އުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ހަށިގަނޑުގެ ވަރު ދޫވެ ކަށިތަށް ފީވުމުގެ މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ. ނަމަވެސް ޤަވާއިދުން ކަސްރަތުކޮށް ސިއްހީ ގޮތުން ފައިދާ ހުރި ކާނާ ކައިގެން އުޅޭ މީހުންނަށް އުމުރުން ދުވަސް ވުމުންވެސް ޒުވާން އުމުރުގައި ކުރެވުނު ބައެއް ކަންކަން ކުރެވުމުގެ ޤާބިލްކަން ލިބިފައިވެއެވެ.

އެގޮތުން އުމުރުން 102 އަހަރުގެ އިދާ ކީލިންގް އަކީ ފާހަގަކޮށްލެވޭ އަންހެނެކެވެ. ޒުވާން އުމުރުގައި ދުނިޔޭގެ ފެންވަރުގެ ރެކޯޑްތަށް ހޯދައިފައިވާ ދުވުންތެރިޔެއްކަމަށްވާ އިދާއަކީ އަދިވެސް ދުވުމުގެ ދާއިރާގައި ރެކޯޑްތަށް މުގުރަމުން އަންނަ ދުވުންތެރިއެކެވެ.

އެގޮތުން ދާދި ފަހުން އިދާ ވަނީ 100-104 އަހަރުގެ އުމުރު ފުރާއިން 100 މީޓަރު ފުރިހަމަ ކުރި ފުރަތަމަ އަންހެން މީހާގެ ޝަރަފު ހޯދައިފައެވެ. މިއާއެކު ދުނިޔޭގެ ރެކޯޑް ފޮތުން އިދާއަށް ވަނީ ޖާގައެއް ލިބިފައެވެ.

އީދާ ބުނެފައިވާ ގޮތުން އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ބަރާބަރަށް ކަސްތަރު ކުރުމާއި ދުޅަހެޔޮ ކާނާ ކެއުމުގެ އިތުރުން ގަވައިދުން ޑަކްޓަރުންގެ ލަފާ ހޯދުން ކަމުގައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 2 ނުވަތަ 3 ގަޑި އިރު ކަސްރަތު ކުރުމުގައި ހޭދަކުރާ ކަމަށާއި އަދި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުގައި އިސްކަން ދޭ ކަމަށެވެ. މިގޮތުން ބައެއް ކަހަލަގެ ތަރުކާރީއާއި މޭވާ ކެއުމާއި ތެޔޮ ހިމެނޭ އެއްޗެހި ކެއުން މަދު ކުރުން ހިމެނެއެވެ. އަދި އަބަދުވެސް ހަށިގަނޑު ސާފުކަންމަތީ ބެހެއްޓުމަށް ހާއްސަ އިންކަމެއްދޭ ކަމުގައިވެސް އިދާ ވަނީ ބުނެފައެވެ.

އިދާ ކީލިންގް ދުވުމުގެ ދާއިރާއަށް ނުކުރީ އޭނާގެ އުމުރުން 20 އަހަރުގައެވެ. ނަމަވެސް އުމުރުން 60 އަހަރުގައި އިދާގެ ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ދުވުމާއި ދުރުގައި 2 އަހަރު ހޭދަކުރަން ޖެހުނެވެ.

އީދާ ބުނި ގޮތުގައި ހިތްވަރާއި އެކު މަސައްކަތްކޮށްފިނަމަ ކޮންމެ ކަމަކީވެސް ވާނެ ކަމަކެވެ. އަދި އެއީ އުމުރަކުން ކުރާނެ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު