ވިހަން ކައިވެފައި އިން މާބަނޑު ބޮޑު ދައިތައަށް އެހީވި އޭނާގެ ކޮއްކޮގެ މަސައްކަތަށް އެތައް ބައެއްގެ ތައުރީފު ލިބެންފަށައިފިއެވެ.

ވާޖީނާއަށް ނިސްބަތްތާ ކްލޯއީ ނަމަކަށްކިޔާ އެކުއްޖާ ބުނީ، އޭނާ ބޮޑުދައިތަ ވިހަން ތައްޔާރުވެފައި އޮތްތަން ފެނިފައި އޭނާއަށް ކަންތައް ކުރަން ޖެހޭ ގޮތް އެނގުނީ ޔޫޓިއުބުން ބެލި ވީޑިޔޯއަކުން ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު ގޭގައި ތިބީ އުމުރުން 21 އަހަރުގެ ޑޮމިނިކް އާއި ކްލޯއީއެވެ. ގޭގައި ތިއްބާ ޑޮމިނިކްގެ ބަނޑުގައި ރިއްސާތީ އެންމެ ފަހުން ދިޔައީ ފާހަނައަށެވެ. ޑޮމިނިކް ބަނޑުބޮޑުކަން އާއިލާއަށް އޭރު އޮތީ ސިއްރުކޮށްފައެވެ.

ނޫސްތަކުން ބުނެފައިވަނީ، ޑޮމިނިކް ފާހަނަ ތެރޭގައި ހަޅޭލަވާގަތް އަޑަށް ކްލޯއި ފާހަނައަށް ދިޔައިރު، ދައްތަ އިނީ ވިހަން ތައްޔާރުވެފައި ކަމަށެވެ. އަދި އެ ދައްތަ ބިލިގާ ތެރެއަށްވަދެ ވިހަން މަސައްކަތް ކުރިއިރު، އެ ދަރިފުޅަށް ދެން ހަަދަން ޖެހޭ ހުރިހާ ކަމެއް ކްލޯއީއަށް އެނގެއެވެ.

ލެއިން ތަތްތެޅިފައި އޮތް ޑޮމިނިކް ވިހެއުމާއެކު ހަބަރު ހުސްވިއިރު، ކްލޯއި ވަނީ އެ ދަރިފުޅު ސާފްކޮށް، އެ ދަރިފުޅުގެ ފޫޅުވެސް ކަނޑާފައެވެ. އަދި ވަގުތުން 911 އަށް ގުޅާ އެކަން އޭނާ ރިޕޯޓް ކުރިއެވެ. ކްލޯއި އަށް އެވަގުތު ކަންތައް ކުރަން ޖެހުނު ގޮތް އެނގުނީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ބުނީ، އޭނާ ވަަރަށް ގިނައިން އެފަދަ މަޢުލޫމާތުތައް ބަލައި ދިރާސާ ކުރާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ދެމައިންގެ ހާލުވެސް ރަނގަޅެވެ. އެ ދެމައިންނަށް ފެއާފެކްސް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަހަ

    ޜަގަޅު ކަމެއް ތިކުރީ
    އެހީ ވާން ޖެހޭނެ