މީސް މީޑިއާގައި އެކި ދުވަސްވަރު ޢާންމުވާނީ އެކި ކަންކަމެވެ. އެގޮތުން އެކި ނަންނަމުގައި ތަފާތު އެކި "ޗެލެންޖުތައް" އެ ދުވަސްވަރަކާއި ގުޅޭގޮތައް މީސްމީޑިއާ މަންސަތަކުގައި ދައުރުވާއިރު މިފަދަ ބައެއް ޗެލެންޖުތަކުގެ ސަބަބުން ބައެއް ފަރާތްތަކަށް ގެއްލުންވެސް ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާތައްވެސް ހިނގަމުންދެއެވެ.

"ކިކީ ޗެލެންޖު"ގެ ނަމުގައި މިހާރު މީސްމީޑިއާ ޗެލެންޖެއް ޢާންމުވެފައިވާއިރު މި ޗެލެންޖުގައި ބައިވެރިވާ ފަރާތްތަކުން، ކާރެއްގައި ދުއްވާފައި ދަމުން ކުއްލިއަކަށް ދޮރު ހުޅުވާލުމަށްފަހު މަގު މެދުގައި ހުރެ ނަށަން ޖެހެއެވެ. އަދި އެ ދޮރު ހުޅުވާފައި ބެހެއްޓުމަށްފަހު މަޑު ދުވެލީގައި ދުއްވާފައިދާ އެ ކާރާއި އެއްވަރަކަށް، ހުއްޓާނުލައި ނަށަމުން ދާން ޖެހެއެވެ. މިއީ ކެނެޑާގައި ދާދިފަހުން ރިލީޒްކުރި "ހިޕް ހޮޕް" ލަވަ އަކާއި ގުޅިގެން ޢާންމުވި ޗެލެންޖެއް ކަމަށް ވެއެވެ.

މީސްމީޑިއާގައި މި ޗެލެންޖުގެ ފޯރިގަދަވެ އެކަމުގެ ވާހަކަ ބާރަށް ދެކެވެން ފަށާފައިވާއިރު، މި "ފޯރިގަދަ ޗެލެންޖު"ގައި ދިވެހިންވެސް ބައިވެރިވެ ވީޑިއޯ ޢާންމުކުރަމުންދާ ދިއުން މިހާރު ވަނީ ޢާންމު "ކުޅިވަރަކަށް" ވެފައެވެ. އެފަދަ ބައެއް ވީޑިއޯތައް ކުޅުމަށްފަހު ދިވެހިންގެ ތެރޭގައި މަޤުބޫލު ބައެއް ޕޭޖުތަކުން ޢާންމުކުރަމުންދާއިރު، އެކަމަށް ބައެއް ފަރާތްތަކުން ދަނީ ތަރުޚީބުދީ ތައުރީފުކުރަމުންނެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި މި ޗެލެންޖުގެ ނުރައްކާތެރިކަމަށްޓަކައި އެކަން ހުއްޓުވަމުންދާއިރު، ރާއްޖެފަދަ މަގުމަތީގެ ހާދިސާތައް ގިނަ ޤައުމެއްގައި ކިކީ ޗެލެންޖު ވަނީ ހުއްޓުވަންޖެހޭ ހިސާބަށް އައިސްފައެވެ.

މި ޗެލެންޖު ފުރިހަމަ ކުރުމަށް ކުރަން ޖެހެނީ ޤަވާއިދާ ޚިލާފު، ނުރައްކާތެރި ކަމަކަށްވާއިރު ޗެލެންޖުގައި ބައިވެރިވި ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ނުރައްކާތެރި ހާދިސާތަކާއި ކުރިމަތިވެފައެވެ. ކިކީ ޗެލެންޖުގެ އިތުރުންވެސް ފާއިތުވެދިޔަ އަހަރުތަކުގައި އިންޓަނެޓުގައި ޢާންމުވި ތަފާތު އެކި ޗެލެންޖުތައް، ބައެއް ދިވެހިންގެ ހިތްތަކައި ކުޅެލިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސ

    ކާފަރުން އުޅޭގޮތައް ދިވެހިންއަބަދުވެސްކޮޕީކުރާނެ

  2. ޑިމޮކްރަޓިސްޓް

    ބޭރުގަ ބަޔަކު ފޮޑިއެއް ޖަހައިފިއްޔާ ދިވެހިން ވާނެ އެކަމެއްކުރަން.. މޮޔަވެފަ ތިބޭ ބައެއްތަމީ.. އިންސާނުންގެ ހަމަބުއްދިން ވިސްނަބަލަ.. ދެން ކޮންކަމެއްމީ..

  3. މޯލްޑިވިޔަން

    ތީ ކުފުރުގެ ކަމެށް

  4. ޖޮއްބެ

    ނޫނޭ. އީޔޫ އިން ބުނާގޮތުގައި މިއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ.

  5. ޭއާރު

    ބޮޑިއެއް ލިބުނީމަ ހުންނާނީ ނެށިފަ

  6. Anonymous

    ގިނަ ދިވެހި ތަހުޒީބީ ޒުވާނުންނަކީ ރާމާމަކުނު ފަދަބައެއް

  7. ރާމާ މަކުނު

    ތިބުނީ ތެދެއް! ވަރަށް ގިނަ ދިވެހި ޒުވާނުން އަހަރެން އުޅޭހެން އުޅޭ!