11 ކުދިންގެ މަންމައަކު 13 ވަނަ ދަރިފުޅަށް ބަލިވެ އިނުމަށްފަހު ދިމާވި މައްސަލަތަކެއްގެ ސަބަބުން މިހާރު ދަނީ މަރާއި ހަނގުރާމަ ކުރަމުންނެވެ.

އިންޑިއާގެ މަދްޔާ ޕްރަދޭޝްއަށް ނިސްބަތްވާ އޭނާގެ ހަ ފިރިހެން ދަރިންނާއި، ފަސް އަންހެން ދަރިން މިހާރު ދުނިޔޭގައި އެބަތިއްބެވެ. ވަރަށް ކުޑަކުޑައިރު، ކައިވެނި ކުރި ޝަރްޖާ ޕްރަޖަޕަތި ނަމަކަށް ކިޔާ އޭނާގެ އެންމެ ބޮޑު ދަރިފުޅުގެ އުމުރަކީ 24 އަހަރެވެ.

މިހާރު އުމުރުން 35 އަހަރުވެފައިވާ އެ އަންހެން މީހާގެ އެއްމާބަނޑު ދެ ދަރިން ވަނީ މަރުވެފައެވެ. އަދި އެ ކުއްޖަކު ވަނީ ބައިގެންގޮސްފައެވެ.

މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ބުޑެކްލޭންޑް މެޑިކަލް ކޮލެޖްގައި އެޑްމިޓް ކުރި އެ އަންހެން މީހާގެ ހަށިގަނޑު ވަރަށް ދެރަކަމަށް ޓެސްޓުތަކުން ދައްކައެވެ. އެއާއެކު، ޑޮކްޓަރުން ވަނީ ވަގުތުން އޭނާ އޮޕަރޭޝަންކޮށް ބަނޑުގައި އޮތް ދަރިފުޅު ނަގާފައެވެ. އެ ކުއްޖާގެ ބަރުދަނުގައި 4 ކިލޯ ހުރިކަމަށް ވެއެވެ.

އެނާގެ 11 ދަރިން ތިބޭތީ ޑޮކްޓަރުންވެސް ތިބީ ބޮޑު ހައިރާންކަމެއްގެ ތެރޭގައެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އެ ކުއްޖާގެ ހާލު ދެރަވެ އޮތީ އެންއައިސީޔޫގައެވެ. އަދި ޝަރްދާގެ ހާލު ވަރަށް ދެރައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    އަހަރެން މާމަވެސް ތިބޭ 11 ކުދިން.. ކޮންކަމަކާތަ ހައިރާންވަނީ؟

  2. ޒަވިޔަނި

    އޭނަ އެހާ ޅަ އުމުރުގަ 11 ކުދިން ތިބޭތީ އޭ ހައިރާންވާންވީ މުހައްމަދު..
    :ޕީ