އެމްޑީޕީގެ ރިޔާސީ ކެންޑިިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިހް (އިބޫ) ބޭނުންކުރާ ސެންޓަކީ އަމުއާޖްގެ އޯޕޮސް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަމުއާޖްގެ އޯޕޮސްފުޅީގެ އަގަކީ 480 ޑޮލަރު (7400 ދިވެހި ރުފިޔާ) އެވެ.

އިބޫ ވިދާޅުވީ އާންމުކޮށް އޭނާ ބޭނުންކުރާ ސެންޓަކީ އަމުއާޖްގެ އޯޕޮސް ކަމަށެވެ. މިބްރޭންޑުގެ 100 މިލިލީޓަރުގެ ސެންޓުފުޅިއެއް އެމޭޒން ގައި ލިބެން ހުރީ 480 ޑޮލަރަށެވެ. ބާޒާރުގައި މީގެ އަގަކީ ދިވެހި ރުފިޔާއިން ނަމަ ގާތްގަނޑަކަށް 7500 ރުފިޔާ އެވެ.

އޮމާންގެ ޝާހީ އާއިލާގެ ސެންޓް ވިއްކާ "ހައުސް އޮފް އަމުއާޖް" އަކީ ދުނިޔޭގެ ވެސް އެންމެ ލަގްޒަރީ ޕާރފިއުމް އުފައްދާ މަޝްހޫރު އެއް ބްރޭންޑެވެ. ހައުސް އޮފް އަމުއާޖް އަކީ ސުލްތާން ޤަބޫސް ބިން ސައީދުގެ އެދުމުގެ މަތިން 1983 ން ފެށިގެން ސެންޓް އުފައްދަމުން އަންނަ ބްރޭޑެކެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ލިބޭ މުސާރައިގެ އިތުރުން އިތުރު މުސާރައެއް އިބޫ އަށް ލިބޭކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް އިބޫގެ ބަފައިބެ އަކީ މަޝްހޫރު ވިޔަފާރިވެރިއެކެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމްގައި ދައްކަވަމުން އިބޫ ވިދާޅުވީ އަމުއާޖް ބްރޭންޑްގްގެ ސެންޓް ތައާރަފްކުރި ފަހުން ބޭނުން ކުރައްވަނީ އެ ސެންޓް ކަމަށެވެ. މީހަކު ހަދިޔާއަކަށް ސެންޓު ފުޅިއެއް ދޭނަމަ ދެއްވަން ވާނީ އަމުއާޖް ބްރޭންޑްގެ ސެންޓުފުޅިއެއްތޯ އެއްސެވުމުން ހިނިތުންވުމާއެކު އިބޫ ވިދާޅުވީ އެއީ އެބޭފުޅެއްގެ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. އަތަރު ދައިތަ

    ދެން އެހެން މީހުން ޖަހާ ސެންޓު އަގު ވެސް އިގުނީމަތާ ދޯ އިގޭނީ އަޅާ ކިޔަން

  2. ޙަމޭ

    ތިވަރު މަދު

  3. ޑިމޮކްރަޓިސްޓް

    ފޮނިވެސް *އެކޭދޯ.. ކަލޭގެ މުއްސަނދިކަން އިޝްތިހާރުކުރަން ސިހުރުޖެހިފަތިބި ބައިގަނޑު ކައިރިއަށްދޭ..

  4. އައްޔަބެ

    އޭނަ އާމްދަނީ ހޯދަނީ ރިޝްވަތާއި ކޮރަޕްޝަނަކުން ނޫން އެހެންވީމަ މަށަށް ކޮންކަމެއް

  5. ޢަބުދުﷲ

    ތިޔަވަރުގެ އަބޫތް މީހަކު ތިބުނަނީ ރައްޔިތުނައް ހެޔޮވެރިކަމެއްކުރާށޯ މިއުޅެނީ؟

  6. Anonymous

    ކޮބާ މައްސަލައަކީ

  7. Anonymous

    މީނަ ކޮންމެ ވައްތަރެއްގެ ސެންޓެއް ޖެހިއްޔާ އަހަރުމެން ރައްޔިތުންނަށް ކޮންކަމެއްތަ؟؟،ޖަހާ ސެންޓެއްގެ ފެންވަރަށް ބަލާފަވެސް މީހުން ވޯޓު ދޭނެކަމައްތާ؟؟ މާމޮޅު ބުރޭންްޑެއްކަމަށް ހަދަން އމުއާޖު އޯޕްސް. 480 ޑޮލަރގެ އަގޭ ކިޔަެގެން ތައާރަފު ކުރަނީ، 1000ޑޮލަރަށްވެސް އެރާނަމަ ހީވާނެ ތަންކޮޅެއް ފެންވަރު ރަނގަޅު ސެންޓެއްހެންވެސް

  8. ނުޒުފާ

    ފަންޑްރެއިޒިންގ އިވެންޓްތައް ބައިވަރު. ރައްޔިތުން އަނގަޔާ އަތާ ދިމާނުވެ، އެހީއަށް އެދި އެދި ތިއްބާ މީނާ ފޮނި މިކަނޑަނީ އަގުބޮޑު ސެންޓްޖަހާކަމަށް. އެމްޑީޕީއަށް ހަމަ ޕާރޓީއާ ގުޅޭކަހަލަ ކެންޑިޑޭޓެއް ލިބިފަ މިހިރީ!

    • ހަމްރާ

      ސަރުކާރަށް އިބޫ އަށްވުރެ ގިނަ ފައިސާ ލިބޭ . ދެން ކީއްވެ ތިބުނާ މީހުން ހެލްތު ބިލު ދައްކަން ސަލާން ޖަހަންވީ ?

    • ޒަމީރު

      ފަންޑުފޮށި ކިޔަން އަނގަ ނުހުޅުވާ... ފޭސް ބުކް ބަލާބަލަ ހާލުގަ ޖެހިގެން ބަލިވެގެން މީހުން އެހީއަށް އެދޭވަރު... އެކަކު އެކަނި ކުރާ މަސައްކަތުން ސެންޓު ފުޅިއެއް ގަތުމާ ދައުލަތުން ހަރަދުކޮށްގެން ބުރިޖުގަ ކައިވެންޏަށް ހަރަދުކުރުމާ ހާސް ތަފާތު. އަޅެ އެކައިގެންޏަށް ކުރާ ހަރަދު ހުއްޓާލާފަ އިންސާނިއްޔަތަށް އެހީއެއް ވިއްޔާ މާ ތާހިރުވާނެ... ބޯހަލާކު

  9. 78މ

    ކޮބާ މައްސަލައެއް.... ރައްޔިތުންގެ ލާރިން ގަތީތަ؟؟ ރައްޔިތުންގެ ލާރިން ގަނެފަ މީހަކު ދިނީތަ؟؟؟ އިބޫއަކީ ވިޔަފާރި ވެރިއެއް...

  10. ފޫހި

    މީދެން ކޮން ވާހަކައެއް.އެހެން މީހުންވެސް ތިއަށްވުރެ އަގުބޮޑު ސެންޓް ޖަހާނެ.

  11. ސާސާ

    ދެން ކޮބާތޯ މައްސަލައަކީ

  12. ފާތިމާ

    ދެން ތިވަރުގެ މީހަކު ވެރިކަަށް ގެންނަން ވާނެތަ. ޥެރިކަަށް އޮޅިގެން ވެސްއައިސިއްޔާ ދެން ޖަހަން ބޭނުން ވާނީ200000 ރުފިޔާ އަށް ދޭއެތީގެ ސެންޓުތޯޗެ އެއްފަހަރުން ރައްޔެތުން ބަނޑައްޖާއްސާލާނެ ކޮއްކޮނެންނޭ އިބޫއަށް ވޯޓު ދިނުމާމެދު ވިސްނާތި??

  13. ޢަލީ ހަމީދު

    މިހިރަގެން އެނގެމުންދަނީ.. ޔަގީން މި ގައުމު ލޫޓުވާލާނެކަން..

  14. ވިލްސަން

    މިޒަމާނުގަ 15000ރުފިޔާ މުސާރައިގެ ގޮތުގަ ލިބޭ މީހުންވެސް ޖަހަނީ އަގުބޮޑު އޮރިޖިނަލް ސެންޓު.. އެހެންވީމަ ތިއީ މީހަކު ހައިރާން ވާން ޖެހޭ ވަރު ކަމެއް ނޫން

  15. Anonymous

    އަހަރުންގެ ރައީސް ޖައްސަވަނީ ބޮޑީ ސުޕްރޭ އެވެސް ފޮގް ބްރޭންޑު.

  16. އަލީ

    މީނަގެ މުއްސަދިކަން މީހުންނަށް އަންގަނީތަ؟

  17. ދަވާލާ

    ދެން ކިހިނެއްވާނީ މިފެންވަރުގެ މީހުން ރާއްޖޭގެ ވެރިކަމާއި ހަވާލު ވެއްޖެނަމަ ރާއްޖެ ދަވާލާނެ ނޫންތޭ އެއްގޮތަކަށް ވެސް ހިންނަވަރޭ އަށް ވޯޓް އެއް ދީގެން ނުވާނެއެވެ. ޖަހާ ސެންޓްގެ އަގު އެހާ ބޮޑު ނަމަ ދެން ރާއްޖޭގެ ޚަޒާނާ މިމެން ދަވާލާނެއެވެ.

  18. ?

    ދެންކޮބާތަމައްސަލައަކީ.

  19. ސަމީރު

    ވަގުތުގެ ވެރިން ތާއީދު ކުރައްވާ ބޭފުޅެއްގެ ފަތިފުށުގެ ވާހަކަ ދައްކަންވީމައި ދެއްކެން އިންނާނީ ހުސް ދީނާއި ދުރުވާހަކަ. އެހރންކަމުން އިބޫގެ އަގުވައްޓާލުމަށްޓަކައި ވަގުތުން ހިންގާ ނާތަހުޒީބު ކެމްޕޭނެއް މީ!

  20. ރާފު

    ހިމޭން ދުނިޔޭގެ ހަގީގަތްތައް މަޑުމަޑުން ކަޝްފު ވަނީ.

  21. ރަފިއްޔާ

    ދެން މިވަރުގެ މީހަކަށް ކިހިނެއް ރައްޔިތުންގެ ޙާލު އިނގޭނީ؟ 7400 ރުފިޔާގެ ސެންޓް ޖަހާކަމަށް ފޮނިކަނޑާއިރު، މީނައަކަށް ނޭނގެނީތަ ގިނަ މީހުންގެ މުސާރައަށް 7400 ރުފިޔާ ނުލިބޭކަން؟

  22. ޏެސް

    ޢަހރެން ޖަހަނީ 200 ޑޮލަރުގެ ފުޅިޔަކުން.

  23. ހުސޭނުބޭ

    ވަރިހަމައެއްނު 100000 ރުފިޔާގެ އަގުހުރި ސެންޓެއްޖެހިނަމަވެސް............... އެކަމަކު އަގުބޮޑު ސެންޓުޖަހައިގެން ބަޖެޓަށް ވޯޓުނުދީ މަގުމަތީ ކުރުކާލިކަނޑަންވިއްޔާ ތި ދުވެނަގަނީ!

  24. އައިޝާ

    މިއޮއްފަދަ ހައްޖު ދުވަހު ވެސް ރޯދަ އަށް ތިބެގެން ލިޔަން ތިއައްވުރެ މޮޅު ވާހަކަ އެއް ވަގުތައް ހަމަ ނޭގުނީތަ؟

  25. ޤައުމު

    ވެރިކަން ލިބިއްޖެނަމަ ދެން ތިޔަ ސެންޓް ގަންނާނީ ރައްޔިތުންގެ ބައިތުލްމާލްއިންކަން ޔަގީން. ތިހާ ފޮނިމީހަކަށް ވެރިކަން ހަވާލު ކުރުން ރަނގަޅެއްނޫން.

  26. އަސްލު އަގު

    ޢެސެންޓް ލިބޭނެ 200 ޑޮލަރަށް. ކޮންތާކުން އަގުބަލާފަ އެވަރުބޮޑުކޮށްލީ.

  27. ފަގީރު ކޮއެ

    ބަލަގަ މަމެން ޖަހާ ސެންޓުގެ އަގު ތަމެންނައް އިނގޭތަ؟
    މަމެން ޖަހާ ސެންޓުގެ އަގަކީ ބަރާބަރު 8000 ދިވެހި ރުފިޔާ،،،، ދެން މަމެން މިހާވަރު ކުރާއިރު އިބޫ އެ ޖަހާ ސެންޓުގެ އަގު ކުޑަ....
    ތަމެންނައް އިނގޭތަ އިބޫ އަކީ 25 އަހަރު މަޖިލީހުގަ އުޅެފަ ހުރި މީހެއްކަން .... ތަނަކުން ވަގައް ނަގައިގެން ގަންނަ އެއްޗެއް ނޫނޭ....
    މިހާރު މިއުޅޭ ވަގުންނައް ހީވާނެ އެންމެންނަކީ ވެސް ވަގުންނޭ.... ބަލަ މަމެން ސެންޓު ގަންނަނީ މަސް ވިއްކައިގެން ހޯދާ ހަލާލު ފައިސާއިން... އެބުނާ ގޯނީގަ އުފުލި ފައިސާ އެއްނޫން އިނގޭތޯ.....

  28. އިންސާފު

    ވަގުންނަށް ހީވާނެ އެންމެންނަކީ ވެސް ވަގުންނޭ އެކަމަކު މަށަށް އިނގެނީ އިބޫ އަކީ ވަގެށް ނޫންކަން ޔާމީނަށް ހީވާނެ ދިވެހި ރަށްޔިތުން ނަކީ ވެސް ވަގުންނޭ

  29. އެކޮޅުގޭ މުޙައްމަދު

    ތިކަލޭގެ ރާއްޖޭގެ ވެރިކަމަށް ހޮވިއްޖެނަމަ ޖަހާނީ 5000ޑޮލަރަށް ލިބޭ ސެންޓް އޭރުން ހަފުތާއަކު ސެންޓް ފުޅިއެއް ދެން ދައުލަތުގެ ހަޒާނާގައި އޮންނާނީ ކޯއްޗެއް މަހީކޮށްގެން ހުރީ އަހަރުމެން ކަހަލަ އާދައިގެ މީހެއްކަމަށް މުޙައްމަދު ނަޝީދު ކަހަލަ މަވާ ސަލާމް