މީގެ ކުރިން މޯލްޑިވިއަން އައިޑަލް އޭ ބުނެފިނަމަ އެންމެންވެސް ދައްކާނެ އެއްވާހަކައެއް އޮވެއެވެ. އުނޫޝާގެ ވާހަކައެވެ. އުނޫޝާގެ އިސްތަށިގަނޑަށް ގެންނަ ބަދަލު ތަކާއި ލާ ހެދުމާއި މިހެންވެސް އުނޫޝާގެ ހުރިހާ ކަމަކީ މޯލްޑިވިއަން އައިޑަލްގެ ވާހަކަ ދައްކާ ކޮންމެ ތަނެއްގައިވެސް ދެއްކިވާހަކައެވެ. އެހެންނަމަވެސް މިއަދު މިކަން ބަދަލު ވެއްޖެއެވެ. މިއަދު ކިޑީގެ އަޑު މަޑުވެ ޒާރާގެ އަޑު ދަނީ ބާރު ވަމުންނެވެ.

ކޮންމެ ސީޒަނަކުވެސް އައިޑޮލްގެ ވާހަކަތައް އެންމެ ގަދައަށް ގުގުމާލާފައިވާ ޓްވިޓާގައި ޒާރާއަށް ދަނީ ތައުރީފް އޮހެމުންނެވެ. ޒާރާގެ ޖަޖުކުރުމަށް ބެލުންތެރިން ދަނީ ތައުރީފުކުރަމުންނެވެ. ޝޯ ކުރިއަށް ދިޔައިރު އޭނާގެ ރީތިކަމަށްވެސް ތައުރީފުތައް އޮހުނު ވަރު މަދެއް ނޫނެވެ. މޯލްޑިވިއަން އައިޑަލް ފެށިއިރު ޒާރާއަކީ ކާކުކަންވެސް ގިނަ މީހުނަށް ނޭންގުނުއިރު، ކުޑަ ދުވެސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ވަނީ ޒާރާގެ ފޭނުންނަށް ވެފައެވެ.

https://twitter.com/aal_naseer/status/969644604705275904

ޑިންބާ މިއުޒިކުގެ ލަވަތަކުން ވިދާލި އުމުރުން 28 އަހަރުގެ ޒާރާ މުޖުތަބާ މިފަހަރުގެ މޯލްޑިވިއަން އައިޑަލްގެ ޖަޖުންގެ ޕެނަލުގައި އަލަށް ހިމެނުމާ އެކު އޭނާއަށް މިކަން ވެދާނެތޯ ސުވާލުކުރި މީހުން ގިނަ އެވެ. މިއަދު އެއެންމެނަށް އެސުވާލުގެ ޖަވާބު ލިބިފައިވާއިރު، ފްލޫ ނާޝިދާއި މޮހޮޖާއި އަހުމަދު ޖޯނާއި އީސަ އާއި ޑިންބާ އިޝާންޓޭ އާއި ދެން ވެސް އެ ދުވަސްވަރުގެ އެންމެ ކުޅަދާނަ މިއުޒީޝަނުން ނިސްބަތްވި "ބޮޑު އާއިލާއެއްގެ" ތެރެއަށް ނިސްބަތްވި ޒާރާއަށް ބެލުންތެރިންގެ ތަރުހީބު ދަނީ އޮހެމުންނެވެ.

ޒާރާ އަކީ މީހާގެ ސިފަޔަކަށް ބަލައިލުމެއް ނެތި ހަމަ ސީދާ ލަވަކިޔުމަށް ކޮމެންޓް ކުރަމުންދާ ޖަޖެއްކަމަށް ގިނަ ބެލުންތެރިންދަނީ ބުނަމުންނެވެ. ޒާރާގެ ވާހަކަތައް މީސްމީޑީޔާގައި އެންމެން ދައްކަމުންދާއިރު، ކިޑީގެ އަޑު އޮތީ މަޑުވެފައެވެ. އެހެން އަހަރު ތަކުގައި އެންމެންގެ ދުލުކުރީގައި ކިޑީގެ ވާހަކަ އޮތަސް މިއަދު ޒާރާވަނީ މިކަން ބަދަލުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޒަކީ

    ާއެއްބަސް. ޒާރާ ކޮމެންޓުކުރާގޮތް ވަރަށް ރަނގަޅު. ތިގޮތުގައި ދެމިހުންނާތި ޒާރާ.

    • މޮހޮނާ

      ޥަރައްސްރޭެޓް ފޯވަރޑް ވަރައްކަމުދޭ. ކީޕްއިޓްއަޕް

  2. ާނުޒައިރު

    ޢެކަމަ ވަރަށް ކަޑަކަމެއް ކުރީ ކުއްޖަކު އިންސާފެއް ލޯބީގާ ނެތޭ ކިޔާފަ ދިޔަ އިރަށް މަލާމާތުގެ ރަަގަކަށް އޮވެދަަނަން އަދިރީގާ އޭ ކިޔުން ވައްތަރެއް ޖައްސާފަ. ކިޑީވެސް އޮފްވެގެން ދިޔައީ އެހެން ހެދީމަ. ބޮޑާކަމާއި އެކު މަލާމާތް ކޮށް ފުރައްސާރަ ކުރީ.

    • Anonymous

      އެކަންވެސް އެންމެ ކުޑަކޮށް ހުރީ އޭނާގެ އެންމެ ފުރިހަމަ ނުވާނެ އެކަކުވެސް

  3. ކިޒާ

    ނޫސް ވެރިކަމަކީ އަބަދުވެސް ކޮންމެވެސް ބަޔަކު ޖެއްސޭތޯ ބެލުން!

  4. ނުރަބޯ

    މަރުޙަބާ ޒާރާ.

  5. ޙHikެ

    ކަލޭމެނަށް، އަދި، ޒާރާގެ، ބޮޑާކަން، ނުފެންނަަނީ

  6. Anonymous

    މީހަކަށް ތައުރީފް ކުރުމަކީ މައްސަލައެއް ނޫން. މައްސަލަޔަކީ އަނެކާ ދައްކޮށްފައި ވާހަކަ ދެއްކުން.

  7. ސަކީނާ

    އޭނަގެ އިންސްޓަރގްރާމް ބަލާބަަލަ.ތިތައުރީފް ކުރި މީހުން..ހިނި އަންނަނީ