ނިދުމަކީ ގިނަ ބަޔަކު ކުރާ ހިތުން ކުރާނެ ކަމެކެވެ. އަދި އެ ވަޒީފާއެއް ނަމަ އެކަން ކުރުމުގައި 24 ގަޑިއިރު ހޭދަކުރާނެ މީހުންވެސް އުޅޭނެއެވެ. ނިދަން ބޭނުންވެގެން އޮފީހަށް ސަލާމް ބުނާ މީހުން މަދެއް ނޫންތާއެވެ. އެހެންކަމުން މިއީ އެފަަދަ މީހުންނަށް ވަރަށް ފައްކާ މުބާރާތަކަށް ވެގެންދާނެއެވެ.

ދުބާއީގައި އެ އުޅެނީ އެންމެ ގިނައިން ނިދާ މީހެއް ހޮވުމަށް މުބާރާތެއް ބާއްވާށެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ބާއްވާ މި މުބާރާތަކީ އެ ސީޓީގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.

ތިންގަޑިއިރަށް ދެމިގެންދާ މި މުބާރާތުގައި ބައިވެރިވާ އެންމެން ނިދަން ޖެހޭއިރު، އޭގެ ތެރެއިން އެންމެ ގިނައިރު ނިދާ މީހަކަށް ހާއްސަ އިނާމެއް ވަނީ ކަނޑައަޅާފައެވެެ. އެ މީހާ ވެގެން ދާނީ މުބާރާތުން އެއްވަނަ ލިބޭ މީހާއެވެ.

މި މުބާރާތުގައި ބައިވެރިވާ މީހުން ނިދަން ޖެހޭނީ އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ދޭ ހާއްސަ ގޮނދަޑި އެއްގައެވެ. މި ހަރަކާތް ބަލާލަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު އެބަ އޮތެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ކުޑަ މަސައްކަތެއްކޮށްލަން ޖެހެއެވެ. އެ މަސައްކަތަކީ ނިދުމުގައި ދިމާވާ ތަފާތު އެކި ހާދިސާތަކާއި ގުޅޭގޮތުން 150 ބަހުގެ ބޮޑު ވާހަކައެއް ލިޔުމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ވާހަކަ ހުށަހަޅާ މީހުންގެ ތެރެއިން ހޮވޭ ހަތަރު މީހަކަށް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އެ ފުރުސަތު އޮތީ އެންމެ ހަތަރު މީހަކަށެވެ.

އެ ހަތަރު މީހުންގެ ތެރެއިން 1 ވަނައަށްދާ މީހަކަށް ތަފާތުކޮށް ޑިޒައިންކޮށްފައިވާ އެނދެއް ލިބޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު