މާބަނޑުވެފައި އިން އަނބިމީހާ އާއި ދެދަރިން މަރާލި އެމެރިކާގެ ކްރިސްޓޮފާ ވަޓްގެ ތަޙްޤީޤުގައި ފުލުހުން ކުރިއެރުންތަކެއް ހޯދައިފިއެވެ.

ކްރިސްޓޮފާގެ އަނބިމީހާ އާއި ދެދަރިން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އެމީހުންގެ މަރާލާފައިވާ ހަށިގަނޑެވެ. އަނބިމީހާ އާއި ދެދަރިން ގެއްލިގެން އެކަން ފުލުހުންނަށް އެންގީ ވެސް ކްރިސްޓޮފާ އެވެ. އަނބިމީހާ އާއި ދެދަރިންގެ މަރުގެ ތުހުމަތު ކްރިސްޓޮފާގެ މައްޗަށް ކުރުމުން އޭނާ ވަނީ އެތުހުމަތުތަކާއި ދެކޮޅު ހަދާފައެވެ.

ނަމަވެސް ފުލުހުން މިހާރު ވަނީ މަރުގެ ފަސް ދައުވާއެއް ކްރިސްޓޮފާގެ މައްޗަށް އުފުލާފައެވެ.

ފުލުހުން ބުނި ގޮތުގައި އެންމެ ފަހުން ތަޙްޤީޤަށް އެނގިފައިވާ ގޮތުގައި ކްރިސްޓޮފާގެ ސިއްރު ލޯބިވެރިޔަކު ހުރެއެވެ. އެލޯބިވެރިޔާ އާއި ކައިވެނި ކުރަން ކްރިސްޓޮފާ ނިންމާފައި ވަނިކޮށް އޭނާގެ އަނބިމީހާ ބަނޑުބޮޑުކަން އެނގުނެވެ. ނަމަވެސް ކްރިސްޓޮފާ ބޭނުންވީ އަނބިމީހާ ވަރިކުރާށެވެ.

"ކްރިސްޓޮފާ އޭނާގެ އަނބިމީހާ ޝަނަން ކައިރީ ބުނި ތިމަންނަ ބޭނުންވަނީ އެހެން ކައިވެންޏެއް ކުރަންށޭ. ތިމަންނަ ބޭނުން ވަނީ ޝަނަން ވަރިކުރާށޭ. އެހެން ބުނެފައި ފަހުން އޭނާ ބޭނުންވީ އާއިލާގެ ހުރިހާ މެންބަރުން މަރާލަން." ފުލުހުން ބުންޏެވެ.

ފުލުހުން ބުނާ ގޮތުގައި ޝަނަން އާއި ދެދަރިން މަރާލަން ކްރިސްޓޮފާ ބޭނުންވީ ޝަނަން ބަލިވެ އިނުމުން ބަދަލު ހިފުމުގެ ގޮތުންނެވެ.

ކްރިސްޓޮފާ އޭނާގެ އާއިލާ މަރާލީ އެމީހުން ދިރިއުޅެމުން އައި ގޭގައެވެ. އެއަށްފަހު އޭނާގެ ޓްރަކަށް ތިން މީހުންގެ ހަށިގަނޑު ލައިގެން ގޮސް ދުރު ހިސާބަކަށް ވަނީ އެއްލާލާފައެވެ. ފުލުހުން މިހާރު ވަނީ ކްރިޓޮފާ މިޖަރީމާ ހިނގި ތަނާއި އޭނާ ދަތުރު ކުރި މަގު ވެސް ދެނެގެންފައެވެ. އަދި ކުށުގެ ވެށިން ވަނީ ކްރިސްޓޮފާގެ ޑީއެންއޭ ވެސް ހޯދާފައެވެ.

ކްރިސްޓޮފާ މަރާލީ ހަތަރު އަހަރުގެ ކުއްޖަކާއި ތިން އަހަރުގެ ކުއްޖެކެވެ.

ކްރިސްޓޮފާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމްތަކެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯޑު

    ތީއީ މާ މޮޅު ކަމަށް ދެކޭ ޔޫރަޕްގެ ދޮންމީހުންގެ ހާލަކީ

  2. ޑިމޮކްރަޓިސްޓް

    ތިހިރީ އެހެންމީހަކާ އިނދެވިފަ! ދެން ގޮޅީގައޮވޭ!

  3. މީ

    އަސްތަޤްފިރުﷲ