ބޮލީވުޑްގައި މިވަގު އެންމެ ބާރު ސްޕީޑެއްގައި ދެކެވެމުންދާ އެއް ވާހަކައަކީ ބޮލީވުޑްގެ އިތުރުން އިންޓަނޭޝަނަލް ފިލްމްތަކުންވެސް ފެނިގެންގޮސްފައިވާ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯންސްގެ އޮފިޝަލް އެންގޭޖްމެންޓްގެ ވާހަކައެވެ. މިދިޔަ މަހު ޕްރިޔަންކާގެ އުފަންދުވަހު ލަންޑަނުގައި މި ދެ ލޯބިވެރިން އެންގޭޖްވި ނަމަވެސް، އެކަން އޮފިޝަލްކޮށް މިހާރު މިވަނީ އެންގޭޖްމެންޓް ޕާޓީއެއް ބާއްވާފައެވެ.

،މި ޕާޓީއަށް ދެ ފަރާތު އާއިލާގެ އިތުރުން، ބޮލީވުޑާއި ހޮލީވުޑްގެ ގިނަ ފަންނާނުންނަށް ވެސް ދައުވަތު ދީފައި ވެއެވެ. ޑައިރެކްޓަރު ކަރަން ޖޯހަރަށް ވެސް ވަނީ ޕްރިޔަންކާއާއި ނިކްގެ މި އުފާވެރި އެންގޭޖްމެންޓް ޕާޓީގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ. ނަމަވެސް، ކަރަންގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގެ ޝޫޓިންގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދާތީ ކަރަން އަށް ވަނީ މި އުފާވެރިކަމުގައި ބައިވެރިވެވޭ ގޮތް ނުވެފައެވެ.

ޕާޓީގައި ބައިވެރި ނުވެވުނު ނަމަވެސް، ކަރަން ވަނީ އެދެމީހުންނަށް މަރުހަބާ ކިޔާ މާބޮނޑިއެއް ފޮނުވާފައެވެ.

https://www.instagram.com/p/BmofsSKFlSb/?utm_source=ig_embed&utm_campaign=embed_loading_state_control

 

"ދޯސްތާނާ" އާއި "އަގްނީޕަތު" ފަދަ ފިލްމުތަކުގައި މީގެ ކުރިން ޕްރިޔަންކާއާއި ކަރަން އެކުގައި މަސައްކަތް ކޮށްފައި ވީނަމަވެސް، ޕްރިޔަންކާއާއި އެކްޓަރު ޝާހުރުކް ޚާނާ ގާތް ގުޅުމެއް އޮތުމުން ކަރަން ވަނީ ޕްރިޔަންކާއަށް ބައެއް ފިލްމުތަކުން ފުރުސަތު ނުދީފައި ކަމަށްވެސް ބައެއް ރިޕޯޓްތަކުގައި ވެއެވެ.

މިކަމުގެ ސަބަބުން ކަރަން އާއި ޕްރިޔަންކާއި ދެމެދު އޮތް ގުޅުމަށް ކުޑަވަރެއްގެ ހީނަރު ކަމެއް އައިސްފައި ވީ ނަމަވެސް، ދާދިފަހުންވެސް މި ދެމީހުންވަނީ ޕާޓީއެއްގައި އެކުގައި ފޮޓޯ ނަގާފާއެވެ. އަދި ކަރަންގެ 40 ވަނަ އުފަންދުވަހުގެ ޕާޓީއަށް ޕްރިޔަންކާއަށް ދައުވަތު ދިފައިވާއިރު، ކަރަން ވަނީ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑަކަށް ވެސް ޕްރިޔަންކާއަށް ދައުވަތު ދީފައެވެ.

ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ އަހަރުގެ ފެބުރިއަރީ މަހު 14 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ ހޮލީވުޑް ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް" އިންނެވެ.