އޭރު އަހަރެންގެ އުމުރުން އެންމެ 16 އަހަރެވެ. އަހަރެމެން ދިރިއުޅެމުން އައީ ފުރަ މާލޭގައެވެ. އަހަރެންގެ ބައްޕައަކީ މާލޭގައި ގެދޮރު ހުރި މީހެއް ކަމުން އަހަރެމެން އުޅުނީ ފުދޭވަރަކަށް ފުދިގެންނެވެ. އަހަރެންގެ މައިންބަފައިންގެ ތިން ކުދިން ތިބޭއިރު އަހަރެން މިއީ އެންމެ ދޮށީ ކުއްޖާއެވެ.

އަހަރެންގެ މައިންބަފައިންނަކީ ދަރިންނާއި މެދު އެހާ ރަގަނޅަށް ކަންތަށް ކުރާ ބައެއް ނޫނެވެ. އެއީ އެމީހުން އަބަދުވެސް އުޅެނީ އެމީހުންގެ އަމިއްލަ ކަމަކާއިގެން މަޝްއޫލުވެއެވެ. އަހަރެންގެ ހަނގަށް ތިބި ދެ ކޮށްކޮއިންގެ ކަންކަން ވެސް ބަލަހައްޓަނީ ގޭތެރޭގެ މަސައްކަތް ކުރަން ގެނެސްފައި ހުންނަ ސްރީލަންކާގެ އަންހެނެކެވެ.

ހަޤީގަތަށް ބުނާނަމަ މައިންބަފައިން ތިއްބެއް ކަމަކު އެމީހުންގެ ފަރާތުން ލިބެން ޖެހޭ އެއްވެސް އަޅާލުމެއް އަދި ލޯތްބެއް އަހަންނަކަށް ނުލިބެއެވެ. އެހެނަސް އަހަރެން ކަމަކަށް ދަތިވެގެން ބުނީމަ އެކަމެއް ކޮށްދެއެވެ. އަގުބޮޑެތިހާ ތަކެތި ގަނެދެއެވެ. ބޭނުން ކުރާނެ ފައިސާ އަތަށް ދެއެވެ. ނަމަވެސް އެހުރިހާ އެއްޗަކަށް ވުރެ އަހަންނަށް މައިންބަފައިންގެ ލޯބި މާ މުހިންމެވެ.

ދުވަސްތަށް މިގޮތުގައި ފާއިތުވަމުން ދިޔައެވެ. އަހަންނަކީ ރަށްޓެހިންނާއި އެކު ކޮފީތަކަށް ވަރަށް ގިނައިން ގޮސް އުޅޭ ކުއްޖަކީމެވެ. ފަހަރުގައި މިއީ ބައެއް މީހުންނަށް ގަބޫލު ކުރަން ދަތި ކަމަކަށް ވެދާނެއެވެ. އެއީ އަހަންނަކީ އަދި އެންމެ 16 އަހަރުގެ ކުއްޖަކަށް ވީމައެެވެ. އަހަރެން ކޮފީތަކަށް ދިޔަޔަސް އަހަރެން ދަނީ އަހަންނާއި އެއް ފުރާވަރެއްގެ ކުދިންނާއި އެކުގައެވެ. މިހެން ކޮފީތަކަށް ގޮސް އުޅޭއިރު އަހަރެންގެ ދިރިއުޅުމުގެ ކަންކަން ރަށްޓެހިންނާއި ހިއްސާކޮށް ހަދަމެވެ. އަދި އެމީހުންގެ އަހަންނަށް ވަރަށް ހިތްވަރުދޭވެސް މެއެވެ. ތެދު ތެދަށް ބުނާ ނަމަ އަހަރެންގެ މައިންބަފައިންނަށް ވުރެ އަހަރެންގެ ރަށްޓެގިން އަހަންނަށް މާ އަޅާލައެވެ.

އާދައިގެ މަތިން މިއަދަކީވެސް އަހަރެން ރަށްޓެހިންނާއި އެކު ކޮފީއަކަށް ދިޔަ ދުވަހެކެވެ. މާލޭގެ ނަން ހިނގާ ކެފޭއަކަށް އަހަރެމެން ކޮފީއަކަށް އެރީ އިރުއޮއްސެން ގާތްވެފައި ވަނިކޮށެވެ. އަހަރެމެން ކޮފީއަށް އެރިތާ މާގިނަ އިރެއް ނުވެ ލަޓިބުރި ހިފައިގެން ތިބި ބަޔަކު އެ ކެފޭއަށް ވަނެކެވެ. އަދި އަހަރެމެންނާއި އިންވެގެން އިން މޭޒުގައި އިން ޒުވާނާގެ ގައިގައި ރަގަނޅަށް ތަޅާލުމަށް ފަހު އެމީހުން ދިޔައެވެ. އޭގެ އޮރުކޮޅެއް ފަހެވެ. އެތަކަށް ފުލުންގެ ޓީމަކުން އައިސް އެތާނގައި ތިބި ބައެއް މީހުންނާއި ސުވާލު ކުރުމަށް ފަހު ޒަހަމްވި ޒުވާނާ ގޮވައިގެން ދިޔައެވެ.

އެ ދުވަހު އަހަރެންގެ ލޯކުރިމަތިން އެފެނުން މަންޒަރަކީ މީގެ ކުރިން އަހަރެން ދެކެފައިވާ މަންޒަރެއް ނޫނެވެ. އެހެންކަމުން އަހަންނަށް އެކަން ވީ ވަރަށް 'ޝައުގުވެރި' ކަމަކަށެވެ. ކުއްލިއަކަށް 'ޕާޓޭ' ސްޓައިލަށް ތިބި ދެމީހުން އަހަރެމެން ތިބި މޭޒާއި ދިމާއަށް އައެވެ. އަދި އަހަރެމެންނާއި ހަރުކަށި ރާގެއްގައި ސުވާލުކުރިއެވެ.

" ބްރޯމެން ދެކުނިންތަ އާންޓެ ގައިގައި ލެނޑިތަން"

" އާން . އަހަރެމެން ދެކުނިން " އަހަރެން ޖަވާބު ދިނީމެވެ.

އަހަރެން އާއެކޭ ބުނުމުން އެމީހުން ދެން އެދުނީ އަހަރެމެމްގެ ފަރާތުން ކަމަކުއެވެ. އަދި އެކަން ކޮށްދީފިނަމަ އެމީހުންގެ ގޭންގްއަށް 'އިން' ކޮށްދޭނެ ކަމުގައި ބުންޏެވެ. ކޮންމެއަހަކަސް އަހަރެމެންނަށް މިކަންވީ ވަރަށް ފައްކާ ކަމަކަށެވެ. އެހެންކަމުން ކޮށްދޭންވީ ކޮން ކަމެއްތޯ އަހަރެމެން އެޙީމެވެ. އަހަރެން އެހެން އެހުމުން އެ ޒުވާނުންގެ ތެރެއިން އެކަކު ބުންޏެވެ.

" ބްރޯމެން ވީ އަހަންނަށް އެމީހުން ލޮކޭޓް ކޮށްދޭން. އަހަރުން ދޭނަން އެމީހުންެގެ ކޮންޓެކްޓް. ކުދި އާތް ގަޑެއް ވީމަ އެމީހުން ޝައްކެއް ނުކުރާނެ"

އެމީހުންގެ އެ އެދުމަށް އަހަރެން އިޖާބަ ދިނީމެވެ. އެހެންކަމުން އެދުވަހަށް ފަހު އަހަރެމެން މިވީ އެގޭންގްގެ މީހުންނަށެވެ. އުމުރުން ކުއްޖެއްކަމަކު އަހަރެމެންވެސް މިހާރު މިއީ ގޭންގަކަށް ނިސްބަތްވާ މީހަކަށެވެ.

އެ ދުވަހަށް ފަހެވެ. އަހަރެމެން އެމީހުން ބުނި ފަދައިން އެމީހުން އެދުނު މީހާ ވީތަން ލޮކޭޓް ކޮށްދިނީމެވެ. އަހަރެމެން އެމީހުން ލޮކޭޓް ކޮށްދިނުމުން އެކަމަށް އަހަރެމެންގެ ގޭންގްގެ ބޮޑުން ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ. އަދި އެކަމަށް ވަރަށް ތައުރީފުވެސް ކުރިއެވެ.

އޭގެ ފަހުން އަހަރެމެން ރަސްމީ ސިފައެއްގައި އެމީހުން ދިރިއުޅޭ އެޕާޓްމެންޓަށް ގޮސް ހަދަމެވެ. ދުވާލަކު އެތަށް ގަޑިއިރެއް އެތަނުގައި ހޭދަކުރަމެވެ. އެންމެ ފަހުން ސުކޫލުންވެސް ކެޑުނީމެވެ. ނަމަވެސް މީގެން އެއްވެސް ކަމަކާ އަހަރެންގެ މައިންބަފައިން އަޅައެއް ނުލައެވެ. ހީވާކަހަލައެވެ. އަހަރެން އުޅޭނެ ގޮތަކަށް އުޅެން ވީއެވެ.

އަހަރެންގެ މައިންބަފައިން އަހަންނަށް އަޅާނުލާކަން ކަށަވަރުވުމުން އަހަރެން ގެއަށް ދިޔުން ވަރަށް މަދު ކުރީމެވެ. ގިނަ ވަގުތު އުޅެނީ ރަށްޓެހިންނާއި އެކު ބޭރުގައެވެ. ގޭންގްގެ މީހުން ބުނާ ކަންތަށްތަށް ކޮށްދީ އެމީހުންނާއި އެކު ސަކަރާތް ޖެހުމާއި މަޖާކުރުމުގައެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުންދިޔައެވެ އަހަރެމެންގެ ބާރު ދިޔައީ މާލޭގައި ގަދަވަމުންނެވެ. އަހަރެމެން މާލޭގައި ކޮންމެ ވައްތަރަކަށް އުޅުނަސް ނުހުރުމުގެ ނަޒަރަކުން ބަލާލާކަށްވެސް ނުކެރެއެވެ. އަހަރެމެން މަގުމަތީގައި އުޅޭއިރު ވަރަށް ގިނަ މީހުންނާއި ފޮށި ހަދަމެވެ. ހާއްސަކޮށް އަހަރެމެން ބުނާއެއްޗަކަށް ރައްދުދޭ މީހެއް ވިއްޔާ އަހަރެމެންގެ ގޭންގްގެ ބޮޑުންނާއި ގުޅިގެން ކުޅި ދައްކާލަމެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. އަހަރެމެން ތިބީ އެޕާޓުމެންްޓްގައި ސަކަރާތް ޖެހުމުގައެވެ. ބައެއް މީހުން ރާފުޅިތަކާއި ބިޑީގެ އަވައިގައި ޖެހިފައި ތިއްބެވެ. ކުއްލިއަކަށް ފުލުންގެ ޓީމެއް އަހަރެމެން ތިބި އެޕާޓްމެންޓަށް ވަނެވެ. އަދި އެވަގުތު އެތާނގައި ތިބި އެންމެން ހައްޔަރުކޮށްގެން ގެންދިޔައެވެ.

އަހަރެމެން އެންމެން ބަންދުގައި ބެހެއްޓުމަށް ފަހު ބައެއް މީހުން ދޫކޮށްލިއެވެ. ނަމަަވެސް އަހަންނަށް އައީ ބޮޑު ހުކުމެކެވެ. އެހެންކަމުން އަހަރެންގެ ޅަދުވަސް ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކުރަން މިވަނީ ޖެހިފައެވެ. ގޭންގްއަކާއި ގުޅުނު ކަމުން އަހަންނަށް އެއްވެސް ފައިދާއެއް ނުލިބުނެވެ. މަޖަލާއި ސަކަރާތުގައި ރައްޓެހިންނާއި އެކު ކޮފީމޭޒުތަކުގައި ހޭދަކުރި ދުވަސްތަށް އަދު މިވަނީ މާޒީވެފައެވެ. މިއަހަދު އަހަރެން މިވަނީ މުޅިން އެކަނިވެފައެވެ. އެއިރު މީރު ކާއެއްޗެހި ކައިގެން އުޅުނަސް އަހަރެން މިއަދު މިޖެހުނީ ނުބައި ކާން އުނދަގޫ ކާނާ ކެއުމަށެެވެ.

ދެ މައްސަލައެއްގައި 6 އަހަރު ދުވަހު ޖަލުގައި އޮތުމަށް ފަހު އަހަރެން މިނިވަންވިއެއް ކަމަކު އަހަރެންގެ ހިތި މާޒީ އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ. އަހަރެންގެ ހަޔާތް ބަރުބާދު މިވީ އަހަރެންގެ މައިންބަަފައިންގެ ސަބަބުންނެވެ. އެދުވަހު މައިންބަފައިން އަހަރެންނަށް އަޅާލިނަމަ އަހަރެން މަގުމަށްޗަށް ގިނައެއް ނުވީހެވެ. މިއަދު މާލޭގެ ގޭންގްތަކުގައި ކުޑަކުދިން ގިނަވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީވެސް ހަމަ އެއީއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އޭނަ

    ތިމީހާގެ މަޢުލޫމާތު އެނގޭނެނަމަ

  2. ޣާފުރާ

    މައިން ބަފައިންނަށް ހެޔޮވިސްނުން ދެއްވާށި

    • މުއުމިން

      އިންޝާﷲ އާމީން

      4
      1
  3. އަހޫ

    ސޮޓޮޕް ބްލޭމިންގ ދަ ޕޭރެންޓްސް އެންޑް ދަ ކޮމިޔުނިޓީ. އަމިއްލައަށް ވިސްނާ
    އަމިއްލަ ލައިފް ބިލްޑް ކުރުމަކީ ކަލޭގެ އަމިއްލަ ކަމެއް. ހިތައް އެރިގޮތަކަށް ގައްޑާ ވެލާފަ އުޅެއަރުވާފަ ބޮނޑިއެއް ލިބުނީމަ ގޯސްވާނީ އާއިލާ ނޫނީ ސޮސްއިޓީ. ބަންޗް އޮފް ލޫޒާރސް

    25
    13
    • Chokkolhey

      ލައިފް އެއް ބިލްޑް ކުރުމަކީ އޭނަގެ ކަމެއް. ޢެކަމަކު އޭނަ އެކަން ކުރުމަށް ބޭނުންވާ ކަން ކަން ފުރިހަމަ ނުވަންޔާ ކިހިނެއް އޭނަ އެކަން ކުރާނީ..؟ މަންމަ ބައްޕަގެ ލޯބި ވަރަށް މުހިއްމު ވާނެ. ކޮންމެ މީހަކަށް ވެސް ލޯބި ވަރަށް ބޭނުން ވާނެ. ޢެމީހުން ފަރާތުން ލޯބި ނުލިބުނީމާ ކޮންމެ މީހަކު ވެސް ދާނީ ލޯބި ލިބޭ ބައެއްގެ ކައިރި އަށް. ޢަދި އެއީ ރައްޓެހިން ކަމު ވިޔަސް. ޢެމީހުން ކިތަންމެ އަހުލާގުން ގޯހަސް.

      18
      7
      • އަހޫ

        ލޮލް. އަން ސޯ ލޯބި ލިބެންޔާ އޯކޭ ދޯ ޖެހިގެން ހުންނަ މީހާ ބޮލަށް ވަޅި ޖަހާލަންވެސް. ނައިސް ތިންކިން ގައިސް

        4
        3
    • މީ

      އަހޫ ހާދަ ނައްޓާފަ ތިހުރީ....؟؟؟ތިހާވަރަށް ރުޅިއިސްކުރުމަކީ ސިއްހަތަށް ގެއްލުން ހުރިކަމެއް....!!!އެކަމަކު ބުނަން މީގަ މިއުޅޭ ކުއްޖާގެ މައިންބަފައިން ވެސް އެމީހުންގެ ދަރިންނަށް އިހްމާލު ވެފަވާކަން ލިޔުމުން އެބަ އެނގޭ.މައިންބަފައިންނަށްވުރެ އެމީހުންގެ ދަރީން ދުވަހަކުވެސް ބޮޑެއްނުވާނެ.އެދަރީންނަށް އަޅާލާ ލޯބިދީ ހެޔޮގޮތުގަ ތަރުބިއްޔަތު ކުރުމީ އެމީހުންގެ ޒިންމާއެއް.ގޯސްމަގުން ހިނގާނަމަ އެކަންކަން ހުއްޓުވަންޖެހޭނެ ދަރިން ކިތަންމެ ބޮޑެތިވިޔަސް...

      12
      1
      • އަހޫ

        މައިން ބަފައިން އިހުމާލުވިޔަސް އަމިއްލައައް ވިސްނި ކަންކަން ކުރެވޭނެ 16 އަހަރު ވެފަ ހުރި ފިރިހެނަކަށް. ތިމާގެ ނަފްސް އިސްލާހް ކުރާނީ ތިމާ. މިތާނގަ އެބައުޅޭ އާއިލާއެއްގެ ލޯބި ނުލިބި ހަމަ ބޮޑުވެފަތިބި ރަނގަޅު ކުދިން.

        11
        1
    • މަ މިއު މަ

      މައިންބަފައިން ދެއްވަނީވެސް ކޮންމެވެސް ކަމަކު، ދަރިންނަށް ހެވާ ނުބައި ކިޔާދެން. ކިޔާދެން ޖެހެނީ ކުދިންނަކީ ފަސޭހައިން ގެއްލިގެން ހިނގައިދާނެ ބަޔަކަށް ވާތީ. ކޮންމެ ކަމެއް މައިންބަފައިންގެ ބޮލަކު ނޭޅުވޭނެ އެކަމަކު މި ހާލަތަކީ މައިންބަފައިން ކުށްވެރިވާ ހާލަތު. އަމިއްލަ އަށް ވިސްނިގެން ކޮންމެ މީހަކަށްވެސް އުޅެވޭނޭނަމަ މައިންބަފައިންނެށް ނުދެއްވިސް.

    • މަގޭ

      ކުޑަ ދުވަހު މައިން ބަފައިން ރަނގަޅު ތަރުބިއްޔަތު ދޭނަމަ އެހެން ނުވީސް.

  4. ސުޕަމޭން

    ތި އެއްވެސް އަސަރެއް އޮތް ވާހަކަ އެއް ނުން

    2
    6
  5. ނަމުން

    ތިކިޔާދިން ވާހަކައިން އެނގޭ މައިންބަފައިން ވިޔާނުދާކަން، އެހެންވިޔަސް ތިވާހަކަ ކިޔަދިން ޒުވާނާގެވެސް ވިޔާނުދާކަން. ކުޑަކުއްޖެއް ކަމަށް ބަލާނީ ބާލިޣުވުމުގެ ކުރިން. އެއަށްފަހު ކުރާ އަމަލަކީ ތިމާމީހާގެ ޒިންމާއެއް.

    • Chokkolhey

      ޜަގަޅު އަމަލު ދަސްކޮށްދެން ތިބޭ މީހުން ބާލިގު ވިޔަސް ނުވިޔަސް އަޅާ ނުލަންޔާ އޭނަ ކިހިނެއްތަ ރަގަޅު އަމަލު ކުރަނީ.....

      6
      1
      • ޢަފީ

        މިހާރު ތިހިރީ އަމިއްލަ އަށް ވިސްނޭވަރުވެފަ.ދެންވެސް މާޒީން އިބްރަތް ހާސިލް ކޮއްގެން ރަނގަޅު މީހަކައްވާން މަސައްކަތް ކޮއްބަލަ.ކާޔާބު ވާނެ ﷲގެ އިރާދަފުޅާއެކު.

  6. ވީ

    މުޅިޔަކު އެހެނެށް ވެގެން ނުވާނެ، ހެޔޮ ނުބާ އެގޭވަރު ވީމަ މައިން ބަފައިން ބޮލަށް ކަޑާ ނުލާ!

  7. އެޑަމްބެ

    ފޭކު ވާހަކައެއް! މައިންބަފައިން އަޅާ ލިޔަސް ނުލިޔަސް، ދިވެހި ރާއްޖޭގަ އުޅެންޏާ ހެވާއި ނުބައި ވަކިވާވަރުގެ ކަންކަން ހުއްނާނީ ފެނިފަ، އިނގިފަ! ކޮއްމެހެން މައިންބަފައިން އެމީހުންގެ ޒިއްމާ ކުޑަކުރީތީ އެމީހުންގެ ނުވަތަ އެހެންމީހުންގެ ބޮލުގަ ތިމާމީހާގެ ވިޔާނުދާ ކަމުގެ އިލްޒާމު އަޅުވާނެ ކަމެއްނެތް! ތީތި ހަމަ ކަޑަ! އެއީ މީހާ ކަޑަކަމުން! ތީ ހެވާ ނުބަޔާ އިނގި ހުރެ ކުރި ކަމެއް! ގިޔާމަތް ދުވަހުވެސް ތި ސްޓޯރީ ޖައްސާތި!

  8. ފަޓާސް

    ތިޔައެއްޗަކަށް ތިކަން ވިސްނުންކަން ވެސް ރަނގަޅު

  9. އަބްދުއްލާ

    މައިން ބަފައިންގެ އަޅާލުން ކުޑަވެ ދަރިންނަށް މަގުއޮޅީ ޑްރަގް ނަގާ ހަދަންފެށުމުން ފޫޅު ކަނޑާލަނީ ގައުމުގ ވެރިމީހާއަށް.

  10. އަބްދުﷲ ޒިމާމް

    ތިއީ ވަރަށް އިބްރަތްތެރި ވަާހަކަ އެއް.

  11. ވީރާނާ

    މުކި ތިޔަ....

  12. މަ މިއު މަ

    މައިންބަފައިން ކިތަންމެ ރަނގަޅުވިޔަސް ކުއްޖަކު ގެއްލިގެން ހިނގައިދާނެ. އެކަމަކު މައިންބަފައިންގެ ސަބަބުން ބައެއް ކުދިން ގެއްލިގެން ދިއުމަކީ ވަރަށް ގޯސް ކަމެއް. މިހެން މިކަންތައް ވެގެން ނުވާނެ، ދަރިން ބަލަން ބޭނުން ނޫނިއްޔާ ދަރިން ނުހޯދާށެވެ.

  13. ލާރާ

    ކުދިން ހޯދަން ޖެހޭ! އެކަމް އަޅާލުމާ ލޯބި، އޯގާތެރިކަން، ދެނީ ނަމަ ރަނގަޅުވެސް ކުރެވޭނެ ދޯ!އިންސާނުންނަށް ރަނގަޅު ގޮތް ވިސްނާދޭން ވާނީ ކުޑައިރު، އެކަން، ވަނީ މައިންބަފައިން ނާ ހަވާލު ކުރަށްވާފަ!
    ކުޑައިރު ދޭޭންވާ އަޅާލުމާ ލޯބި ނުލިބި ބޮޑުވާކުދިން ގިނަފަހަރު ތިފަދަ ގޮތަކައް ދާނީ!
    އަދިވެސް ދިވެހިން ބަލާނީ މަޖާ ކުރެވޭތޯ!ކުދިންނަށް މިފަދަ ކަމެއްމެދުވެރި ނުވަނީސް ވިސްނާލުން ކިހެނެއްތޯ!
    އެއިރުން މިފަދަކަންތައް މަދުވާނެކަމަށް ފެނޭ!

  14. ޝާޏްޓޭ

    ދޭން އުޅެފައިވާ މެސެޖް އެންމެ ފުރިހަމައަކަށް ނޭގުނު. ގޭންގްތޯ ނޫނީ މައިންބަފައިންތޯ! ޢަނގަޔާ އަތާ ދިމާވޭތޯ މަސައްކަތް ކުރާ މައިންބަފައިން ވާރސަސް އޮފީސް ގަޑިއާއި ޒިންމާ! ޢާއިލީ ޒިންމާ އާއި ސަރުކާރުގެ ސިޔާސަތު! ސަރުކާރު ސިޔާސަތު ވަރސަސް ސޯޝަލް އަދި އިކޮނޮމިކް ވިޒިބިލިޓީ. ޢިކޮނިމިކް ވިސިބިލިޓީ ވަރސަސް އިކޮނޮމިކް މިނިސްޓްރީގެ އަދި ސަރުކާރުގެ ޑޭޓާ