ކުޑަކުދިންނަކީ ވަރަށް ބޮޑަށް އަޅާލުން ބޭނުންވާ ބައެކެެވެ. އެ ކުދިންކޮށްފާނެ ކަމަކުން އަބަދުވެސް ފާރަވެރިވެގެން ތިބެން ޖެހެއެވެ. ދާދިފަހުން ޗައިނާ އަވަށުގެ ކުޑަކުއްޖަކު މިވަނީ އެކަނި ގޭގައި އުޅުނު ވަގުތެއްގައި އަށް ވަނަ ބުރިން ފުންމާލަން އުޅެފައެވެ.

އުމުރުން ހަތް އަހަރުގެ އެ ކުއްޖާ އެކަނި ދޫކޮށްލާފައި އޭނާގެ މަންމަ އާއްމުކޮށް ތަންތަނަށް ނުދެއެވެ. ނަމަވެސް އެ ދުވަހު އޭނާ ދިޔައީ، އޭނާ ނިދާފައި އޮތުމުން ގޮވާލަން ބޭނުން ނުވެގެންނެވެ. އެ އަންހެން މީހާ ދިޔައީ އޭނާގެ އަންހެން ދަރިފުޅު ސްކޫލަށް ގެންދިޔުމަށެވެ.

އެ އަންހެން މީހާ އުއްމީދުކޮށްގެން ހުރީ އޭނާ އަންނަންވާއިރަށް ވެސް އޭނާގެ ފިރިހެން ދަރިފުޅު ނުހޭލާނެ ކަމަށެވެ. އެހެން ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. އޭނާ ގެއަށް އައިއިރު، ދަރިފުޅު އެދުގައި ނެތެވެ. ހޯދަމުންދަނިކޮށް ފެނުނީ އެޕާޓްމެންޓްގެ ބެލްކަނީން ބޭރުގެ ކޮރިޑޯގައި އެލިގަނެގެން އޮތްތަނެވެ.

އެ އަންހެން މީހާއަށް ހަދާނެ ގޮތެއް ނޭނގުމުން ފަޔާ އެންޑް ރެސްކިއުއަށާއި، އެ ކުއްޖާގެ ބައްޕައަށް ގުޅިއެވެ. ފަޔަރ ޓީމަށް އެގެއަށް އައުމުން ކުރިން އެ ކުއްޖާގެ ބައްޕައަށް އެގެއަށް އާދެވުނެވެ. އަދި އެ ކުއްޖާ ސަލާމަތް ކުރުމަށް އެ ފިރިހެން މީހާ ވަނީ އޭނާގެ ފުރާނަވެސް ނުރައްކާގެ ތެރެއަށް ވައްޓާލުމަށްފަހު ދަރިފުޅު ސަލާމަތްކޮށްފައެވެ.

މި މަހުގެ 15 ވަަނަ ދުވަހު ހިނގި އެ ހާދިސާއަށްފަހު އެ އަންހެން މީހާއަށް އެދުނީ، ކުޑަކުދިން ތަންތަނަށް އެކަނި ދޫކޮށްފައި ނުދިޔުމަށެވެ.

އެ ކުއްޖާ އަށްވަނަ ބުރިން ފުންމާލަން އުޅުނީ ގެއަށް މީހަކަށް ވަންނަން އުޅުނު އަޑު އިވިގެން އެކަމާއި ބިރުންނެވެ.

ކިޔުންތެރިންގެ ހިޔާލު