މިއީ އެއްވެސް ދެމީހަކު އެއްކަމެއްގައި އެއް ހިޔާލެއް ފާޅު ނުކުރާ ޒަމާނެވެ. މަތީގައި އެވާ ފޮޓޯ އިން އެފެންނަނީ ދެލޯބިވެރިން ހިނގާފައިދާ މަންޒަރެވެ. ޒުވާން ފިރިހެނަކު އޭނާގެ ޒުވާން ލޯބިވެރިޔާގެ ބޮލުގައި ޖެކެޓްގެ ހުޑް އަޅުވައިގެންދާ މަންޒަރެވެ.

މައްސަލަ ގޯސްވެފައި ވަނީ ވާރެ އިން ލޯބިވެރިޔާ ސަލާމަތް ކުރުމުގެ ބޭނުމުގައި ފިރިހެނަކު އޭނާގެ މުޅި ޖެކެޓް ލޯބިވެރިޔާ އަށް ދިނުމުގެ ބަދަލުގައި ޖެކެޓްގެ ހުޑް އެކަނި ދިނުމުންނެވެ.

ދެޒުވާނުން ހިނގާފައިވާ މަންޒަރު ފެންނަ ވީޑިއޯ ހަމައެކަނި ފޭސްބުކް މެދުވެރިކޮށް ދެމިލިއަން މީހުން ބަލާފައި ވެއެވެ.

ހާއްސަކޮށް ވީޑިއޯ އަށް ކޮމެންޓް ކުރި ގިނަ އަންހެނުން ބުނެފައި ވަނީ ފިރިހެން މީހާގެ ކިބައިން ފެނުނީ އޭނާ އަންހެން މީހާ ދެކެވާ ލޯތްބެއް ނޫނެވެ. އޭގެ ބަދަލުގައި އެފެނުނީ ލޯބިވެރިޔާ އަށް އިސްކަން ދެވޭނީ ތިމަންނަގެ ކަންކަން ވެސް ފުރިހަމަ ކޮށްފައި ކަމެވެ.

ފިރިހެން މީހާ އާއި އެއްކޮޅަށް ކޮމެންޓް ކުރި މީހުން ބުނެފައި ވަނީ އެންމެން ހަމަހަމަ ކަމަށް ބުނާ ޒަމާނުގައި ޖެކެޓާއި ހުޑް ބޭލުމަށް ފަހު ކޮންމެހެން ލޯބިވެރިޔާ އަށް ދޭކަށް ނުޖެހެއެވެ.

ދެމީހުން ކުރި ކަންތައް އެމީހުންނަށް މައްސަލައަކަށް ނުވާއިރު އެހެން މީހުން އެވީޑިއޯ ބަލާ އެކަން މައްސަލަ އަކަށް ހަދައިގެން އުޅެންވީ ކީއްވެތޯ ވެސް އެތައް ބަޔަކު ވަނީ ބުނެފައެވެ.

https://www.youtube.com/watch?v=Q5uCQQXpKIk

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާނިޔޫސޭ

    ވާރެޔާ ތެމުމުން އެންމެބޮޑަށް ގޯސްވާނީ ބޯތެމުނީމަ. އެހެންވީމަ ފިރިހެންމީހާގެ މަޤްޞަދަކީ އަންހެންމީހާގެބޯ ވާރެއިން ސަލާމަތް ކޮށްދިނުން ކަމުގައި ވުމަކީ އެކަށީގެންވާ ކަމެއް. މީހުން ފާޑުނުކިޔާނެ ގޮތަކަށް އެކަކަށް އެއްކަމެއްވެސް ނުކުރެވޭނެ.

  2. ކުތުބު

    ފާއިދާއެއް ލިބޭކަމެއް، ކިޔޫ ތަރުތީބެއް، ގޮނޑިއެއް، މިހެންގޮސް ކިޔާނެ ކަމެއް ނެތް، މޮޅެއް ވެއްޖިޔާ ފުރަތަމަ އަންހެނުން. ދެރައެއް ވެއްޖިޔާ ފުރަތަމަ ފިރިހެނުން. އެކަމަކު ތިރިޔައް ބާރުލާފަ ބުނާނޭ ހަމަ ހަމައޭ. މިބުނީ ހުޅުމާލެ، ވިލިގިލީ ދެމެދު މިދުއްވާ ފެރީ ތަކުގަވެސް ޖާގައެއް ނެތަކަމުގަވާނަމަ އައިސް ތިބޭނީ ބަލަބަލާ ގޮނޑި ދޭތޯ. މީހުން ލަދުން މިމީހުނަނަށް ގޮނޑިދެނީ. ކީވެ 10 މިނެޓައް މިމީހުންނަށް ކޮޅައް ނުތެދުވެވެނީ؟ އެކަމަކު ހަމަހަމަޔޯ! ކޯޗެއް ހަމަވެގެނަ މިއުޅެނީ