ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާތީ ބޮލީވުޑްގެ ބަތަލް ސަލްމާން ޚާންގެ ދައްތަގެ ފިރިމީހާ އާޔުޝް ޝަރްމާއަށް ބޮޑު އަދަބެއް ލިބިއްޖެއެވެ.

އާޔުޝް މިހާރު ދަނީ ސަލްމާންގެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެ ފިލްމް އަންނަ އޮކްޓޯބަރު މަހު ފަސް ވަނަ ދުވަހު ނެރޭނެއެވެ. އެއީ އޭނާގެ ފުރަތަމަ ފިލްމްކަމަށް ވެއެވެ. އާޔުޝްގެ ފެނިގެންދާ ފިލްމް ނެރުމުގެ ކުރިން މިހާރުން ފެށިގެން އާޔުޝްގެ ވާހަކަތައް ދަނީ ނޫސްތަކުން ޖާގަ ހޯދަމުންނެވެ. އެހެން ނަމަވެސް އެއީ ރަނގަޅު ކަމެއްކޮށްގެން ނޫނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އާޔޫޝްއަށް ބޮޑު އަދަބެއް ލިބިފައި ވަނީ ހެލްމެޓް ނާޅާ ސައިކަލް ދުއްވުމުންނެވެ. އެ މައްސަލާގައި އޭނާ މިހާރު ވަނީ ޖޫރިމަނާވެސްކޮށްފައެވެ. އަޔޫޝްގެ އިތުުރުން، އޭނާގެ ކޯ ސްޓަރ ވަރިނާވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

ގުޖްރާތް ފުލުހުން މި ދެ މީހުންވެސް ޖޫރިމަނާ ކުރިއިރު، އަޔޫޝް ދުއްވި ސައިކަލުގައި އިން ވަރީނާވެސް އިނީ ހެލްމެޓް ނާޅާއެެވެ.

އެކަން ފުލުހުންގެ ސަމާލުކަމަށް އައި ބަޔަކު އެ މަންޒަރު ވީޑިޔޯކޮށް މީސް މީޑިއަށް ލުމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުން ހެލްމެޓް ނާޅާ ސައިކަލް ދުއްވީ އެ މީހުންގެ ފިލްމެއްގެ ޕްރޮމޯޝަން އިވެންޓެއްގެ ތެރެއިން ކަމަށް ވެއެވެ.

މި ދެ މީހުންވެސް ޖީރިމަނާކޮށްފައި ވަނީ 100 ރުޕީސްއަށެވެ. ދެ މީހުންވެސް ޖޫރިމަނާގެ ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ. މި ދެ ތަރިން ފެނިގެންދާ ފިލްމަކީ ސަލްމާންގެ ޕްރޮޑަކްޝަންއެއްކަމަށްވާ "ލަވްރާތްރީ"އެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައިނީ

    ވަރަށް ބޮޑު އަދަބެއް 100 ރުޕީސް މީ

  2. އަހައްމަދު

    ވަރަށް ބޮޑު އަދަބެއްނު؟؟؟