އޮންލައިންކޮށް ވިޔަފާރި ކުރާ މީހުންނަށް ބޮޑެތި ލަނޑުތައް ލިބެއެވެ. ބޭނުންވާ ޕްރޮޑަކްޓްތައް ނުލިބުމަކީ އާއްމުކޮށް ދިމާވާ އެއް މައްސަލަތާއެވެ. މީގެ ކުރިން އޯޑަރު ކުރި ތަކެތީގެ ތެރޭގައި ގަލާއި ސައިބޯނި ފަދަ ތަކެތިވެސް ހިމެނެއެވެ. މިއީ އެތައް ހާސް ޑޮލަރެއް ދީފައި އޮންލައިކޮށް ބައެއް މީހުން ގަންނަން އޯޑަރު ދިން ތަކެއްޗެއް ނޫނެވެ.

މިގޮތަށް ގިނަ ބަޔަކަށް ލަނޑު ލިބިފައިވާއިރު، އަނެއްކާވެސް މީހަކަށް މި ވަނީ އެފަދަ ބޮޑު ލަޑެއް ލިބިފައެވެ.

ޗައިނާއަށް ނިސްބަތްވާ މީހަކު އޮންލައިކޮށް އޯޑަރު ކުރީ ހެލެތް ސަޕްލިމެންޓްތަކަކަށެވެ. އެހެން ނަމަވެސް އޭނާއަށް ލިބުނު ފޮށިގަނޑު ތެރޭގައި ހުރި ތަކެތި ފެނިފައި އޭނާގެ މޭގަނޑޫ އަގައަށް ނައީ ހަމަކިރިޔާއެވެ. އޭގެ ތެރޭގައި ހުރީ މަރުވެފައި އޮތް ކިނބުލަކާއި، ބޮނޑެކެވެ.

ސުއިޗަންގއަށް ނިސްބަތްވާ ޒަންގ ނަމަކަށް ކިޔާ އެ މީހާ އޯޑަރު ކުރީ ހެލެތް ސަޕްލިމެންޓްތައް ކަމަށް ބުނާ ތަކެތި ގެއަށް ގެނެސް ދިނީ އެ އޮންލައިން ސްޓޯރުންނެވެ. އެ ތަކެތި ހުރި ތިން ފޮށިގަނޑެއްގައެެވެ. އޭނާ އެ ފޮށިގަނޑުތައް ކަނޑަން ފެށުމުން އޭގެ ތެރެއިން ވަރަށް ނުބައިވަސް ދުވަންފެށިކަމަށް ޒަންގ ބުންޏެވެ. އެ ކިނބޫގައި ޕްރައިސް ޓެގްވެސް ވަނީ ޖަހާފައެވެ. އެހެންކަމުން އެއީ ކިނބޫ އޮޅުކޮށްގެން ގެންގުޅޭ ތަނަކުން ގެނައި އެއްޗެއްކަމަށް ވެދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ ބުނީ، އެ ފޮށި ހުޅުވާލިތަނުން ފެނުނީ މަރުވެފައި އޮތް ކިނބުލެވެ. ޒަންގގެ ފިރިމީހާ ވަނީ އެކަން ފުލުހަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު