ކެންސަރަކީ އަދިވެސް އެއަށް ދާއިމީ ފަރުވާއެއް ހޯދިފައި ނުވާ ބައްްޔެކެވެ. ކޮންމެ އަހަރަކު 700،000 މީހުން ކެންސަރުގެ ޝިކާރައަކަށް ވާއިރު އެ ބަލީގައި ކޮންމެ އަހަރަކު 556،400 މީހުން މަރުވެއެވެ.

ކެންސަރު ޖެހިގެން ކޮންމެ އަހަރަކު ފަސް ލައްކައަށް ވުރެއް ގިނަ މީހުން މަރުވާއިރު އެ ބަލިން ރަށްކާތެރިވުމަކީ ކޮންމެ މީހަކުވެސް އެދޭނެ ކަމެކެވެ.

. ސައިންސްވެރިންނާއި ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި ކެންސަރަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ކީމޯތެރެޕީ ހެދުމެވެ. ނަމަވެސް މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން ބައެއް މީހުންނަށް ކީމޯތެރެޕީ ހެދުން ވަނީ ކުރެވޭނެ ވަރުގެ ކަމަކަށް ނުވެފައެެވެ.

އެހެންކަމުން ކެންސަރުން ރަށްކާތެރިވުމަށް އެހެން ގޮތެއް ހޯދުމަށް ސައިންސްވެރިން ކުރި ބުރަ މަސައްކަުގެ ނަތީޖާއަކަށްވީ ކުޑަ ހަރަދަކާއި އެކު ކެންސަރުން ރަށްކާތެރިވެވޭނެ ގޮތެއް ހޯދުމެވެ.

އެގޮތުން އާންމުކޮށް އިންސާނުން ކޮންމެދުވަހަކުވެސް ކެއުމުގައި ބޭނުންކުރާ ބާވަތެއްކަމަށްވާ އިނގުރުގައި އެކުލެވޭ ކުރުކޫމިންގެ ސަބަބުން ކެންސަރު ޖެހުމުން ރަށްކާތެރިކޮށްދޭ ކަމުގައި ސައިންސްވެރިން އިއްތިފާގުވެއެވެ.

އެގޮތުން ކުރުކޫމިންގެ ސަބަބުން ކެންސަރުގެ އަސަރުކޮށްފައިވާ ސެލްތަށް އެއް ސެލް އަނެއް ސެލްއާއި މުއާމަލާތު ކުރުމަށް ހުރަސް އަޅައެވެ. އަދި ކެންސަރު ޖެހިފައިވާ ސެލްތަކުގެ ބާރު ދަށްކޮށް ހަށިގަނޑުގެ ދިފާއީ ނިޒާމުވެސް ކުރުކޫމިންގެ ސަބަބުން ވަރުގަދަކޮށްދޭ ކަމުގައި ސައިންސްވެރިން ބުނެއެވެ.

އަދި ކުރުކޫމިންގައި އެކުލެވޭ އެންޓިއޮކްސިޑެންޓް އަދި އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން ކެންސަރު ޖެހިފައިވާ ސެލްއިން އަނެއް ސެލްއަށް ބަލި ފެތުރުން ހުށްޓުވައެވެ.

އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް އިނގުރުގެ މިންވަރެއް އެބަ ހިމަނަން ޖެހެއެވެ. އެހެނީ އެއީ ކުޑަ ހަރަދަކުން ކެންސަރަކަށް އޮތް " ފައްކާ" ފަރުވާއަކަށް ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢެދުރު

    ހާދަ މުހިއްމު މައުލޫމާތެކޭ، މިކަހަލަ ލިޔުން ގިނަކޮށްދެއްވާ...

  2. ސަލީމު

    ދެއްވި މައުލޫމާތަށް ޝުކުރިއްޔާ