ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ ހޯމަ ދުވަހު ރިލީޒްކުރާ ފިލްމު "ވަކިން ލޯބިން"ގެ އާ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
ކުޅަދާނަ ލަވަކިޔުންތެރިޔާ ފަތޯ އަދި ޝަމްއޫނު މުހައްމަދު (ޝަމްމު) ކިޔައިފައިވާ އެލަވައިގެ ނަމަކީ " ދުނިޔެ ދައުރުވެ" އެވެ.
ވަކިންލޯބިންގެ އައު ލަވަ " ދުނިޔެ ދައުރެވެ" އިން ފެންނަނީ އެފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ޖުލައްޔިލް ނިމާލް (އަޒާން) އަދި މަރިޔަމް މަޖުދާ (ނުހާ)ގެ ދިރިއުޅުމުގެ އުފާވެރި ދުވަސްތަކެވެ. އަދި އެ ދެމެފިރިންނަށް ކުއްޖަކު ލިބޭކަންވެސް އެލަވައިން ހާމަވެއެވެ.
ވަކިން ލޯބިންގެ ގިނަ ލަވަތަކެއް މީގެ ކުރިންވެސް ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ. އޭގެ ތެރޭގައި "ޕަރީ"، "ހިތުގަ ނަށާ ރާނީ" އަދި "ރަކި ހިނިތުން" ހިމެނެއެވެ.
އެންމެ ފަހުގެ ފިލްމު އެވޯޑްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް އުފުލާލި އަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓް ކުރާ އެފިލްމުގެ ޓިކެޓް މިހާރުވެސް އޮލިމްޕަހުން ދަނީ ވިއްކަމުންނެވެ.
Posted by Dark Rain Entertainment on Thursday, March 1, 2018