ބޮޑީބިލްޑް ކުރުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކޮށް އުޅޭ ކަމެކެވެ. ބައެއް މީހުންނަކީ ބޮޑީބިލްޑް ކުރުމަށް މަރުދޭ މީހުންނެވެ. އަދި ހަށިގަނޑުގެ މަސްތަށް ވަރުގަދަކޮށް ބޮޑު ކުރުމަށް އެކި ކަންކަން ކޮށް އުޅޭ މީހުން ދުނިޔޭގައި އެބައުޅެއެވެ.

އެގޮތުން ބްރެޒިލްއަށް އުފަން ޓޯނީ އަދި އަލްވާރޯ އެމީހުންގެ އަތުގެ މަސްގަނޑު ވަރުގަދަ ކުރުމަށް މިވަނީ ވިހަގަދަ ކެމިކަލްއެއް އަތަށް ޖަހައިފައެވެ. އެ ކެމިކަލްގެ ސަބަބުން އަތުގެ މަސްގަނޑު މިވަނީ އެތަށް ގުނައެއް ބޮޑުވެފައެވެ.

ބްރެޒިލްގެ މި ދެބެއިން ބުނި ގޮތުގައި އެމީހުންގެ އަތަށް އެ ކެމިކަލް ޖެހީ އަތުގެ މަސްގަނޑު 28 އިންޗިއަށް ބޮޑު ކުރުމަށެވެ. އަދި އެއީ އެމީހުންގެ ފުރާވަރުގައި ކުރި ކަމެއް ކަމަށާއި އަދިވެސް އެ ކެމިކަލްގެ އަސަރު ކުރަމުންދާ ކަމުގައި އެ ދެބެއިން ބުނެފައި ވެއެވެ.

މި ކެމިކަލް ހަށިގަނޑަށް ޖެހުމުގެ ސަބަބުން އެދެބެއިންގެ އުޅެން ޖެހެނީ ކެއިން ބުއިމަށް ވަރަށް ބަލައިގެންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ވަކި ހާއްސަ ތަކެތި މި ދެބެއިންގެ ކެއުމުގައި ބޭނުން ކުރެއެވެ.

މި ދެބެއިންގެ ހަށިގަނޑަށް ޖަހާފައިވާ ކެމިކަލްގެ ސަބަބުން ފަހުން އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމުގައި ސިއްހީ މާހިރުން ބުނެއެވެ. އެގޮތުން ވަރު ދޫވުމާއި ކަށިތަށް ފީވުން ފަދަ ކަންކަން ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު