ކޮމެޑީ ސީރީސްއެއްކަމަށް "ބާބީޖީ ގަރް ޕަރް ހައި" އިން ފެނިގެންދިޔަ އިންޑިއާގެ ޓެލެވިޒަން އެކްޓްރެސް ސައުމްޔާ ޓަންޑަން އެ ސީރީސް ދޫކޮށްލުމުން ގިނަބަޔަކު އެކަމާއި ހިތާމަ ކުރިއެވެ. އަދި އެ ވާހަކަތަކަކީ ދޮގެއް ކަމަށް ގިނަ ބަޔަކު ބުންޏެވެ. ދައްކަން މިއުޅެނީ ސައުމްޔާ އެ ސީރީސް ކުޅުން ހުއްޓާލި ވާހަކައެއް ނޫނެވެ.

ދައްކަން މި އުޅެނީ ދާދިފަހުން ސައުމްޔާ ގެއަށް އޭނާއާ ބައްދަލުކުރަންދިޔަ އޭނާގެ ފޭނެެއްގެ ވާހަކައެވެ. މުމްބާއީގައި ހުންނަ ސައުމްޔާގެ ގެއަށް ބޯޕަލް ނަމަކަށް ކިޔާ އެ ފޭންގޮސް އުޅުނީ، ސައުމްޔާ އޭނާއާ ބައްދަލުނުކޮށްފިނަމަ އަމިއްލަ ނަފްސަށް ގެއްލުން ދޭށެވެ.

އެހެންވެ ސައުމްޔާ ބޯޕަލްއާ ބައްދަލުކުރިއެވެ. އަދި އޭނާއާ ވަރަށް ވާހަކަދެއްކި ކަމަށް ވެއެވެ. އަދި އޭނާ އެނބުރި ގެއަށްދިޔަތޯ ބެލުމަށްވެސް ސައުމްޔާ، ބޯޕަލްގެ މައިންބަފައިންނަށް ގުޅިކަމަށްވެސް ވެއެވެ.

ސައުމްޔާ ބުނީ، އެ މީހާ އޭނާއަށާއި، އޭނާގެ ބޮޑީގާޑް އަދި ފިރިމިހާ ކައިރިންވެސް އެދުނީ އޭނާއާ ވާހަކަދައްކަން ބޭނުންވާ ކަމަށެވެ. އަދި އެ ޒުވާނާއަަށް އެ ފުރުސަތު ނުދީފިނަމަ އަމިއްލަ ނަފްސަށް ގެއްލުން ދޭނެކަމަށެވެ.

"އޭނާ އަހަރެން ދިރިއުޅޭ އެޕާޓްމެންޓަށް އައީ އިރުއޮއްސި 6:00 ޖެހިއިރު، އޭނާ އެނބުރި ގެއަށް ދިޔައީ އެރޭ 8:00 ޖެހިއިރު. އަހަންނަށް އޭނާއާ އެކަނި ބައްދަލުކުރަން ބޭނުންނުވެފައި ހުރީ، އެހެންވެ ފިރިމީހާ އައުމުން، އެ ޒުވާނާއާ ވާހަކަދައްކަން އިނދެފައި އަހަރެން އޭނާ ގެއަށް ފޮނުވާލީ ކާންވެސް ދީފައި". ސައުމްޔާ ބުންޏެވެ.

ސައުމްޔާ ބުނީ، އޭނާގެ ނަމްބަރު އެ މީހުން ހޯދަނީ ކިހިނެއްކަން ނޭގޭއިރު، އޭނާގެ ގެއަށް އައިސް އެފަދަ ގޮތަކަށް ކަންތައް ކުރުމުން ވަރަށް އެހެން ކަހަލަ އިހުސާސުތަކެއް ކުރެވޭ ކަމަށެވެ. އަދި އަހަރެންގެ މަސައްކަތަށް އެ މީހުން ދެމުންގެންދާ ސަޕޯޓް ފާހަގަކުރާކަމަށްވެސް ސައުމްޔާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު