މި އަޟްހާ އީދު ދުވަހާއި މުނާސަބަތު ދުވަސްތަކުގަައި ވަރަށް ފުރިހަމަ އެންޓަޓެއިންމެންޓް ޝޯވތަކާއި ދިވެހި ފިލްމްތައް ބެލުންތެރިންނަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފަހުގެ ފަސް ފިލްމެއް މި ހަފްތާ ތެރޭގައި އައިސް ޓީވީ އިން ބެލުންތެރިންނަށް ގެނެސްދެނީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ހެޔޮއެދުންތަކާއި އެކުއެވެ.

ނިމިދިޔަ ރޯދަ މަހު އައިސް ޓީވީއިން ގެނެސްދިން ޑާކް ރެއިން އެންޓަޓެއިންމެންޓް ގެ “ހުޅުދާން” މިރޭ ރޭ 22:00ގައި އަލުން ބެލުންތެރިން ބަލާލުމަށް ފުރުސަތުދޭއިރު، އައިޝަތު ރިޝްމީ އާއި މުހައްމަދު މަނިކުގެ ތައުރީފް ލިބިގެންދިޔަ އެކްޓިންގ ފެނިގެންދާ ރަވީ ފާރޫގު ޑައިރެކްޓްކޮށްފައިވާ “މި ކޮއެ ބައްޕަ ބައޭ ބައޭ” އޮގަސްޓް 22 ވާ ބުދަ ދުވަހުގެ ރޭ 22:30 ގައި ގެނެސްދޭނެއެވެ.

އަދި ނިމިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމްކަމަށް ޖުމައްޔިލް ނިމާލް އަދި މަރިއަމް އައްޒަ އެކްޓްކޮށް، އަލީ ޝިފާއު ޑައިރެކްޓްކުރި “މީ ލޮތްބަކީ” ދެއްކުމަަށް ހަމަޖެހިފައިވަނީީ 23 އޮގަސްޓްވާ ބުރާސްފަތި ދުވަހުގެ ރޭ 22:30 ގައެވެ. އަދި ނިމިދިޔަ އަހަރު ދިވެހި ފިލްމް އެވޯޑްސްގެ އެންމެ މޮޅު އެކްޓަރ އަދި އެކްޓްރެސްގެ އެވޯޑް ހާސިލްކޮށްފައިވާ “ވާށޭ މަށާއެކީ” 24 އޮގަސްޓްވާ ހުކުރު ދުވަހުގެ ރޭ 22:30 ގައި ގެނެސްދޭއިރު، 25 އޮގަސްޓްވާ ހޮނިހިރު ދުވަހުގެ 13:00 ގައި މި ދެ ތަރިން އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމް ”އެންމެ ފަހު ވިންދާ ޖެހެންދެން” ވެސް އައިސް ޓީވީން ގެނެސްދޭނެއެވެ.

ޑާކް ރެއިންގެ މި ފަަސް ފިލްމްގެ އިތުރުން އެޓާނަލް ޕިކްޗާސް އިން މީގެ 20 އަހަރު ކުރިން ބެލުންތެރިންނަށް ގެނެސްދިން ދިވެހި ފިލްމް ”އަމާނާތް” މި އީދު ދުވަހުގެ ރޭ (މާދަމާ ރޭ) 22:30 ގައި އައިސް ޓީވީ ޢިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި ފިލްމް ޗެނަލްއަކުން ދައްކާ ފުރަތަމަ ފަހަރެވެ.

މި ފިލްމްތަކުގެ އިތުރުން، މެއި މަހު އައިސް ޓިވީން ގެނެސްދޭން ފެށި ޝޯވ "މީހުންގެ ވާހަަކަ" 12 ވަނަ ޝޯވ އަދި މި ސީޒަންގެ ފަހު އެޕިސޯޑް އިސްމާއިލް ވަޖީހުއާއެކު އީދު ދުވަހުގެ ރޭ 21:00ގައި ފެނިގެންދާނެއެވެ.

މިއާއެކު އައިސް ޓީވީން ގެެނެސްދޭ އެޑަލްޓް ކޮމެޑީ ޝޯވ، "ބިހައިންޑް ދަ ފުރަގަސް" މުޅިން އާ އެޕިސޯޑެއް މި އީދާއެކު އީދު ދުވަހުގެ ރޭ 22:00 ގައި އައިސް ޓީވީން ގެނެސްދޭނެއެވެ.

މީގެ އިތުރުން، އައިސް ޓީޥީގެ ލައިވްޝޯވ "ވަރަށް ވާހަކަ"އިގެ ހާއްސަ އެޕިސޯޑްތަކެއް އީދު ދުވަހު އަދި ވަޅު އީދު ދުވަހު 13:00 އިން 16:00 އަށް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭނެއެވެ. މި އެޕިސޯޑްތަކުން، އިސްމާއިލް ޖުމާހް، މޫސާ ވަސީމް، ފާލިހް، މީރާ، މައުރީން، ރިޝްފާ، އަޒޭ އަދި މަލީހާ ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟިމިި

    ޙުސްބަލާފަ ހުރި ފިލްމު

  2. Anonymous

    ސިމި އަށް މީ ލޯތްބަކީ ތިބެލުނީ އައިސް އިން ދެއްކި ފަހުން....ތިނޫނީ ބެލިީ ޓިކޭޓޫ ނަގަިއިގެން