ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސްރީދޭވީ ކަޕޫރުގެ ހަށިގަނޑު އަންދާލުމަށްފަހު ބާކީވި އަޅިތައް ކަނޑަށް އަޅަން އޭނާގެ ފިރިމީހާ ބޮނޭ ކަޕޫރު ނިންމައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ސްރީދޭވީގެ އަޅިތައް ފުޅިއަކަށް އަޅައިގެން އޭނާގެ ފިރިމީހާ ބޮނޭ ކަޕޫރު ވަނީ އިއްޔެ ޗެންނާއީއަށް ގޮސްފައެވެ.

ހާއްސަ މަތިންދާބޯޓެއްގައި ގެންދިޔަ އެ އަޅިތައް ގެންދަން ނިންމާފައި ވަނީ ހިންދޫންގެ ފައްޅިއެއް ހުންނަ ރަށެއް ކަމަށްވާ ރާމޭސްވަރަމް އަށެވެ. އެ ރަށަކީ ހިންދޫންގެ މުގައްދަސް ރަށެކެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުވައި ސްރީދޭވީގެ އަޅިތައް އަޅަން ނިންމާފައި ވަނީ ރާމޭސްވަރަމް ކައިރީ އޮންނަ ކަނޑަށެވެ.

އުމުރުން 54 އަހަރުގައި ސްރީދޭވީ މަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ދުބާއީގައެވެ. އެންމެ ފުރަތަމަ ހަބަރު ފެތުރުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް ފޮރެންސިކް ރިޕޯޓުން ދައްކާފައި ވަނީ އޭނާ މަރުވީ އަމިއްލަ ބާތްޓަބްގައި ގެނބިގެން ކަމަށެވެ.

ސްރީދޭވީ ހަށިގަނޑު އަންދާލާފައި ވަނީ މުމްބާއީގެ ވިލެ ޕަރްލޭ ސެވަ ސަމާޖް ކްރެމެޓޯރިއަމްގައި މިދިޔަ ބުދަ ދުވަހު އެވެ. އެކަމުގައި ސްރީ ދޭވީގެ ފިރިމީހާ ބޮނޭ ކަޕޫރް އާއި ދެ ދަރިންވެސް ބައިވެރިވިއެވެ. ސްރީދޭވީ އަންދާލި ސަރަހައްދަށް ބައެއް ފިލްމީ ތަރިންވެސް ދިޔައެވެ. އޭގެ ތެރޭގައި ޝާހް ރުކް ޚާން އާއި، ކެޓްރީނާ ކައިފް އަދި ވިދްލާ ބާލަން ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.

އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި 50 އަހަރު ހޭދަކޮށްފައިވާ ސްރީ ދޭވީ މަރުވިއިރު، އޭނާ ވަނީ 300 އެއްހާ ފިލްމް ކުޅެފައެވެ. ސްރީދޭވީ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އޭނާގެ ސަޕޯޓަރުން ރާއްޖޭގައިވެސް ވަރަށް ގިނައެވެ. އެހެން ކަމުން އޭނާގެ މާރާއި ގުޅިގެން ގިނަ ބަޔަކު ވަނީ ހިތާމަ ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙުސެން

    ސިރީ ދޭވީ ކަމެއް ވެއްޖާވާ ވަރަށްއަވަސްވަާނެނޭންގެވިއްޔާ މުސްލިމްް އުއްމަތެއްނެތި ފަނާ ވެގެން ދާކަން

  2. Anonymous

    ހިންދޫން މައްޔިތާ އަންދާލަން އޭނާގެ ގަބުރަށް އަޒާބު ލިބޭނެތީބާ

  3. މާރިޔާ

    ސޯ ވަޓް

  4. ރޯޒީ

    އަޅެ އޭނާއަށް ހެޔޮދުޢާ ކުރެވިދާނެތަ؟

  5. ސީނު

    ކޮބާބާ ބޭނުމަކީ އަޅިތަށް ކަނޑަށް އަޅަނީ؟؟؟؟؟؟