މޫނުގައި އުނގުޅާ ކްރީމެއް ރެކޯޑް މިންވަރަކަށް ވިއްކެމުން އަންނާތީ މީޑިއާތަކުގެ ސަމާލުކަން ހޯދައިފިއެވެ.

"އެލިޒަބަތު އާޑެން 8 އަވާ ސްކިޕް ޕްރޮޓެކްޓަންޓް" ނަމަކަށް ކިޔާ މިކްރީމް މިހާރު ވަނީ މިނެޓެއް ތެރޭގައި އެންމެ ގިނައިން ވިކުނު އުފެއްދުމުގެ ރެކޯޑް ހަދާފައެވެ. އެއީ މިނެޓެއް ތެރޭގައި 28 މިލިއަން ޑޮލަރުގެ އުފެއްދުން ވިއްކައިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ހަންގަނޑު ހިކިފައި ހުންނަ އިރު ބޭނުން ކުރަން ހާއްސަ އުފެއްދުމެކެވެ. މޫނުގެ ރީތި ކަމާއި ޗާލު ކަން އިތުރު ކޮށްދޭ ކަމަށް ބުނާ މިއުފެއްދުން އެމޭޒަން އިން 22 އެމެރިކާ ޑޮލަރަށް ލިބެން އެބަހުއްޓެވެ.

"މިއީ ގިނަ އެވޯޑްތަކެއް ހޯދާފައިވާ އުފެއްދުމެއް. ހަނގަނޑު ރީތިކޮށްދީ، ނުރަނގަޅު ދޯދިތަކުން ހަންގަނޑު ސަލާމަތް ކޮށްދޭނެ އުފެއްދުމަކަށް މިއުފެއްދުން ވާނެ." އެލިޒަބަތު އާޑެންގެ ވެބްސައިޓްގައި ވެއެވެ.

ގުދުރަތީ ތަކެތި ބޭނުން ކޮށްގެން އުފައްދާފައިވާ މިކްރީމްގެ ފުރަތަމަ އުފެއްދުން ބާޒާރަށް ނެރެފައި ވަނީ މީގެ 88 އަހަރު ކުރިންނެވެ. އޭގެ ފަހުން ތަފާތު ބަދަލުތައް ގެނެސް މިހާރު ވަނީ ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައެވެ.

މިއުފެއްދުން ބޭނުން ކުރަމުން އަންނަ މީހުންގެ ތެރޭގައި މަޝްހޫރު އެތައް ފަންނާނުންނަކާއި އެތައް ބޭފުޅުންނެއް ހިމެނެއެވެ. މިއުފެއްދުން ބޭނުންކުރާ މީހުންގެ ތެރޭގައި ޕްރިންސް ހެރީ ވެސް ހިމެނެއެވެ.

މިއުފެއްދުން އެމޭޒަން އިން ބައްލަވައިގަންނަން ބޭނުންފުޅުވާނަމަ މިލިންކަށް ފިއްތަވާލައްވާ 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިއެގްރާ އަކީވެސް ހިތުގެ ބަލިމީހުންނަށް ދޭން އުފެއްދި ބޭހެއް! ވިއެގްރާ ބޭސް ރެކޯޑް މިންވަރަކަށް ބަނޑުކޭމަކަށް ބޭނުންކުރަން ފެށުމުން އެނގުނީ ވިއެގްރާ ބޭނުންކުރަނީ އެހެން ބޭނުމެއްގައިކަން. ވީމާ ތި ބޭހުގެ އެހެން ބޭނުމެއް ކުރޭތޯ ބަލައިލުން ބުއްދިވެރި.