ޓައިމް ޓްރެވެލިންގ، ނުވަތަ މުސްތަޤުބަލުން މާޒީއަށް ދަތުރުކުރުމުގެ ވާހަކަތަކަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ވާހަކަތަކެކެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ކުރެވިދާނެ ކަމަށް ގަބުލު ކުރަނީ މަދު ބައެކެވެ. ސަބަބީ މިކަމަކީ އާއްމު ވިސްނުމާ ތައާރުޒު ވާ ކަމެއް ކަމަށް ވާތީ އެވެ.

ދާދިފަހުން މީސް މީޑިއާގައި އެންމެ ގިނައިން ދެކެވުނު އެއް ވާހަކައަކީ، ޓައިމް ޓްރެވެލް ކުރި ކަމަށް ބުނާ މީހެއްގެ ވާހަކައެވެ. އޭނާ ބުނެފައިވާ ގޮތުގައި، އޭނާއަކީ 2030 ވަނަ އަހަރުން ޓައިމް ޓްރެވެލް ކޮށްފައި މިހައި ހިސާބަށް ދަތުރު ކުރި މީހެކެވެ.

ކެމެރާތަކުގެ ކުރިމައްޗަށް އަރަން ބޭނުން ނުވާ އެމީހާ އަކީ މިހާތަނަށް މިފަދަ ވާހަކައެއްގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ފުރަތަމަ މީހާއެވެ. އޭނާ ވަނީ، މި ވާހަކަތައް "ލައި ޑިޓެކްޓަރ ޓެސްޓެއް" ގައި ވެސް ދައްކައިގެން އެ ޓެސްޓުން ފާސްވެފައެވެ. މިއީ ބައެއް މީހުން އޭނާގެ ވާހަކަތައް ޤަބޫލުކުރަން ފެށި ހިސާބެވެ.

މިކަމާއި ގުޅޭގޮތުން ނޫހަކަށް އެމީހާ ދިން އިންޓަވިއުއެއްގައި، ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކަކީ ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރައިދާނޭ ދުވަސްތަކެއް ކަމަށެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް ޢާންމުވެސް 2021 ވަނަ އަހަރުގެ މާކެޓްގެ ބޮޑު ބައެއް ހިއްސާކުރާނެ ކަމަށާއި، ގަޑިއަކު 600 މޭލަށް ދުއްވޭ އިލެކްޓްރިކް ކާރުތައް ދުނިޔޭގައި ބޭނުން ކުރާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. މީގެ އިތުރުން 2028 ވަނަ އަހަރު، ފުރަތަމަ ފަހަރަށް މި ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައި ދުނިޔެއާއި އިންވެގެން އޮންނަ މިއްރީޚު (މާސް) އަށް ދިއުމަށްޓަކައި އިންސާނުން ދަތުރު ފަށާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހުރިހާ ވާހަކަތައް އޭނާ ދައްކާފައި ވަނީ ލައި ޑިޓެކްޓަރ ޓެސްޓެއްގެ ތެރެއިން ކަމުގައިވާއިރު، އެ ވާހަކަތައް އެއީ ތެދުކަން ޑިޓެކްޓަރުން ދައްކައެވެ. މި މަންޒަރު ފެންނަ ބައެއް ވީޑިއޯތައްވެސް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވެއެވެ.

މި މީހާގެ ވާހަކަތަކާއި ގުޅިގެން އޭނާގެ ސިއްޙީ ހާލަތު ބެލުމަށްޓަކައި ޓެސްޓްތަކެއް ކުރެވިފައި ވެއެވެ. އެގޮތުން ކުރިއަށްގެންދިޔަ ބައެއް ޓެސްޓްތަކުން އޭނާއަށް ޑިޕްރެޝަންގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަން ހާމަވެފައިވާއިރު، އޭނާ ބުނެފައިވަނީ އެއީ ޓައިމް ޓްރެވެލް ކުރުމުން ދިމާވީ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ 2003 ވަނަ އަހަރުން ފެށިގެން ވެސް ދުނިޔޭގައި ޓައިމް ޓްރެވެލް ކުރެވޭނެ ވަސީލަތްތައް ހުރި ކަމަށާއި، ނަމަވެސް އެކަން ރަސްމީކޮސް އިއުލާނުކުރާނީ 2028 ވަނަ އަހަރުގައި ކަމަށެވެ.

މިވާހަކަތައް ބައެއް ފަރާތްތަކުން ޤަބޫލުކޮށްގެން ތިބިއިރު، ގިނަ ބަޔަކު ބުނަމުންދަނީ މިއީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ހަމަ ބުއްދިން ވިސްނާލުމުންވެސް އެއް ވަގުތުން އަނެއް ވަގުތަށް ދަތުރު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫންކަން އެނގޭ ކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓައިމް ޓްރެވަލް ކޮށްފަ މިއަހަރުތަކަށް އައިގޮތެއްވެސް އޮންނާނެ. އެވާހަކަ ކިޔައި ނުދޭތަ. މިސާލަކަށް ޓާރމިނޭޓަރ ފިލުމުގަ ފިއުޗަރ ރޮބޮޓްތައް (އާނޯލްޑް) އަންނަގޮތް. މީހެއްގެ ބަނޑުން ތުއްތު ކުއްޖެއްގެ ގޮތުގަ ނުކުތީމޭ ބުނިއްޔާ ހަމަ ކުޑަކުޑަ ތަނކޮޅެއް ހަމަޖެހޭނެ. ހެހެހެހެ

  2. ޓައިމް ޓްރެވެލް އަކީ މީގެ 1400 އަހަރުކުރިން އިންސާނަކު ކޮއްނިމިފައިވާ ކަމެއް... އަހަރުމެންގެ ނަބިއްޔާ މުހައްމަދު ސއވ ވަނީ 1400 އަހަރުކުރިން ޓައިމް ޓްރެވެލް ކޮއްފައި... ސޯ ބީޓް ދެޓް

  3. ހެޔޮނުވާނެ ބުނެބަލަ. މަ އިނދެގެން އުޅެނީ ކާކުއާ؟ އަޅެ މަ އުޅެނީ މަ ހިތާވެގެން މިއިޅޭ މީހާއާތަ އިނދެގެން؟؟ ހެޔޮނުވާނު. ބުނެބަލަ....

  4. ކީއްވެތަ އެނބުރި އައީ. ޓައިމް ޓްރެވަލްކޮށް އެ ދިޔަ ހިސާބަކަށް ގޮސް އަވަދިވިނަމަ ކަލެއަކީ އަދި މާ މޮޅު މީހެއް!

  5. ޙސޖސގސވސޖސުަގ

    މީގެން އެއްވެސް ވާހަކައެއް ގުރްއާންގައި އަންގަ ވާފައި ވޭތަ؟