި ތިބި މީހުން ގޭގެއިން ނެރެ ވަނީ މުޅި ސަރަހައްދު ހުސްކޮށްފަ އެވެ. އެހެންނަމަވެސް ފަހުން ބޮމް ޑިސްޕޯސަލް ޓީމުން ވަނީ އެބޮން އޮތީ މަސައްކަތްކުރާ ހާލަތެއްގައި ނޫން ކަމަށް ބުނެފަ އެވެ.

އިނގިރޭސި ފުލުހުންގެ އޮފިޝަލަކު ބުނިގޮތުގައި އެބޮން މަސައްކަތް ނުކުރި ނަމަވެސް އޭތި މިހާރު ވަނީ ނައްތާލުމަށްޓަކައި ބޮމްބް ޑިސްޕޯސަލް ޔުނިޓުގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. އާންމު ގޮތެއްގައި އިގިރޭސިވިލާތަކީ ދެވަނަ ބޮޑު ހަގުރާމައިގެ ހަތިޔާރު ވަރަށް ގިނައިން ފެންނަ ގައުމެކެވެ. މިދިޔަ މަހު އިގިރޭސިވިލާތުގައި ހުރި އެމެރިކާގެ ފަތުރުވެރިއަކަށް ވެސް މަގުމަތިން އަތު ބޮމެއް ފެނިގެން ހަނދާނެއްގެ ގޮތުގައި އެ ބޮން ޤައުމަށް ގެންދަން މަސައްކަތްކުރުމުން ވަނީ ހުއްޓުވާފަ އެވެ.

1939 އިން 1945 އަށް ކުރިއަށް ދިޔަ ދެވަނަ ބޮޑު ހަގުރާމައިގައި އެތަށް މިލިއަން ބަޔަކު މަރުވިއިރު ޖަރުމަނު ވަނީ ހަގުރާމައިން ބަލިވެފައެވެ. އަދި ހަނގުރާމަ ނިމެމުން ދަނިކޮށް އެމެރިކާއިން ވަނީ ޖަޕާނުގެ ހިރޯޝީމާއަށް ނިއުކްލިޔާ ބޮމެއް ވައްޓާލާ އެތަށް ހާސް ބަޔަކު މަރާލާފައެެވެ.

ކިޔުންތެރިންގެ ހިޔާލު