ފިލިޕީންސްގެ މާކް ކަޑޯވާގައި އޮތް ދަރިފުޅުގެ ކައިވެނި ހަފްލާއެއްގައި ކެންސަރު ޖެހި މަރާއި ހަނގުރާމަ ކުރަމުން ގެންދިޔަ އުމުރުން 65 އަހަރުގެ ޕްޑްރޯ ވިލާރިން ބައިވެރިވެ، ދަރިފުޅަށް އޭނާގެ ހިތުގައި އޮތް ލޯބި ދައްކުވައި ދީފިއެވެ.

ޕެޑްރޯ އެންމެ ކުރިން ފެށިގެން ދެކެމުން އައި ހުވަފެނަކީ އަންހެން ދަރިފުޅުގެ ކައިވެނި ހަފްލާގައި ދަރިފުޅުގެ އަތުގައި ހިފައިގެން ދަނބިދަރިފުޅާއި ހަމައަށް ދަރިފުޅު ގެންގޮސް ދިނުމުގެ ޝަރަފް ހޯދުމެވެ. ދެމަސް ކުރިން އަންހެން ދަރިފުޅު ކައިވެނި ކުރާނެ ތާރީޚް ކަނޑައެޅި އިރު ޕެޑްރޯ އަށް ކެންސަރު ޖެހިފައި ވާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.

ޕެޑްރޯގެ ދަރިފުޅު ބައްޕަ އަށް ބޮސް ދެނީ

ޕެޑްރޯ އޭނާގެ އަންހެން ދަރިފުޅު ޗާލޮޓް ވިލާރިންގެ ކައިވެނި ހަފްލާގައި ބައިވެރިވާން ބޭނުންވި ނަމަވެސް ކޮޅަށް ކުރެވޭނެ ފަދަ ހަކަތައެއް އޭނާގެ ހަށިގަނޑުގައި ނެތެވެ. އެހެންކަމުން ޕެޑްރޯގެ އާއިލާ އިން އެންބިއުލެންސެއް ކުއްޔަށް ހިފާ ނަރުހެއް ވެސް ހަމަޖެއްސިއެވެ. ފުރޮޅުލީ ގޮނޑިއެއްގައި ޕެޑްރޯ ކައިވެނި ހަފްލާގައި ބައިވެރިވާ ގޮތައް ފުރަތަމަ ހަމަޖެއްސި ނަމަވެސް އެކަން ވެސް ކުރެވޭ ގޮތް ނުވީ އޭނާގެ ސިއްހީ ހާލަތު މާދެރަވުމުންނެވެ.

ޕެޑްރޯ އާއި އޭނާގެ ދަނބިދަރިފުޅު

އެންމެފަހުން ޕެޑްރޯ އަންހެން ދަރިފުޅުގެ ކައިވެނި ހަފްލާގައި ބައިވެރިވީ އެނދުމަތީގައި އޮވެއެވެ. ފުރޮޅުލީ އެނދުމަތީގައި އޮވެ ޕެޑްރޯ އޭނާގެ ދަރިފުޅުގެ ކައިވެނި ހަފްލާގައި ބައިވެރިވިތާ ތިން ދުވަސް ފަހުން ޕެޑްރޯ ވަނީ މަރުވެފައެވެ.

ކައިވެނީގެ ހަފްލާގެ ފޮޓޯތައް މީސް މީޑިއާގައި އާންމު ކުރުމާއި އެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ އެފޮޓޯތަކަށް ލިބިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    މާތްﷲ ހެޔޮ ރަހުމަތްލައްވަވާށި އާމީން