ދަރިއަކު ލިބުމަކީ ދުނިޔެ މަތީގައި ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތެވެ. ނަަމަވެސް ދަރިއަކު ހޯދަން ވެސް ބައެއް ފަހަރު ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ އެވެ. ދިމާވެފައިވާ ސިއްހީ މައްސަލައެއްގެ ސަބަބުން ދަރިން ނުލިބޭ މީހުންގެ އަދަދަކީ ވެސް މަދު އަދަދެއް ނޫނެވެ.

އެމެރިކަގެ އެރިޒޯނާ އަށް ނިސްބަތްވާ ޕެޓްރީސިއާ އާއި ކިމްބާސީ އަށް ދަރިއަކު ލިބުނީ ދަރިއަކު ހޯދަން މަސައްކަތް ކުރާތާ ހަތަރު އަހަރު ފަހުންނެވެ. އެތައް ފަހަރަކު އެތައް ޓެސްޓެއް ހަދާ އެތައް ބޭހެއް ކޮށްގެންނެވެ. އެހެންކަމުން އެމީހުންނަށް ލިބުނު ފުރަތަމަ ދަރިފުޅާއި އެކު އެއުނދަގޫ ދަތުރު މަތިން ހަނދާން ކުރަން ދެމަފިރިން ބޭނުން ވިއެވެ.

ޕެޓްރީސިއާ އާއި ކިބްބާސީގެ ފުރަތަމަ ދަރިފުޅު ލަންޑަންގެ އުމުރުން ދެވަނަ ހަފްތާގައި ދެމަފިރިން ވަނީ އެމީހުންގެ ފުރަތަމަ ދަރިފުޅުގެ ފުޓޯޝޫޓް ކުރިއަށް ގެންގޮސްފައެވެ. ފޮޓޯޝޫޓް ކުރިއަށް ގެންދިޔައީ ވަރަށް ތަފާތު ގޮތަކަށެވެ.

ދަރިއަކު ހޯދަން ކުރި މަސައްކަތުގައި ޖެހި އިންޖެކްޝަންތައް މަތިން ހަނދަންކޮށް އެމީހުންގެ ދަރިފުޅުގެ ވަށައިގެން ސިލިންޖްތަކެއް އެތުރުމަށް ފަހު ނެތި ފޮޓޯ މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. ބައިލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ފޭސްބުކް އިން އެފޮޓޯ ޝެއާ ކޮށްފައެވެ.

 

https://www.facebook.com/packerfamilyphotography/posts/1168360729986286

ޕެޓްރީސިއާ އާއި ކިބްބާސީ އަށް ދަރިއަކު ލިބުނީ ހަތަރު ފަހަރު ބައިގެން ދިޔަ ފަހުންނެވެ. ދެމަފިރިން އެމީހުންގެ އަންހެން ދަރިފުޅަށް މަރުހަބާ ކިޔާފައި ވަނީ މިމަހުގެ 03 ވަނަ ދުވަހު އެވެ.

ދެމަފިރިން އުއްމީދު ކުރަނީ އެމީހުންގެ ދަރިފުޅުގެ ފޮޓޯގެ ސަބަބުން މިފަދަ ކަމެއް ތަހައްމަލް ކުރަމުން ގެންދާ މީހުންނަށް ހިތްވަރު ލިބޭނެ ކަމަށެވެ.