އިއްޔެ އަކީ އިދިކޮޅު ފަރާތްތަކުން އުސް އިމާރާތްތަކުން ތިބި ތަނަކަށް ތިރިއަށް ފައިބާ މުޒާހަރާ ކުރަން ރޭވި ދުވަހެކެވެ. އިދިކޮޅު ފަރާތްތަކުން އުއްމީދު ކުރި ވަރާއި ގާތައް ވެސް މީހުން މަގުމައްޗަކަށް ނުނިކުމެއެވެ. ނަމަވެސް އެންމެ ކާރެއް މަޑުކޮށްލިއަސް މުޅި މަގުގެ ޓްރެފިކަށް އަސަރު ކުރާ މަޖީދީމަގަށް އިއްޔެ އިދިކޮޅު ފަރާތްތަކުން ނިކުތުމުން އެއްޗެހި ދުއްވުން ހުއްޓި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތައް ދިމާވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް މުޒާހަރާ ކުރުން އޮތީ މަނާކޮށްފައެވެ. އަދި މާލޭގެ ކާނިވާ ސަރަހައްދު ފިޔަވައި އެހެންތަނެއްގައި މުޒާހަރާ ކުރުމަކީ ޤާނޫނީ ގޮތުން ކުރިން ވެސް މަނާ ކަމެކެވެ. އެހެންކަމުން އިއްޔެ އިދިކޮޅު ފަރާތްތަކުން މަޖީދީމަގަށް ނިކުމެ ކުރީ ޤާނޫނާއި ހިލާފު މުޒާހަރާއެކެވެ.

ނަމަވެސް އެހާލަތުގައި ވެސް ފުލުހުން މުޒާހަރާ ކުރި މީހުންނާއި މެދު އަމަލު ކުރި ގޮތް ފޮޓޯ އިން އެހުރީ ފެންނާށެވެ. މުޒާހަރާގައި ބައިވެރިވި ކޮންމެ މީހަކު ވެސް ކުރީ ޤާނޫނީ ކުށެކެވެ. އެއްވެސް ނަސޭހަތެއް އަދި އިންޒާރެއް ދިނުމެއް ނެތި މުޒާހަރާ ރޫޅާލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ މަތީގައި އެވާ ތިން ފޮޓޯ އިން އެފެންނަނީ ޤާނޫނީ ކުށެއް ކުރަމުން ދިޔަ ބަޔަކާއި ފުލުހުން މުއާމަލާތް ކުރަމުންދާ މަންޒަރެވެ. އެއިން ކޮންމެ މީހަކީ ވެސް ޤާނޫނީ ގޮތުން ކުށެއް ކުރަމުންދާކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ މީހަކަށް ވީނަމަވެސް ފުލުހުން އިސްކުރަމުން ގެންގޮސްފައި ވަނީ ކެތްތެރިކަމެވެ. ފުލުހުން އިސްކޮށްފައި ވަނީ މަޑުމަތިރިކަމެވެ.

މިކަމުން ދޭހަކޮށްދެނީ ފުލުހުންގެ އަމުރަށް ކިޔަމަންތެރިވާ މީހުންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ނުކުރާ މަންޒަރެވެ.

ފުލުހުންގެ އަމުރަށް ކިޔަމަން ނުވާ މީހުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރުން އެއީ ފުލުހުންނަށް ލިބިފައިވާ ޤާނޫނީ ބާރެކެވެ. އަދި ހަމަނުޖެހުން ހިންގާ އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުން ހުއްޓުވުމަކީ ފުލުހުންގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެކެވެ.

އެހެންކަމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ މީހުންގެ ގަޔަށް ޕެޕަ ސްޕްރޭ ޖެހުމަކީ ވެސް އަދި ޤާނޫނީ ގޮތުން ލިބިފައިވާ އެހެން ބާރެއް ބޭނުން ކުރުމަކީ ވެސް މައްސަލައެއް ނޫނެވެ. އެއީ ފުލުހުން ކުރަން ވެސް ޖެހޭނެ ކަމެކެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މުޒާހަރާ ކުރުން މަނާކޮށްފައި ވަނިކޮށް، ވެރިކަން ކުރާ ރަށުގެ އެންމެ ބޮޑު މަގު ހުއްޓުމަކަށް ގެނައި ބަޔަކާއި މެދު މިފަދަ މަޑުމައިތިރި ކަމެއް ގެންގުޅުނު އެހެން ގައުމެއްގެ ފުލުހުންތަކެއް ފެނުން އެއީ ނާދިރު ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބުހުތާން

    3 ފޮޓޯ އަކުން މުޒާހަރާ ގައި ކުރި އަނޔާަ އެއް ނުފޮރުވޭނެ

    • މަގޭ

      ނުފޮރުވޭނެ ނުފޮރުވޭނެ

    • 777

      މުޒާހަރާގަ ކުރިބއަނިޔާއެއް ބުނެލަބަލަ

  2. ފުލުސް ?

    ކޮބާ މައްސަލައެއް. ފުލުހުންނަށް ވެސް

    އޮންނާނެ އަމިއްލަ މިނިވަންކަން. އެވެސް

    އިންސާނުން.???

  3. ޢަލީ

    ތިމަންޒަރެއް "ރ" ޓީވީއަކުން ނުދައްކާނެ. އެމީހުން އޮޅައޮޅާފަ ދައްކާނީ ގަދަދައްކާމީހުން ހައްޔަރކުރާތަން.

  4. ނަރީނާ

    ކަލެޔަށް ކިތައްހާސް ރުފިޔާ ދިނީ މި ލިޔަން؟

    • ނަރީރު

      ހަމަ މީހަކު ޙަބަރެއް ލިޔެލާއިރަށް އަހަން ފަށަނީ ފާއިސާ ގެ ވަހަކަ! އަޅެފަހެ ފާއިސާ އަށްތަށް ހުރިހާކަމެއްވެސް ކުރަނީ؟ ތިއޮތީ ވާ ދުލުގެ މިނިވަންކަމެއް ލިބިފަ !

  5. އަލީ

    މިމީހުން ގެ މިރިވެތި އަޚުލާގީ ރިވެތި ސިފަފެނުން އުފާވެއްޖެ. މިގޮތައް ކަންތައް ގެންދިއުމަށް އެދިގޮވާލަން އަދިމިފަދަ މީހުން ނައް އަޅުގަނޑު ސެލޫޓް ކުރަން ޝުކުރަން

  6. މަގޭ

    މުޒާހަރާއިން ފެނުނީ އެންމެ 3 ފޮޓޯތަ؟

  7. Anonymous

    ޅިޔުނުމީހާ ހުރީ ހަމަ

  8. Anonymous

    މިއީ އޮރިޖިނަލް

  9. Anonymous

    ތި ވެދާނެ އެމީހުން ދަންނަ ބަޔަކަށް!! ?

  10. ބޯހަލާކު

    ތިމެދުގައިން ފޮޓޯގަހުރި މީހަ ހަމަ އެއެއްޗެހީގަ މިރޭވެސް ހުރި މަޖީދީމަގު ބޭންކް ބޭރުގަ ސަލާންޖަހަން... މީ ވަރަށް ވާހަކަ..

  11. އައިމަން

    ފައިސާ ލިބޭ މީހުންނަށް ހީވާނީ ރަނގަޅު މީހަކު ހެޔޮބަހެއް ބުންޏަސް ފައިސާދީގެންހެން...

  12. ފުލުހެއް

    ޤާނޫނާ ޚިލާފު ކަމެއް ކުރަންޏާ ފިޔަވަޅެއް ނާޅާނެ ބްރޯ... ވެރިކަމުގަ ހުރިމީހާ އުޅޭގޮތަށް ދޯ ދެންތިބި މީހުން އުޅެން އަންގާފަ އޮތީ...