މާދަމާއަކީ މި އަހަރުގެ އަޟްހާ އީދު ދުވަހަށް ވުމާއެކު، ފިލްމީ ފަންނާނުންނާއި ލަވަކިޔުންތެރިން މިހާރު ދަނީ އަތޮޅު ތަކަށާއި ރާއްޖޭން ބޭރުގެ އެކި ގައުމު ތަކުގައިވެސް ޝޯ ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.

މިފަދަ އެއް ފަންނާނަކީ ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ "ޑިމާންޑިން" އެއް ތަރިކަމުގައިވާ، ދިވެހި ފިލްމު "ހައްދު" އަދި "ބޮސް" ގެ ވެސް ލީޑް އެކްޓްރެސް މަރިޔަމް އައްޒައެވެ.

އައްޒަގެ އީދު ޝޯތަކުގެ ޝެޑިއުލް އޮތް ގޮތް "ވަގުތު"އާ ހިއްސާ ކުރަމުން ބުނެފައިވަނީ ޝޯ ދިނުމަށް އަތޮޅު ތަކަށް ދާން، މާލޭން ފުރަން ހަމަޖެހިފައިވަނީ މާދަމާ ކަމުގައެވެ.

Image may contain: 1 person, sitting and outdoor

އައްޒަ ބުނީ އީދުގެ ފުރަތަމަ ޝޯ އޮތީ ކ.ކާށިދޫގައި ކަމަށާއި ދެވަނަ ޝޯއަށް ދިޔުމަށް ހަމަޖެހިފައިވަނީ ރ.ދުވާފަރަށް ކަމަށެވެ. އަދި އޭގެ ފަހުން ނ.ވެލިދޫގައި ޝޯ ދިނުމަށް ނިންމާފައިވާ ކަމަށާއި އިތުރު ރަށްތަކަށް ދިޔުމަށްވެސް ވާހަކަ ދެކެވެމުންދާ ކަމުގައެވެ.

އެހެން އަހަރުތަކުގައި އީދުގައިވެސް މިފަހަރުގެ އީދުގައި ދާ ރަށްތަކަށް ގޮސްފައިވާނެތޯ ކުރި ސުވާލަށް ޖަވާބު ދެމުން އައްޒާ ބުނީ، މީގެ ކުރިންވެސް ވެލިދޫގައި ޝޯއެއް ދީފައި ވާނެ ކަމަށެވެ.

Image may contain: 3 people, people standing and shoes

"ވަރަށް ބައިވަރު ރަށްރަށުން ގުޅާ. ދެން އެއް އަތޮޅާއި އަނެއް އަތޮޅު ދުރުކަމުން ދަތުރުފަތުރުގެ ކަންކަން ފަސޭހަކޮށް ކުރެވޭނެ ގޮތަކަށް އިންތިޒާމް ކުރެވިފައި ވާނީ" މަޝްހޫރް ފިލްމީ ތަރި އައްޒަގެ އީދު ޝޯތައް އެކިއެކި އަތޮޅުތަކުގައި ހުރުމުން ދަތުރުފަތުރުގެ ކަންކަން އޮތްގޮތް ވެސް އޭނާ ވަނީ ކިޔައިދީފައެވެ.

ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ބިރުވެރި ފިލްމު "4426" އިންވެސް ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ އައްޒަގެ ފިލްމީ ޝެޑިއުލެކޭ އެއްގޮތަށް އީދު ޝެޑިއުލްވެސް ވަރަށް ފުލްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑރ

    މުއާ އާއި ގުޅުން ފަހުން އައްޒަ މަތިންވެސް ފޫހި ވެއްޖެ.

  2. ނަހުލާ

    މިއޮތް މާތް ދުވަހުގަ ވެސް އުޅޭ ވައްތަރު

    • ނޭގޭ

      ނާޗަރަންގީ ކުޅެގެންވެސް ފައިސާ ހޯދޭތޫ އެބަލަނީ