ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުފުލި މޫސުމީ މައްސަލަތައް އިތުރުވަމުން ދިއުމަކީ ހީކުރެވިފައި އޮންނަ ނުރައްކާތަކަށް ވުރެ މާބޮޑެތި ނުރައްކާތަކެއް ވެސް ކުރިމަތިވެދާނެ ކަމެއް ކަމަށާއި މިނުރައްކާތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑެތި ސިޓީތައް ހިމެނޭ ގޮތައް ދުނިޔޭގެ ބޮޑު ބައެއް ސުންނާފަތިވެގެން ދާނެ ފަދަ ރާޅެއް އުފެދިދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފިއެވެ.

ވާޖީނިއާ ޓެކް އިން ކޮށް، ސައިންސް އެޑްވާސް ސްޓަޑީއެއްގެ ގޮތުގައި ޝާޢިއު ކޮށްފައިވާ ދިރާސާ ބުނާ ގޮތުން ބޮޑު ރާޅެއް އަރާ ގުދުރަތީ ބޮޑު މޫސީބާތަކާއި ކުރިމަތިވުން އޮތީ މިހާރު ކަންތައްތައް ވަމުންދާ ގޮތައް ބަލާއިރު މާދުރަކު ނޫނެވެ.

"އަހަރެމެންގެ ދިރާސާ އިން ދައްކާ ގޮތުގައި ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުން. އޭގެ ސަބަބުން ސުނާމީތަކުގެ ނުރައްކާ އެބަ ބޮޑުވޭ. މިއަދު އަރާ ސުނާމީއެއްގެ ސަބަބުން މިދަންނަވާ ވަރުގެ ގެއްލުމެއް ނުލިބިދާނެ. ނަމަވެސް ކަނޑުގެ ލޮނުގަނޑު އުފުލެމުން ދާތީ ކުރިއަށް އޮތްތަނުގައި އަރާ މިފަދަ ސުނާމީއެއްގެ ސަބަބުން އެތައް ސިޓީއެއް ސުންނާފަތިވެގެން ދާނެ." ދިރާސާގައި އިސްކޮށް އުޅުއްވި ރޮބަޓް ވެއިސް ވިދާޅުވިއެވެ.

ވެއިސް އަކީ ސިންގަޕޫރުގެ އާތު އޮބްޒަވޭޓްރީ އާއި ނަންޔަންގް ޓެކްލޮލޮޖިކަލް ޔުނިވަސިޓީ އާއި ނޭޝަނަލް ޓައިވާން ޔުނިވަސިޓީގައި ސުނާމީގެ ކަންކަން ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތެރިވެފައިވާ ބޭފުޅެކެވެ.

އޭނާ ވިދާޅުވީ މިހާރު ބިންހެލުންތައް އައުން ވެސް ވަނީ ކުރިއާއި އަޅާބަލާއިރު އިތުރު ވެފައެވެ. އެހެންކަމުން މިއީ ވެސް ސުނާމީގެ ނުރައްކާ ބޮޑުވަމުންދާ ކަމުގެ ހެއްކެކެވެ.

ދިރާސާ ކުރި މީހުން ވަނީ ކޮމްޕިއުޓާ ސިމިއުލޭޓަރެއް ބޭނުންކޮށް މިހާރު ކަނޑުގެ ލޮނުގަނޑު ހުރި ލެވަލްގައި ސުނާމީއެއް އައުމުން ކުރާނެ އަސަރާއި ތިން ފޫޓަށް ކަނޑުގެ ލޮނުގަނޑު އުފުލިއްޖެނަމަ ދެން އަންނަ ސުނާމީއެއްގެ ސަބަބުން ކުރާ އަސަރު ދިރާސާ ކޮށްފައެވެ.

ނަތީޖާ އިން ދެއްކީ ކަނޑުގެ ލޮނުގަނޑު އެވަރަށް އުފުލިއްޖެނަމަ އައްސޭރިފަށާއި ދުރު ސަރަހައްދުތަކުގަ އޮންނަ ސިޓީތައް ވެސް ސުންނާފަތިވެގެން ދާނެ ކަމަށެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި 21 ވަނަ ގަރުނު ނިމުގެ ކުރިން އެއް ފޫޓުން އަށް ފޫޓަށް ކަނޑުގެ ލޮނުގަނޑު އުފުލޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކައިވެނިބުރުޖު

    އަސްތާ އަހަރެމެންގެ ކައިވެނިބުރުޖުގެބޭނުންވެސް ނުކުރެވޭގޮތްވަނީތޯ ؟

  2. Anonymous
  3. ހުރަސް

    ތިއީ އަންނި ކަހަލަ ސޭކުވެރިން

  4. ޑީޑީ ޖޖޖޖ

    ތިކަން މާ ކުރިން މުސްލިމުން ނަށް އިނގޭ

    • ބޮނަކު

      ހާހާ... ދެން ކަލޭމެން ނުބުނެތިބެނީ ކީއްވެ؟

  5. މީ

    والله أعلم