އިންޑިއާގެ ކެރެލާއަށް ކުރަމުންދާ ވިއްސާރާގައި ހާލުގައި ޖެހެމުންދާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހެއްގެ އުޅުން ހުރިގޮތަކުން އޭނާ ސަސްޕެންޑްކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު މަރުވި އެ މީހާ ސްޓްރެޗާގައި އޮތްއިރު، އެ މީހާ ބިންމަތީ ބޭއްވުމަށް އެހީވަމުންދިޔަ މީހާ މަސައްކަތް ކުރަމުން ދިޔައީ އެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް ނުވާނެ ފަދަ ގޮތަކަށް އެ މީހާ ބިންމަތީގައި ބޭއްވުމަަށެވެ. މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއައިން މަރުވެފައި އޮތް މީހާ އެ ސްޓްރެޗާއިން ނަގާ ބިންމަތީ ބޭއްވުމަށް، އެ އެކަމުގެ އުޅުނު މީހާއަށް ދަތިވެފައިވާ މަންޒަރު ފެނެއެވެ.

އެކަމަށް އެ ފުލުސް މީހާ އެހީފޯރުކޮށްދިނުމަށް ދިޔައެވެ. އެހެން ނަމަވެސް، އޭނާ އެ މީހާ ދޭތެރޭ ކަންތައްކޮށްފައި ވަނީ ވަރަށް އިންސާނިއްޔަތުކަން ނެތް ފަދަ ގޮތަކަށެވެ. އެ ވީޑިއޯގައި އެ ފުލުސް މީހާ އެ މީހާ ބޫޓުން އެމީހާގެ ގައިގައި ޖަހާ މަންޒަރު ފެނެއެވެ.

ފުލުހަކު އެފަދަ ގޮތަކަށް ކަންތައް ކުރާތީ އެތައް ބަޔަކު ތިބީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. މިދިޔަ ހުކުރު ދުވަހު ހިނގި އެ ހާދިސާއަށްފަހު އެ ފުލުސް މީހާ ސަސްޕެންޑްކޮށްފައި ވަނީ ކިހާ ދުވަހަކަށްކަމެއް ނޭގެއެވެ.

އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކެރެލާއިން 400 އެއްހާ މީހުން މަަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު