މީސް މީޑިއާގައި ދައުރުވަމުންދާ މުޒާހަރާ ކުރި ވަގުތު ނަގާފައިވާ ތިން ފޮޓޯ
މުޒާހަރާގެ ތިން ފޮޓޯ (ވ-3 ފޮޓޯ:އަވަސް)

އިއްޔެ އަކީ އިދިކޮޅު ފަރާތްތަކުން އުސް އިމާރާތްތަކުން ތިބި ތަނަކަށް ތިރިއަށް ފައިބާ މުޒާހަރާ ކުރަން ރޭވި ދުވަހެކެވެ. އިދިކޮޅު ފަރާތްތަކުން އުއްމީދު ކުރި ވަރާއި ގާތައް ވެސް މީހުން މަގުމައްޗަކަށް ނުނިކުމެއެވެ. ނަމަވެސް އެންމެ ކާރެއް މަޑުކޮށްލިއަސް މުޅި މަގުގެ ޓްރެފިކަށް އަސަރު ކުރާ މަޖީދީމަގަށް އިއްޔެ އިދިކޮޅު ފަރާތްތަކުން ނިކުތުމުން އެއްޗެހި ދުއްވުން ހުއްޓި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތައް ދިމާވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް މުޒާހަރާ ކުރުން އޮތީ މަނާކޮށްފައެވެ. އަދި މާލޭގެ ކާނިވާ ސަރަހައްދު ފިޔަވައި އެހެންތަނެއްގައި މުޒާހަރާ ކުރުމަކީ ޤާނޫނީ ގޮތުން ކުރިން ވެސް މަނާ ކަމެކެވެ. އެހެންކަމުން އިއްޔެ އިދިކޮޅު ފަރާތްތަކުން މަޖީދީމަގަށް ނިކުމެ ކުރީ ޤާނޫނާއި ހިލާފު މުޒާހަރާއެކެވެ.

ނަމަވެސް އެހާލަތުގައި ވެސް ފުލުހުން މުޒާހަރާ ކުރި މީހުންނާއި މެދު އަމަލު ކުރި ގޮތް ފޮޓޯ އިން އެހުރީ ފެންނާށެވެ. މުޒާހަރާގައި ބައިވެރިވި ކޮންމެ މީހަކު ވެސް ކުރީ ޤާނޫނީ ކުށެކެވެ. އެއްވެސް ނަސޭހަތެއް އަދި އިންޒާރެއް ދިނުމެއް ނެތި މުޒާހަރާ ރޫޅާލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ މަތީގައި އެވާ ތިން ފޮޓޯ އިން އެފެންނަނީ ޤާނޫނީ ކުށެއް ކުރަމުން ދިޔަ ބަޔަކާއި ފުލުހުން މުއާމަލާތް ކުރަމުންދާ މަންޒަރެވެ. އެއިން ކޮންމެ މީހަކީ ވެސް ޤާނޫނީ ގޮތުން ކުށެއް ކުރަމުންދާކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ މީހަކަށް ވީނަމަވެސް ފުލުހުން އިސްކުރަމުން ގެންގޮސްފައި ވަނީ ކެތްތެރިކަމެވެ. ފުލުހުން އިސްކޮށްފައި ވަނީ މަޑުމަތިރިކަމެވެ.

މިކަމުން ދޭހަކޮށްދެނީ ފުލުހުންގެ އަމުރަށް ކިޔަމަންތެރިވާ މީހުންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ނުކުރާ މަންޒަރެވެ.

ފުލުހުންގެ އަމުރަށް ކިޔަމަން  ނުވާ މީހުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރުން އެއީ ފުލުހުންނަށް ލިބިފައިވާ ޤާނޫނީ ބާރެކެވެ. އަދި ހަމަނުޖެހުން ހިންގާ އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުން ހުއްޓުވުމަކީ ފުލުހުންގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެކެވެ.

އެހެންކަމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ މީހުންގެ ގަޔަށް ޕެޕަ ސްޕްރޭ ޖެހުމަކީ ވެސް އަދި ޤާނޫނީ ގޮތުން ލިބިފައިވާ އެހެން ބާރެއް ބޭނުން ކުރުމަކީ ވެސް މައްސަލައެއް ނޫނެވެ. އެއީ ފުލުހުން ކުރަން ވެސް ޖެހޭނެ ކަމެކެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މުޒާހަރާ ކުރުން މަނާކޮށްފައި ވަނިކޮށް، ވެރިކަން ކުރާ ރަށުގެ އެންމެ ބޮޑު މަގު ހުއްޓުމަކަށް ގެނައި ބަޔަކާއި މެދު މިފަދަ މަޑުމައިތިރި ކަމެއް ގެންގުޅުނު އެހެން ގައުމެއްގެ ފުލުހުންތަކެއް ފެނުން އެއީ ނާދިރު ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. 3 ފޮޓޯ އަކުން މުޒާހަރާ ގައި ކުރި އަނޔާަ އެއް ނުފޮރުވޭނެ

  2. ކޮބާ މައްސަލައެއް. ފުލުހުންނަށް ވެސް

    އޮންނާނެ އަމިއްލަ މިނިވަންކަން. އެވެސް

    އިންސާނުން.???

  3. ތިމަންޒަރެއް "ރ" ޓީވީއަކުން ނުދައްކާނެ. އެމީހުން އޮޅައޮޅާފަ ދައްކާނީ ގަދަދައްކާމީހުން ހައްޔަރކުރާތަން.

  4. ކަލެޔަށް ކިތައްހާސް ރުފިޔާ ދިނީ މި ލިޔަން؟

    • ހަމަ މީހަކު ޙަބަރެއް ލިޔެލާއިރަށް އަހަން ފަށަނީ ފާއިސާ ގެ ވަހަކަ! އަޅެފަހެ ފާއިސާ އަށްތަށް ހުރިހާކަމެއްވެސް ކުރަނީ؟ ތިއޮތީ ވާ ދުލުގެ މިނިވަންކަމެއް ލިބިފަ !

  5. މިމީހުން ގެ މިރިވެތި އަޚުލާގީ ރިވެތި ސިފަފެނުން އުފާވެއްޖެ. މިގޮތައް ކަންތައް ގެންދިއުމަށް އެދިގޮވާލަން އަދިމިފަދަ މީހުން ނައް އަޅުގަނޑު ސެލޫޓް ކުރަން ޝުކުރަން

  6. މުޒާހަރާއިން ފެނުނީ އެންމެ 3 ފޮޓޯތަ؟

  7. ޅިޔުނުމީހާ ހުރީ ހަމަ

  8. މިއީ އޮރިޖިނަލް

  9. ތި ވެދާނެ އެމީހުން ދަންނަ ބަޔަކަށް!! ?

  10. ތިމެދުގައިން ފޮޓޯގަހުރި މީހަ ހަމަ އެއެއްޗެހީގަ މިރޭވެސް ހުރި މަޖީދީމަގު ބޭންކް ބޭރުގަ ސަލާންޖަހަން... މީ ވަރަށް ވާހަކަ..

  11. ފައިސާ ލިބޭ މީހުންނަށް ހީވާނީ ރަނގަޅު މީހަކު ހެޔޮބަހެއް ބުންޏަސް ފައިސާދީގެންހެން...

  12. ޤާނޫނާ ޚިލާފު ކަމެއް ކުރަންޏާ ފިޔަވަޅެއް ނާޅާނެ ބްރޯ... ވެރިކަމުގަ ހުރިމީހާ އުޅޭގޮތަށް ދޯ ދެންތިބި މީހުން އުޅެން އަންގާފަ އޮތީ...